ދަސްވާރުގެ ބަދަލުގައި “ހޭވައްލާ” ޕްރޮގްރާމް ފަށައިފި

advertisement

ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ކުރިން ހިންގަމުން އައި ދަސްވާރު ޕްރޮގްރާމްގެ ބަދަލުގައި “ހޭވައްލާ”ގެ ނަމުގައި އާ ޕްރޮގްރާމެއް ސްކޫލުތަކުގައި  ފަށައިފި އެވެ.

ރ. އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މީގެ ހަ އަހަރު ކުރިން 2014 ގައި ފެށި ދަސްވާރު ޕްރޮގްރާމް ހުއްޓާލީ އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އެކަށީގެންވާ ގޮތަށް އެ ޕްރޮގްރާމް ހިންގާފައި ނުވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މިރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ދަރިވަރުން ޝައުގުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުސަތު ދިނުން މުހިއްމު ކަމަށެވެ. އަދި ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށް ބެލެނިވެރިންނަށް އެ މަނިކުފާނު އިލްތިމާސްކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ރާއްޖޭގެ 20 ސްކޫލެއްގައި ފެށި ހޭވައްލާ ޕްރޮގްރާމުގައި 250 ދަރިވަރުން މިހާތަނަށް ބައިވެރިވެފައިވެ އެވެ

މަސައްކަތްތެރި ޖީލެއް އުފެއްދުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން، މި ކަމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ސާނަވީ ތައުލީމު ނިންމުމަށް ފަހު މަތީ ސާނަވީ ތައުލީމު ފެށުމުގެ ކުރިން ދަރިވަރުންނަށް ލިބޭ ހަތަރު މަސް ދުވަހުގައި މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އެކި ހުނަރުތައް ދަސްކޮށްދޭނެ އެވެ. އޭގެ ތެރޭގައި، ވަޑާންކުރުމާއި ފަހަން ދަސްކޮށްދިނުން ހިމެނެ އެވެ.

މީގެ އިތުރުން ތަފާތު އިންޓާންޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތާއި އެހެނިހެން ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ދަސްކޮށްދޭނެ އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ 54 އަހަރުގެ މީހަކު މަރުވެއްޖެ

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ކޮވިޑް ބަލީގެ މީހަކު މަރުވެއްޖެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި  ކޮވިޑް ޖެހިގެން ...

ފުވައްމުލަކުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ފުވައްމުލަކުން  ފެށިގެން އައްޑޫ ސިޓީއާ ހަމައަށް   މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ...

އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލަން ރާއްޖޭގެ ހުރިހާ ދާއިރާތަކަށް ޓީމުތައް ފޮނުވަނީ

އަންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވައިލާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ރާއްޖޭގެ 87 އިދާރީ ދާއިރާއަށް އެމްޑީޕީގެ ...