ދެއްކުމުގެ ލައިސަންސް ނެތް ޗެނަލްތައް ދައްކާނަމަ ރިޕޯޓް ކުރުމަށް އެމްބީސީން އެދިއްޖެ

ވޯލްޑް ކަޕްގެ މެޗްތައް ދެއްކުމުގެ ލައިސަންސް ނެތް ފަރާތްތަކުން، ހުއްދަ ނެތް ޗެނަލްތައް ނުދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގޮވާލައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، އެމްބީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބް ވިދާޅުވީ ވޯލްޑް ކަޕް ދެއްކުމުގެ ލައިސަންސް އޮތް ފަރާތްތަކާއި އެމްބީސީން ބައްދަލުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ގަނެފައިވާ ޕީއެސްއެމްއާއި ޕީއެސްއެމްއާއެކު އެއްބަސްވުންހަދާފައިވާ ފަރާތްތަކެވެ. އެހެންކަމުން ހުއްދަ ނެތް އެއްވެސް ފަރާތަކުން ދެއްކުމުގެ ލައިސަންސް ނެތް ޗެނަލެއް ނުދެއްކުމަށް އެމްބީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެއްވެސް ކޭބަލް އޮޕަރޭޓަރަކު ހުއްދަނޫން ޗެނަލެއް ނުވަތަ ލައިސަންސް ނެތް ޗެނަލެއް ދައްކާނަމަ އެމްބީސީއަށް އެކަން ރިޕޯޓް ކުރުމަށް އެމްބީސީން ވަނީ އެދިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރަށް އެއް އަހަރު: އައްޑޫގައި 1.2 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްދު ޞާލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ މިއަދަށް އެއް އަހަރު ފުރުނީއެވެ. ...

މަހްލޫފާއި އަކްރަމަށް ވާދަކުރެވޭނެ ކަމަށް ނިންމުން، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު: ޗެއާޕާސަން

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އެތެރޭގައި އޮންނަ އެންމެ ބޮޑު އެއް އިންތިހާބު ކަމަށްވާ ގައުމީ މަޖިލިސް އިންތިހާބުގައި ...

ބޭރުގައި ފިލާ ތިބެ ދައްކާ ވާހަކައަކުން ރާއްޖެއަކަށް ގުޑުމެއް ނާރާނެ – ޑިފެންސް މިނިސްޓަރ

ބޭރުގައި ފިލާ ތިބެ ދައްކާ ވާހަކައަކުން ރާއްޖެއަކަށް ގުޑުމެއް ނާރާނެކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ...