ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް އިންޓަނެޓްގެ އަގު ހެޔޮކޮށްފި

ދިރާގުން ފޯރުކޮށްދޭ ހޯމް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޑޭޓާގެ އަގުތައް ހެޔޮކޮށްފިއެވެ.

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުތަކަށް ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެންނަވައި، އެކަން އިއުލާންކުރީ މިދިޔަމަހުގެ 27 ވަނަ ދުވަހުއެވެ.

އިންޓަނެޓް އަގު ހެޔޮކުރުމަކީ ރައީސުލް ޖުމުހޫއްރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙުގެ ރިޔާސީ ވަޢުދެކެވެ. މިވަޢުދު ފުއްދުމަށް ސަރުކާރުން ގިނަ މަސައްކަތަކެއް ކޮށްފައިވާއިރު، ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުން އަގަށާއި ފޯރުކޮށްދޭ ޙިދުމަތުގެ ސްޕީޑަށް ބަދަލު ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރާއްޖޭގައި އިންޓަނެޓް ޙިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ދިރާގުން މިހާރުވަނީ އެކުންފުނީގެ ޕެކޭޖްތަކުގެ މައުލޫމާތު އާއްމުންނާއި ހިއްސާކޮށްފައެވެ. އެގޮތުން ދިރާގުން ވަނީ މިދިޔަމަހު ސަރުކާރުން އިޢުލާން ކުރި 3 ޕެކޭޖް ފައިބަރ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމެނުމުގެ އިތުރުން، އެލަވަންސް ހުސްވީމަ ލިބޭ ސްޕީޑް ނުވަތަ “ސްޕީޑް އަފްޓަރ އެލަވަންސް” 300 ރުފިޔާ އަށް ވުރެ ދަށް ޕެކޭޖްގައި 2 އެމް. ބީ. ޕީ. އެސް އަދި އެހެން ހުރިހާ ޕެކޭޖެއްގައި 5 އެމް. ބީ. ޕީ. އެސް އަށް ވަނީ އިތުރުކޮށްފައެވެ.

މިއާއެކު، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތާއެކު، ހޯމް އިންޓަނެޓް ޕްކޭޖްތަކަށް މި އަންނަ ހެޔޮ ބަދަލު އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ދިރާގުން ހާމަކުރެއެވެ.

މި ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެއްވޭނެ ކަމަށާއި، އެގޮތުން، މިހާރު ކަސްޓަމަރުންނަށް 100 ޕަސަންޓާއި އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ޕެކޭޖްތަކުން ލިބޭނެކަމަށް ދިރާގުން ހާމަކުރެއެވެ.

އެހެން ކަމުން، ޑޭޓާގެ އަގުތައް މިހާރު ވަނީ %50 އާ ހަމައަށް ހެޔޮވެފައިއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޕްކޭޖްތަކަށް އައިސްފައިވާ ބަދަލު ދިރާގު ވެބްސައިޓުގައިވާ “ޕެކޭޖް ޗެކަރ” އިން ބައްލާލެވޭނެއެވެ. https://bit.ly/3A9CHu4

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގެ ރިސޯޓް ތަކުގައި މަސައްކަތްކުރާ %70 މީހުންނަކީ ބިދޭސީން

ރާއްޖޭގައި ހިންގަމުންދާ ރިސޯޓްތަކުގެތެރެއިން  174 ރިސޯޓެއްގައި ވަޒީފާ އަދާ  52،396 މުވައްޒަފުންގެ ތެރެއިން %/70 މީހުންނަކީ ބިދޭސީން ކަމަށް ...

ފްލައި ދުބާއީގެ ބަދަލުގައި އެމިރޭޓްސްގެ ދަތުރުތައް އިތުރުކުރުމުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ- އިނަ މޯލްޑިވްސް

ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލިނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދަށް އެއްވެސްވަރެއްގެ ނޭދެވޭ އަސަރެއް ނުކުރާނޭކަމަށް ...

ކަސްޓަމްސް ކުރީގެ ވެރިޔާ ޖުނައިދުގެ މައްޗަށް އުފުލި 2.6 މިލިއަން ޑޮލަރުގެ ދައުވާ ސާބިތެއްނުވި

ކަސްޓަމްސް ކުރީގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުހައްމަދު ޖުނައިދާއި އޭނާގެ މަސްލަހަތު އޮންނަ ގްލޯބަލް ލިންކްސް އާއި ހޯދީ ...