ދީނީ ޢިލްމުވެރިން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ނާއިބު ރައީސް ޝުކުރު އަދާކުރައްވައިފި

ކޯވިޑް-19 ގެ ތެރޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ދީނީ ޢިލްމުވެރިން ކުރެއްވި މިންނެތް މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ރޭ ގައި ބައްދަލު ކުރަށްވާފައިއެވެ. މިބައްދަލު ކޮށްލެއްވުން އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މިބައްދަލު ކޮށްލެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތައް ބަންދުކުރުމާއި، ޖަމާޢަތުގައި ނަމާދުކުރުން ފަދަ ކަންކަން ހުއްޓައިލުން ފަދަ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނުކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ދަތި ދަނޑިވަޅުގައި، ޤައުމުގެ ދީނީ އެއްބައިވަންތަކަށް ދަމަހައްޓައި، އާލާ ކުރުމަށް ދީނީ ޢިލްމުވެރިން ބުރަ، އަދި މުހިއްމު މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި، އެ ކަމަށް ނައިބު ރައީސް، ރާއްޖޭގެ ދީނީ ޢިލްމު ވެރިންނަށް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ހާމަ ކުރަށްވައިފައެވެ.

މިއަދު ޤައުމު މިއޮތް ހާލަތަށް ރުޖޫޢަވެވުނީ ހުރިހާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަން ކަމަށާއި، ފުރަބަންދުގެ ހާލަތަށް ލުއިތަކެއްދީ، މިސްކިތްތައް އަލުން ހުޅުވައިލާ، ޖަމާޢަތުގައި ނަމާދުކުރަން ފެށުމުގެ ތައުފީޤު މާތް ﷲ މިންވަރު ކުރެއްވުމަކީ އެމަނިކުފާނު އުފާފުޅު ކުރައްވާ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން ވަނީ އިތުރަށް ބުނެފައެވެ.

“ކުރިއަށް އޮތީ ބޮޑެތި މަސައްކަތްތަކެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވި ގޮތުގައި، ޤައުމުގައި ހުރި އިޖްތިމާޢީ މައްސަލަތައް ހައްލުކޮށް، ދީނީ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމާއި، ޤައުމު ބިނާކޮށް ތަރައްޤީ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދީނީ ޢިލްމުވެރިންނަށް ވަރަށް އިސް ދައުރެއް އަދާ ކުރެއްވޭނެއެވެ. އަދި، މި ކަމުގައި ސަރުކާރާއެކު މަސައްކަތް ކުރައްވާ، ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ދީނީ ޢިލްމުވެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.” ރައީސް އޮފީހުން ބުނެފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ޢިލްމުވެރިން ދެއްކެވި ވާހަކަފުޅާއި ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކުގައި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ތިއްބެވިކަން އެ ޢިލްމުވެރީން ފާހަގަކުރެއްވި ކަމަށެވެ.

މި ބައްދަލު ކުރެއްވުމަށްފަހު ނައިބު ރައީސް ވަނީ އިސްލާމީ މަރުކަޒުގައި މިއަދު ޖަމާޢަތުގައި ހުކުރު ނަމާދު ކުރަން ފެށުމަށް ކުރަމުންދާ ތައްޔާރީތައް ބައްލަވާލައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ބުރިޖެއް އަޅައިދޭން ރައީސަށް ހުށައަޅަނީ

އައްޑޫ ސިޓީގައި ބުރިޖެއް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 05  ޖޫން 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

ރާއްޖޭގެ ތަރަގީއަށް ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓަކީ ފެނާ ނަރުދަމާ ޤާއިމުކުރުން: ރޮޒައިނާ

ރާއްޖޭގެ ތަރައްޤީއަށް ހިންގެވި އެންމެބޮޑު އިންވެސްޓްމަންޓަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް  ގާއިމްކުރުމުމަށް ...