ދޭހަ އުނގެނެން ފެށި ދަތުރު

    ޖާހިލު

    އަތްއަތް މަތީން ހިލެމުން އައި ލިއުމެއް އަތަށް އެރިއެވެ. ސްކޫލު ނިޒާމަށް ގެނެވޭ ބަދަލު ހިއްސާކުރުމަށް އެޑިޔުކޭޝަން މިނިސްޓަރ މީދޫ ސްކޫލަށް ފޮނުއްވި ސިޓީގެ މިނަކަލުކޮޅެވެ:

    “ސްކޫލުތަކާއި ބެލެނިވެރިންނާއި ރަށު ކައުންސިލް އަދި މިނޫންވެސް ދަރިވަރުން ތަރްބަވީ ގޮތުގައި ބައްޓަންކުރުމަށް އެކިއެކި ގޮތްގޮތުން ހިއްސާވާ ފަރާތްތަކާ އެކު ސްކޫލުގެ މުސްތަޤްބަލާ ގުޅޭގޮތުން ވަނީ  މަޝްވަރާކުރެވިފައެވެ. އަދި ސްކޫލު ނިޒާމު ރޭވުމާއި ގުޅޭ ގޮތުން ހެދިފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ދަރިވަރުންނަށް ސްކޫލު ދައުރުގައި ހިތްހަމަޖެހޭ، އުނގެނުމަށް ފަހި މާހައުލެއް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މިދަންނަވާ ގޮތަށް ބަދަލުގެނައުމަށް ވަނީ ހަމަޖައްސާފައެވެ.

    މިގޮތުން މުސްތަގުބަލުގައި ހުޅުމީދޫގައި 12-K އަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ހުންނާނީ ސ.އަތޮޅު މަދަރުސާކަމަށް ވަނީ ނިންމާފައެވެ.”

    ފަށްފަށްކޮށް ކިޔައިގެން ވެސް ދޭހަނުވި އެތަކެއް ނުކުތާއެއް މީގައި ހުއްޓެވެ. ދޭހަނުވީ ބަސްމަގު ގެންނަވާފައި ހުރިގޮތުންނޭ ހިތަށް އެރިއެވެ. އެކަމަކު އެކި ދިމަދިމާއަށް ޚިޔާލު ހިންގުމުން ވިސްނުނެވެ. މިގައުމުގެ ދަރިންނަށް ތަޢްލީމު ދިނުމުގެ ޒިންމާއާ މަތިވެގެން ހުންނެވި ޕީއެޗްޑީ ހޯލްޑަރެއްގެ ބަސްމަގުގައި އެފަދަ އުނިކަމެއް ނުހުންނާނެއެވެ. ހުރިހާ ވެސް އުނިކަމެއް ހުރީ އަޅުގަނޑުގެ ޒާތުގައެވެ. މަތީ ވަޒީފާއަކަށް ފުރުޞަތު ހޯދަން ޑިގްރީގަނޑެއް ހެދީމެވެ. އެކަމަކު އެކަން ކުރީ ރައްޓެހިން ލައްވައި އެސައިންމެންޓް ހައްދައިގެންނެވެ. ދިރާސީ ލިއުންތައް ކިޔައި ދޭހަކޮށް، އޭގެ މައްޗަށް ބިނާކޮށްގެނެއް ނޫނެވެ. އެހެންކަމުން ޢިލްމީ ލިއުން ދޭހަނުވުމަކީ އަބަދުވެސް އަޅުގަނޑުގެ ކިބައިގައި ހުންނަ ބަލިފަޔަކަށް ވާތީ މިފަހަރު ވެސް ދިމާމިވީ އެގޮތެވެ.

    މިކުރެވުނު ތަޖްރިބާއިން ރަނގަޅު އިންސްޕިރޭޝަނެއް ލިބުނެވެ. ކެތްތެރިކަމާއި އެކު ދޫނުކޮށް މަސައްކަތް ކޮށްފިނަމަ އަޅުގަނޑަށް ވެސް ދޭހަކުރަން އުނގެނެވިދާނެއެވެ. މިވިސްނުމުން ހިތްވަރު ލިބިގެން އެސިޓީފުޅުން ދޭހަނުވި ނުކުތާތައް ދޭހަކުރުމުގެ އަޒުމު ކަނޑައެޅީމެވެ.

    ފުރަތަމައަށް ސިޓީފުޅުގައި އޮތް “މަޝްވަރާކުރެވިފައި” މިބަސްކޯޅި ދޭހަވޭތޯ ޚިޔާލު ހިންގީމެވެ. މީގެ  މުރާދަކީ ކޮބައިބާވައެވެ! ދެބާވަތެއްގެ މަޝްވަރާ ކުރެވޭ ތަން ފެންނާތީއެވެ. “ޓްރިކް ގޭމް” މަޝްވަރާއާއި ހަޤިޤީ މަޝްވަރާއެވެ. ކަމެއް ނިންމުމުގައި މިދެބާވަތުގެ މަޝްވާރާ ވެސް މުހިންމެވެ. ޓްރިކް ގޭމް މަޝްވަރާ މުހިންމު ވަނީ އެއިން އެނިންމުމެއް ތަންފީޒުކުރުމުގެ މަރުހަލާގައި އެނިންމުމަކުން އަސަރުކުރާ، އެކަމާއި ގުޅުންހުރި ފަރާތްތަކުގެ އެއްބާރުލުން ލިބުމަށް މަގު ފަހިވާތީއެވެ. މީގައި ކުރެވޭ ކަމަކީ ސްޓޭކްހޯލްޑަރުންނަށް އެ ނިންމޭ ނިންމުމަކީ އެބައިމީހުންގެ އަމިއްލަ ނިންމުމެއް ކަމުގެ “ފޯލްސް” ވިސްނުން އުފަންކުރުވުމެވެ. ފަންނީ ކަންކަން ނިންމުމަށް ކުރެވޭ މިބާވަތުގެ މަޝްވަރާއިން ހޯދޭ ޚިޔާލު/ލަފާއަކީ އެނިންމުމެއް ނިންމުމުގައި ބަރުދަނެއް ދެވޭ އެއްޗެއް ނޫނެވެ.

    ފަންނީ ކަންކަމުގައި ކުރެވޭ “ހަޤީޤީ މަޝްވަރާ” އަކީ އެނިންމުން ނިންމުމަށް ބޭނުންވާ ފަންނީ/ޢިލްމީ ލަފާ ހޯދަން ކުރެވޭ މަޝްވަރާއެވެ. މިބާވަތުގެ މަޝްވަރާ ކުރެވެނީ އެނިންމުމަކާއި ގުޅޭ ފަންނުގެ ޢިލްމާއި ތަޖްރިބާ ހުރި މާހިރުން ފަދަ މީސްމީހުންނާއެވެ. ނިންމުންތައް ނިންމުމުގައި ބަރުދަން ދެވެނީ މިބާވަތުގެ މަޝްވަރާއިން ފެންމަތިވާ ޚިޔާލު/ލަފައަށެވެ.

    ސިޓީފުޅުގައި އެއޮތް މަޝްވަރާއަކީ “ޓްރިކް ގޭމް” މަޝްވަރާ ނަމަ އެމަޝްވަރާގެ ބައިވެރިން ކަމަށް ވިދާޅުވެފައިވާ ފަރާތްތަކަށް އޭގައި ބައިވެރިވުމުގެ ފުރުޞަތު ލިބެންޖެހެއެވެ. އެކަމަކު އެ މަޝްވަރާގެ ބައިވެރިވުން ލިބެންޖެހޭ މުހިންމު ފަރާތެއް އެވަނީ ދޫކޮށްލެވިފައެވެ. މީދޫ ރައްޔަތުންނެވެ. ޝަމްސުއްދީނު ސްކޫލަކީ އެބައިމީހުންގެ އަމިއްލަ މަސައްކަތާއި ޚަރަދުން އުފައްދައި 50 އަހަރުވަންދެން ހިންގާފައިވާ އެ ސްކޫލުގެ ހަޤީޤީ މިލްކުވެރީންނަށް ވީހިނދު އެތާގެ ކުރިމަގާއި މެދު ނިންމޭ ނިންމުމެއްގައި އެބައިމީހުންނަށް ވެސް އެއްޗެއް ބުނުމުގެ ފުރުޞަތު ދެވެންޖެހޭތީއެވެ.

    ކައުންސިލް މަޝްވަރާގައި ބައިވެރިކުރެއްވީ “ޓްރިކް ގޭމް” ފޭސްގައި ކަމަށް ވާނަމަ އެކަން ކުރެވިފައި އޮތީ ރަނގަޅަށް ކަމަށް ފެނެއެވެ. އެހެންނަމަވެސް އެފަރާތަށް ބައިވެރިވުން ދެވިފައި ވަނީ “ހަޤީޤީ މަޝްވަރާ”ގެ ފޭސްގައި ކަމަށް ވާނަމަ އެފަރާތަށް ދެވިފައި ވަނީ ހައްޤު ބައިވެރިވުމެއް ކަމަށް ނުފެނެއެވެ. ކައުންސިލްގައި އެކަމަށް ޝަރުޠު ހަމަވާ ފަންނީ ޢިލްމު/ ތަޖްރިބާ ނެތީމެވެ. އެވާހަކަ ބުނީ މޭޔަރު ސިއެންއެމް އޮންލައިނަށް ދެއްވި އިންޓަރވިޔުއެވެ. އޭގައި އެމަނިކުފާނު “އެތިން ސުކޫލު އެއްކޮށް ކިރިޔާ 600 ހަމައެއް ނުވޭ” މިހެން ވިދާޅުވި އިރު އެޑިޔުކޭޝަނުން ޢާންމުރި ތަފާސް ހިސާބު-2018 ބުނާ ގޮތުން ހުޅުމީދޫގައި ހުރި 12-K ކުލާސްތަކުގައި އެއަހަރު 723 ކުދީން ތިއްބެވެ. 2020ގައި މި ބަދަލު ތަންފީޒުކުރެވޭ އިރު އެޢަދަދު 800ގެ  އިން ހުރަސްކުރާނެ ކަމަށް ލަފާކުރެވެއެވެ. އިންޓަވިޔުގައި މޭޔަރ އިތުރަށް ވިދާޅުވީ “އެހެންވީމަ (ކުދީން މަދުވީމަ) އަސްލު އެންމެ ރަނގަޅު ގޮތުގައި ސުކޫލު ނުއެއް ހިނގާ” އެވެ. މިއީ ތަޢްލީމީ ނިޒާމު މެނެޖްމެންޓް އާއި ބީރައްޓެހި ފަންނީ ބަރުދަނެއް ނެތް ޚިޔާލެކެވެ. އެކަން އެޑިޔުކޭޝަނިސްޓް މެތިޔް ލިންޗްގެ “އުނގެނުމުގެ ކުދި ވެށިތަކުގައި ތިބޭ އިރު ދަރިވަރުންނަށް އެކުދީންނާ އެކުގައި ކިޔަވާ ކުދީންނާއި އަދި މުދައްރިސުންނާއި ބޮޑަށް ގުޅިފައިވާކަމުގެ އިހުސާސުކުރެވި، ކުލާސްތަކުން ގިނައިން ފާސްވެ، ކޮލެޖަށް ދާނެކަމުގެ އިހުތިމާލު ބޮޑުވެއެވެ.” މިބަހުން އެކަނިވެސް ޔަޤީން ވެއެވެ.

     

    ދެވަނަފިޔަވަޅަކަށް، އެސިޓީގައި އޮތް “12-K އަށް ކިޔަވައިދޭ ސްކޫލް” ދޭހަކުރަން ކުރި މަސައްކަތުގައި ގޫގްލްގެޔަށް ގޮސް ދޮރުގައި ޓަކިޖެހީމެވެ. ޓަކީގެ އަޑަށް އެބޭބެ ނިދިން ތެދުވެގެން ދެލޯ ފުހެމުން އައިސް ދޮރު ހުޅުވާލިއެވެ. އެބޭބެއަށް ސިޓީ ދައްކައި އޭގައި އެއޮތް 12-K އަށް ކިޔަވައިދޭ ސްކޫލަކީ ކޮބައިހޭ އެހީމެވެ. އެއްޗެކޭ ނުބުނެ އެބޭބެ ވަނީ ގޭތެރެއަށެވެ. އެކަމަކު ލަހެއް ނުވެ މަތާރަންފިލައިން ފޮތެއް ނަގައިގެން އޭގައި ހުރި ހިރަފުސް ފޮޅަމުން އައިސް އަހަރެންގެ އަތަށް ދިއްކޮށްލަމުން ބުންޏެވެ. މިއީ  ޔޫއެސްއޭގައި ތިބި ފުންނާބު އުސް ތަޢްލީމީ ދިރާސާވެރިންގެ ތެރޭގައި ހިމެނޭ Bickel އާއި އިތުރު އެހެން ދިރާސާވެރިންތަކެއް ގުޅިގެން 2000ވަނަ އަހަރު ކުރި ތަޢްލީމީ ދިރާސާގެ ރިޕޯޓެވެ. މީގައި ތި ވާހަކަ އޮންނާނެއެވެ.

    ފޮތް އަތުލައިގެން ބެލިއިރު އޭގެ ޞ. 6ގައި 12-K  ސްކޫލުގެ ތަޢްރީފު ދެއްވާފައިވަނީ “މިސްކޫލުތައް، އެބަހީ 12-K  ސްކޫލުތައް،  ބަޔާންކުރެވިފައި ވަނީ ” ސިންގަލް ޔުނިޓް ސްކޫލްސް”: އާދައިގެ ގޮތެއްގައި ރަށްފުށުގެ ކުޑަ ސަރަހައްދެއްގައި އިބްތިދާއީ އަދި ޘާނަވީގެ ހުރިހާ ގްރޭޑެއް އެއް ފުރާޅެއްގެ ދަށުގައި ހުންނަ” މިހެންނެވެ.  އިތުރަށް ވިދާޅުވެފައިވަނީ “12-K  އެއް ކެމްޕަސް ސްކޫލުގެ ތަޢްލީމީ ޖުމުލަ ކާމިޔާބީ ލިބުމުގެ ފަހަތުގައިވާ އެއް ބަހާއަކީ ސްކޫލުގެ ސައިޒު ކުޑަވުން ކަމަށް ވެދާނެއެވެ. 12-K  ސްކޫލުގެ ޢާންމު ސިފަތަކަކީ ސްކޫލު މުޖްތަމަޢެއްކަމުގެ އިހުސާސާއި  މުޖްތަމަޢުގެ ބައިވެރިވުމެވެ.  12-K  ސްކޫލު ވުން ގާތީ ރަށްފުށުގެ ކުޑަ ސްކޫލަކަށެވެ.”

    މިލިއުން އަޅުގަނޑުގެ ކުރިމަތީގައި ޖެހީ ބޯލްޑް ހައިރާން މާކެކެވެ. ރިޕޯޓްގައި މިބުނެދޭ  12-K ސްކޫލާ މިނިސްޓަރުގެ 12-K ސްކޫލު މުޅިން އިދިކޮޅަށް، ލާމަރުކަޒީ ކޮޅުން މަރުކަޒީ ކޮޅަށް، ބައްޓަންވަނީ ކީއްވެގެން ބާވައެވެ! މިފާހަގަކުރި ޕޮއިންޓް އިތުރަށް ސާފުކޮށް އެރުވުމުގެ ގޮތުން ތަފްޞީލުކޮށްލަމެވެ. ރިޕޯޓްގައި  ތަޢްރީފު ދީފައިވާ ގޮތަށް ބަލާއިރު  12-K  ސްކޫލަކީ ރަށްފުށުގެ ވިލިޖެއް ފަދަ އަވަށްގަނޑެއްގައި އޮންނަ ކުޑަ މުޖްތަމަޢެއްގައި ދިރިއުޅޭ ކުދީންނަށް އެމުޖްތަޢުން ބޭރަށް ނުގޮސް މުޖްތަމަޢުގައި ތިބެގެން ކޭޖީ އިން ފެށިގެން ގްރޭޑް- 12 ނިމެންދެން “ގާތުން” އުނގަންނައިދޭ ގޮތަށް ބައްޓަންކުރެވިފައި ހުންނަ ކުޑަ ސްކޫލެކެވެ. އެހެންކަމުން އެ ސްކޫލު އެވަނީ މިހާރު މިބޭނުންކުރެވޭ ސިޔާސީ ބަހުރަވައިން ނަމަ “ލާމަރުކަޒީ” ސްކޫލަކަށެވެ. އެޔާއި ޚިލާފަށް  މިނިސްޓަރ ޢާއިޝަތު ޢަލީ ޤާއިމުކުރައްވަން ނިންމަވާފައިވާ ސްކޫލު މިވަނީ “މަރުކަޒީ” ސްކޫލަކަށެވެ. މިއީ ހުޅުދޫއާއި މީދޫގައި މިއޮތް ދެ މުޖްތަމަޢުގައި ތިބި ކޭޖީ – ގްރޭޑް 12 އުމުރުފުރައިގެ ހުރިހާ (800ވަރަކަށް) ކިޔަވާކުދީން އެކުދީންގެ މުޖްތަމަޢުއާއި އެކަހެރިކޮށް އެއްތަނަކަށް ގެނެސްގެން (މުޖްތަމަޢުއާ) “ދުރުން” އުނގަންނައިދެވޭ ގޮތަށް ބައްޓަންކުރެވޭ މެގަ/ބިޔަ ސްކޫލަކަށް ވާތީއެވެ.

    ( ނުނިމޭ )

     

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް ހިތަދޫ ރަށްދެބައިގޭ ފާޠިމަތު ނަޞީރު އައްޔަން ކުރައްވައިފި

    މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް  ފާޠިމަތު ނަޞީރު  އައްޔަން ކުރައްވައިފިއެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ...

    އިސްލާމްދީނާ ދެކޮޅު ވެރިކަމެއް ޤާއިމްކުރުމަށް ގޮވާލުމުން ޝަހީދުއަށް ފާޑުކިޔުން އަމާޒުވެއްޖެ

    އިސްލާމް ދީނާ ދެކޮޅު ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރުމަށް ގޮވާލުމުން، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދުއަށް ...

    ނަރުދޫއިން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

    ށ. ނަރުދޫއިން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. “ވަގުތު” ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނަރުދޫން ...

    ކޮވިޑް-19 : ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ

    ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ރޭ މެންދަމު ނިޔާވީ ދަރުމަވަންތަ ...

    ޖުޑިޝަރީ އިސްލާޙް ކުރުމަށް ދަނީ މަޝްވަރާ ކުރަމުން –ޝައުނާ

    ރާއްޖޭގެ ޖުޑިޝަރީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ބަންޑާރަ ނާއިބްގެ އޮފީހާ މަޝްވަރާ ކުރަމުން އަންނަ ...

    އިތުރު 12 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

    އިތުރު 12 މީހަކު ހުޅުދޫއާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...