ދޮންދީނީގެ އާބާދީ ދެނެގަތުމަށް އައްޑޫގައި ސާރވޭއެއް ކުރަނީ

    އައްޑޫސިޓީގެ ދޮންދީނީގެ އާބާދީ ބެލުމަށް ޚާއްޞަ ސާރވޭއެއް ކުރިއަށް ގެންދިއުމަށް އެންވަޔަރަމަންޓަލް ޕްރޮތެކްޝަން އެޖެންސީ، އީޕީއޭއިން ނިންމައިފިއެވެ.

    މިސާރވޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އީޕީއޭއިން ވަނީ އާއްމުކޮ އެފުރުޞަތު ހުޅުވާލާފައެވެ. މިމަހުގެ 15 އިން 30 އަށް ކުރިއަށްގެންދާ މިސާރވޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ފޯމް ފުރުމުން ސާވޭގައި ބައިވެރިވެވޭނެއެވެ. އަދި ސާރވޭގެ ބައިވެރިން އެމީހެއްގެ ހޯދުންތައް އޮންލައިންކޮށް ހުށައެޅުމަށްވެސް ވަނީ ހުޅުވާލާފައެވެ. އީޕީއޭއާއި އައްޑޫސިޓީ ކައުންސިލް އަދި އައްޑޫ ނޭޗަރ ޕާކް ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މިސާރވޭގެ އެންމެ ބޮޑު ބޭނުމަކީ އައްޑޫސިޓީގެ ދޮންދީނީގެ އާބާދީ ދެނެގަތުމެވެ.

    ދޮންދީންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. އަދި މިއީ ހިމާޔަތްކޮށްފައިވާ ދޮންދީނި އާއި ގުޅޭގޮތުން ކުރިއަށްގެންދާ މިފަދަ ފުރަތަމަ ސާރވޭއެވެ.

    ދޮންދީންޏަކީ އަކީ ރާއްޖޭގައި ހަމައެކަނި އައްޑޫސިޓީގައި އުޅޭކަމަށް މަޝްހޫރު އަދި އައްޑޫއަށް ޚާއްސަ ދޫންޏެކެވެ. ގައިގައި ހުންނަ ފަތުގައި ސާފު ހުދުކުލަ ހުންނަ މި ދޫނީގެ ތުނބުގައި ހުންނަނީ ކަޅު ކުލައެވެ. މިދޫނި ބިސްއަޅަނީވެސް ގަސްގަހުގެ ކަތްޕަށެެވެ. މިއީ އުމުރު ދިގު ދޫންޏެކަށްވާއިރު، މިދޫނި ގާތްގަނޑަކަށް 18 އަހަރު ދިރިއުޅޭކަމަށްވެއެވެ.

    އާންމު ގޮތެއްގައި މިދޫނި ދިރިއުޅެނީ ޓްރޮޕިކަލް ސަރަހައްދުތަކުގައެވެ. ދޮންދީންޏަކީ ރާއްޖޭގެ ދެކުނުގެ ރަށްތަކުގައި ދިރިއުޅޭ އަދި އާބާދީ މަދު ދޫންޏަކަށް ވާތީ، އެދޫނި ހިފުމާއި ކޮށީގައި ބަންދުކޮށްގެން ގެންގުޅުމާއި އެދޫނި ދިރިއުޅޭ މާހައުލަށޤ ގެއްލުން ދިނުން މަނާކޮށް އެދޫނިވަނީ ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ލިސްޓުގައި ހިމަނާފައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ހުޅުދޫއާއި މީދޫގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން އެއް ހަފުތާއަށް މެދުކަނޑާލައިފި

    ހުޅުދޫއާއި މީދޫގައި ވެސް ހަލުއި ކަމާއެކު ކޮވިޑް 19 ގެ ބަލި ފެތުރެމުންދާތި މިއަދުންފެށިގެން އެއް ހަފުތާއަށްހުޅުދޫއާއި މީދޫގެ ...

    ރެހެންދީ ސުކޫލްގެ 2 ދަރިވަރަކާއި ޓީޗަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

    ހުޅުމާލެ ރެހެންދީ ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ 2 ދަރިވަރަކާއި އެސުކޫލްގެ މުދައްރިސަކު ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެއެވެ. ” ފެށުން ” ...

    ސަރުކާރުން ނަގާ ބޮޑެތި ލޯނު އަދި ދަރަނި ދެއްކުމުގެ ހަކަތަ މި ސަރުކާރުގައި އެބަހުރި : މުނައްވަރު

    ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭރުގެ އެހީއާއެކު ލޯނުތައް ނަގަމުންދަނީ އެލޯނުތައް ދެއްކޭނެ ގޮތް ދިރާސާކުރައްވާ އެހިސާބުތައް ޖެއްސެވުމަށްފަހުގައި ...

    ފޮޓޯއިން ޚަބަރު: މީދޫ ބަހާއުއްދީން މަގުގައި ތާރުއެޅުން

    މަތީގައިވާ ފޮޓޯތަކާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ބަހާއުއްދީންމަގުގައި ތާރު އެޅުމަށް އެމްޓީސީސީގެ ފަރާތުން ކުރަމުންދާ މަސައްކަތް. ހުޅުދޫ ...

    ތޮއްޑޫގައި ހޯމް ކަރަންޓީންގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

    އއ. ތޮއްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ އުމުރުން ...

    އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ – ރައީސް

    އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ ކަމަށާއި އެބޭފުޅުންނަށް އެވާހަކަ ދެއްކޭނަމަ ރާއްޖަށް ދިމާވި ކޮރަޕްޝަންގެ އެންމެ ...