އިދިކޮޅު މީހުންނޭވެ، ނުފޯރާ ފޮތިން ފޫ ނުގަޅާށެވެ!

އެކެއް ފެބްރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު ވަރަށް އާދަޔާ ޚިލާފު އަމުރަކާއެކު އެއަމުރު ތަންފީޒުކުރަން ދިވެހި ސަރުކާރަށް މަޖްބޫރު ކުރަމުން މާލޭގެ މަގުތަކަށް އެރޭ އިދިކޮޅުން ނިކުމެ ފެށި ޣައިރު ޤާނޫނީ އިޙްތިޖާޖްތައް އެމީހުން ކުރަމުން އަންނައިރު އެ އިޙްތިޖާޖުތަކުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން މާލެ އައުމަށް ގޮވާލަމުން ދެއެވެ.

އެކި ތާރީޚު ކަނޑައަޅާ ދުވާލަކަށް ނަމެއް އެއިޙްތިޖާޖްތަކަށް ކިޔަމުން ދާއިރު ނަން ކިޔަން، ޤުރުބާން ކުރަން މިގެންނަނީ ދިވެހި ލޮބުވެތި ރައްޔިތުންނެވެ. ހުކުރު ދުވަހެއްގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަ ޖެހިލައިގެން މަގުމަތީގައި ހިނގާ ނުލެވޭތާ މަހަކަށް ވުރެ ގިނަވެއްޖެއެވެ. އިދިކޮޅު މީހުން ކުރާ މުޒާހަރާތަކުގައި މަގުތައް ބަންދުވެފައިވާތީއެވެ.

ކޮންމެއަކަސް މި މުޒާހަރާތަކުގައި ބައިވެރިވުމަށް އަތޮޅުތަކުން މީހުން އައުމަށް ތަކުރާރުކޮށް ގޮވަމުން އަންނައިރު އެކަމަށް އިޖާބަ ދިން މީހުން މަދުން ނަމަވެސް ތިބިކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. އަދި މިމަދު މީސްކޮޅު އެމީހުންގެ ބަހަށް ހެއްލި މާލެ އައިސް ދަތި ޙާލުގައި އުޅެމުންދާ މަންޒަރާއި އަދި އެއަޑުތައް އިވުމުން އަދިވެސް ރާއްޖޭގައި ނުވިސްނޭ މީހުން އުޅެނީ ބާއޭ ހިތަށް އަރައެވެ.

އެންމެ ފަހުންވެސް މި މާރޗު މަހުގެ 16 ވަނަ ދަވަހު ބޮޑު މުޒާހަރާއަށް ރާއްޖޭގެ ހުރިހާ ރައްޔިތުން އައުމަށް ގޮވާލިއިރު ޤާސިމް ވަނީ އެއްވެސް ޚަރަދަކާއިމެދު އެއަންނަ ރައްޔިތަކު ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި ހުރިހާ އިންތިޒާމެއްވެސް ހަމަޖެހޭނެކަމަށް ބުނެފައެވެ.

އެމީހުންގެ ބަހަށް ހެއްލި އަތޮޅު ތެރެއިން އައި މީހުންނަށް އިންތިޒާމްތައް ހަމަޖެހިފައި ހުރި ފުރިހަމަކަން ކިޔުންތެރިން އަޑު އަހާށެވެ!

އެއް ކޮޓަރިއެއްގައި ނިދަން ނުވަ މީހުން ދިހަ މީހުންގެ ގުރޫޕެކެވެ. ކާން ދުވާލަކަށް 100 ރުފިޔާ އެވެ. ނިދާނެ ތަނެއް ހަމަ ނުޖެހުނު މީހުން ފަޅު ތެރޭގައި އަޅާފާ ހުރި އޮޑިދޯނި ފަހަރުގައެވެ. މީ ބޮޑެތި މަހުޖަނުން ދިން ދައުވަތު ޤަބޫލުކޮށް އަދި މިހާތަނަށްވެސް ނުބޭއްވިގެން އުޅޭ ބޮޑު މުޒާހަރާގައި ބައިވެރިވާން އައި މީހުންނަށް ލިބުނު މެހެމާންދާރީގެ ވާހަކައެވެ.

އިދިކޯޅޭ މެންނޭވެ. އަޅުގަޑުމެންގެ ދިވެހި ލޮބުވެތި ރައްޔިތުން ނިކަމެތިކޮށްލަން ކަންކުރަން އެމީހުންގެ ފަސްގަނޑުން އުފުރާލައިގެން މާލެއަށް ގެނެސް އެމީހުން ބިކަ ނުކުރާށެވެ. އެވެސް ދިވެހި ރައްޔިތުންނެވެ. މީސް މީހުން ގެނެސް ނުވާވަރުން ކަންދައްކަން ނުޅޭށެވެ. ގައިގަ ނެތް ފެންވަރުން ކަން ނުކުރާށެވެ.

އަދި ބުނަން ހެއްޔެވެ؟ ދެންވެސް ނުފޮރާ ފޮތިން ފޫ ނުގަޅާ ތިބޭށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީން އުފައްދަވާ އައު ސިޔާސީ ޕާޓީގެ މަސައްކަތް ކުރިއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. ރައީސް ޔާމީންގެ ވަކީލު ...

ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް، ބަޖެޓުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ- އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، މިއަދު ބާއްވަން ...

އައްޑޫ މަގުތައް ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ – މޭޔަރު ނިޒާރު

އައްޑޫ މަގުތައް ހަދާ ނިމޭއިރު މަގުތަކަކީ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އައްޑޫސިޓީގެ ...