ރަޝިއާގައި މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ މި ސަރަހައްދުގެ އޮފިޝަލް ބްރޯޑްކާސްޓަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ކަމުގައި ވިޔަސް، އެ މުބާރާތުގެ ހުރިހާ މެޗްތަކެއް ދައްކާނެ ކަމަށް ދިރާގާއި މީޑިއާ ނެޓުން ބުނެފި އެވެ.

ހުއްދަ ނެތި ” ފީފާ ވޯލްޑް ކަޕް ރަޝިއާ 2018″ ގެ ނަމުގައި ބައެއް މީޑިއާތަކާއި ވިޔަފާރި ކުންފުނިތަކުން ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގަމުންދާތީ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށްބުނެ އާއްމުކޮށް އަންގާ ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނިކޮށް، ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތްދޭ ދިރާގާއި މީޑިއާނެޓުން ވޯލްޑްކަޕް މެޗުތައް ދައްކާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދީފިއެވެ.

ދިރާގާއި މީޑިއާނެޓުން މިކަން މިގޮތައް ހާމަކޮށްފައިވަނީ ޕީއެސްއެމުންއިން ނެރުނު ބަޔާނާ ގުޅިގެން، ކޭބަލް ޓީވީގެ ހިދުމަތް ދޭ ކުންފުނިތަކަށް މެޗްތައް ދެއްކޭނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށެވެ.

ދިރާގުގެ އިސް އޮފިޝަލަކުވިދާޅުވީ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް ވޯލްޑްކަޕްގެ މެޗްތައް ދައްކާނެ ކަމަށާއި އެ މެޗްތައް ދައްކާނީ މި ސަރަހައްދުގައި މެޗް ދެއްކުމުގެ ރައިޓްސް އޮތް ޗެނަލްތައް މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވީ މެޗުތައް ދެއްކުމުގައި އެއްވެސް ހުރަހެއް ނެތްކަމަށެވެ. ސަބަބެއްކަމަށް ދިރާގުގެ އޮފިޝަލް ވިދާޅުވީ ސޮނީ ސްޕޯޓްސް ނެޓްވޯކުގެ ރައިޓްސް ދިރާގަށް ލިބިފައިއޮތުމުން ކަމަށެވެ.

ދިރާގުގެ އިތުރުން ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް ދޭ މީޑިއާ ނެޓްގެ އިސް އޮފިޝަލަކު ވެސް ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕްގެ މެޗްތައް ކަސްޓަމަރުންނަށް ދައްކާނެ ކަމަށެވެ. އެގޮތުން ސޮނީ ޓެން2 އާއި ޓެން3 އިން މެޗްތައް ދައްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީޑިއާނެޓްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ސޮނީ ޓެން 2 އާއި ޓެން 3 ދެއްކުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެންކަމުން ވޯލްޑްކަޕް މެޗުތައް ދައްކާއިރު، އެނަލިސިސް ވެސް މީޑިއާނެޓުގެ ނެޓްވޯކުން ގެނެސްދޭނެ ކަމަށް އޮފިޝަލް ހާމަކުރިއެވެ

ނަމަވެސް،  ޕީއެސްއެމުން ބުނެފައި ވަނީ ވޯލްޑް ކަޕްގެ ނަމުގައި ޕްރޮމޯޝަނެއް ނުވަތަ އެ ނަމުގައި އެހެންވެސް ހަރަކާތެއް ހިންގާނަމަ އެ ފަރާތްތަކުން އެ ކުރަނީ ޕީއެސްއެމްގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކަމަށެވެ.

އަދި މީގެ އިތުރަށް ޕީއެސްއެމްއިން  ބުނެފައިވާ ގޮތުގައި ” ފީފާ ވޯލްޑް ކަޕް ރަޝިއާ 2018″ އާ ގުޅިގެން ރާއްޖޭގެ އެއްވެސް ޖަމިއްޔާއެއް، ޖަމާއަތެއް، ވިޔަފާރި ކުންފުންޏެއް އަދި މީޑިއާއަކުން އެއްވެސް ހަރަކާތެއް ހިންގަން ޝައުގުވެރިވާ ނަމަ އެ ފުރުސަތު ޕީއެސްއެމާ ގުޅިގެން ހިންގުމުގެ ފުރުސަތު އޮންނާނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަންބުރު ޗެލެންޖް 2018

ގައުމުއެފްސީއާއި ޕޮލިސް ބައްދަލުކުރިމެޗް ގަންބުރި ޖެލެންޖް 2018 ގެ ނަމުގައި މިހާރު މީދޫގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި ގައުމު ...

ނެޓްބޯޅަ : ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރުކޮށްފި

މިހާރު މީދޫގައި ކުރިއަށްދާ އެމްއީސީ ބަދަހިކަޕް  ނެޓްބޯލް މުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރު ...

ގައުމު ސްޓްރީޓް ސޮކަރ ޓޯނަމެންޓް 2020 ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ގައުމު ސްޓްރީޓް ސޮކަރ ޓޯނަމެންޓް 2020 ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައި އެކަން އިއުލާންކޮށްފިއެވެ. ގައުމުން ...