ދީނީ ތަޢުލީމު ދިނުމަކީ އިސްލާމީ ޚިދުމަތެއް ނޫން – ޝައިޚް އިލްޔާސް

ދިނީ ތަޢުލީމު ދިނުމަކީ އެއީ އަދި އިސްލާމް ދީނަށް ކުރެވޭ ޚިދުމަތެއް ނޫން ކަމަށް މަޝްހޫރު ދީނި ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިން ބުނެފިއެވެ.

ރައީސް ޔާމީނަކީ ރާއްޖޭގެ އެއްވެސް ވެރިޔަކު އިސްލާމްދީނަށް ނުކުރާ ވަރަށް ޚިދުމަތް ކޮށްދެއްވި ވެރިއެއް ކަމަށް ވިދާޅުވެ އިސްލާމިކް ޔުނިވާރސިޓީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ އިރު އެކަމުގެ ހެއްކެއްގެ ގޮތުން ޑރ.ޝަހީމް ނަންގަވާފައިވާ އިސްލާމިކް ޔުނިވާރސިޓީގެ ތަޢުލީމަށް ޚާއްޞަކޮށްގެން ރާއްޖޭގައި ހުޅުވުނު ފުރަތަމަ އިސްލާމިކް ޔުނިވާރސިޓީ ގެ ވާހަކަ އަށް ރައްދު ދެއްވުމުގެ ސިފައިގައި ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ ޔުނިވާރސިޓީއެއް އެޅުމަކުން އިސްލާމްދީނަށް ޚިދުމަތްކޮށްދެވުނީ ކަމަކަށް ނުބުނެވޭނެ ކަމަށެވެ.

އިދިކޮޅު އެމްޑީޕީ އާއެކު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަށް ނިސްބަތްވާ ދީނީ ޢިލްމުވެރިޔާ އިލްޔާސް ހުސެއިން މިހެން ބުނެފައިވާއިރު، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ދީނީ ޢިލުމަށް ދެއްވި އަހައްމިއްޔަތު ދިވެހި ރައްޔިތުންނަށް ވަނީ ފެނިގެން ގޮއްސައެވެ.

ދީނީ ތަޢުލީމު ދިނުމަށް މާލޭގައި ހުރި ސްކޫލެއް ބަންދުކޮށް ކުދިންގެ ތަޢުލީމަށް ހުރަސްއަޅާފައިވާއިރު، ނަޝީދުގެ ވެރިކަމުގައި ކުދިންނަށް ދިވެހި އިސްލާމް ދިވެހި އެއީ މަޖްބޫރު މާއްދާއެއް ނޫން ކަމަށްވެސް ހަދާފައިވެއެވެ.

މީގެ އިތުރުން މިސްކިތްތަކުގައި ދެމުން އައި ދީނީ ދަރުސްތައް ވެސް ނަޝީދުގެ ވެރިކަމުގައި ވަނީ ހުއްޓުވާފައެވެ. އަދި ދީނީ އެތައް ޢިލްމުވެރިންނަކަށް ވަނީ ފުރައްސާރަކޮށް އެތައް އަނިޔާ  ކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

14 ރަށަކުން 334 މީހެއްގެ ވަޒީފާވަނީ ގެއްލިފައި- އެޗްއާރުސީއެމް

ކޮވިޑް 19 އާއި ގުޅިގެން 14 ރަށަކުން 334 މީހެއްގެ ވަޒީފާ ގެއްލިފައިވާކަމަށް ހިއުމަންރައިޓްސްއޮފްދަމޯލްޑިވްސް ( އެޗްއާރުސީއެމް ) ...

ކޮރޯނާ ވައިރަސް އަދި ހިމަބިއްސާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޤުނޫތު ކިޔަން އަންގައިފި

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ރާއްޖޭއިން ފެންނަމުންދާ ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ...

ޒެފިޔާ ބަލިކޮށް މައިލޯސިޓީ  ފައިނަލަށް

ހުޅުދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީން ޒެފިޔާގެ މައްޗަށް ކުރިހޯދައި މައިލޯސިޓީ ...