ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބިފައިވޭ: އދ

advertisement

ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯ ކައިރިން ރޯވެ ފެތިފައިވާ އާގުބޯޓުގެ ސަބަބުން ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް އދން އެ ޤައުމަށް ކަނޑައަޅާފައިވާ ސަފީރު ހަނާ ސިނގާ ހަނމުދީ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ގުޖުރާތުން ސްރީ ލަންކާގެ ކޮލޮންބޯ ބަނދަރަށް ދަތުރުކުރި އާގުބޯޓުގައި ހުރީ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ކެމިކަލާއި ވިހަ މާއްދާތަކެކެވެ. އެ ބޯޓުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ މެއި މަހުގެ 20ވަނަ ދުވަހުއެވެ. ނަމަވެސް ސްރީ ލަންކާގެ ކަނޑުގެ ސިފައިންނާއި ޕޯޓްސް އޮތޯރިޓީއާއި މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީންވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ. ނަމަވެސް އަނެއްކާ މެއި މަހުގެ 25ވަނަ ދުވަހު ކުރިއަށްވުރެ ބޮޑަށް ބޯޓުގައި ރޯވެ އަލިފާންގަނޑު ނިއްވާލުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ޖޫން މަހުގެ 2ވަނަ ދުވަހު އެ ބޯޓު ފެތެން ފެށުމުން ސްރީ ލަންކާގެ އައްސޭރިއާ ދުރަށް އެ ބޯޓު ގެންދިޔުމަށްވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ބޯޓުގެ ކޮޅުފަސްކޮޅު ކަނޑު އަޑީގައި ޖެހުމުން އެ މަސައްކަތް ނާކާމިޔާބުވިއެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯއާ 9.5 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަނިކޮށް އަލިފާން ރޯވި އެމްވީ އެކްސް-ޕުރެސް ޕަރލުގައި 1،486 ކޮންޓެއިނަރު ބަރުކޮށްފައި ހުއްޓެވެ. އޭގެ ތެރޭގައި 25 ޓަނުގެ ނައިޓުރިކް އެސިޑާއި އެހެނިހެން ކެމިކަލާއި ޕުލާސްޓިކުގެ ބާވަތްތައް ހިމެނެއެވެ. އަލިފާނުގެ ހާދިޘާގެ ސަބަބުން އާގުބޯޓުގައި ހުރި ކޮންޓޭނަރުތައްވަނީ ކަނޑަށް ވެއްޓިފައެވެ. އަދި ކޮންޓެއިނަރުތަކުގައި ހުރި ޕުލާސްޓިކު ޕެލަޓުތަކާއި ވިހަ މާއްދާތައްވަނީ މަސްވެރިކަން ރަނގަޅު އަދި ފަތުރުވެރިންގެ މެދުގައި މަޤުބޫލު ނެގަންބޯގެ ގޮނޑުދޮށަށް ލައްގަމުންނެވެ. އަތިރިމަތި ތަޣައްޔަރުވާން ފެށުމުން އެ ސަރަޙައްދުވަނީ ޢާންމުންނަށް ބަންދުކޮށްފައެވެ. ސްރީ ލަންކާގެ ކަނޑުގެ ސިފައިން އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

ބޯޓު ފެތުމުން ސްރީ ލަންކާގެ އައްސޭރިފަށުން ފެށިގެން 80 ކިލޯމީޓަރުގެ ސަރަޙައްދެއްގައި މަސްވެރިކަން ނުކުރުމަށްވަނީ އަންގައިފައެވެ. އޭގެ އަސަރު މަސްވެރިކަންކުރާ 5،600އަށްވުރެ ގިނަ އުޅަނދަށް ކުރާނެއެވެ.

ސްރީ ލަނާކާގައި ހުންނަވާ އދގެ ސަފީރު ވިދާޅުވީ އެ ޙާދިޘާގެ ސަބަބުން އެ ޤައުމަށް ލިބިފައިވާ ގެއްލުމާއި މުސްތަޤްބަލުގައި އެފަދަ ޙާދިޘާއެއް ނުހިނގާނެ ގޮތްތައް ހޯދުމަށް ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ޙާދިޘާތަކުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ނޭދޭވޭ އަސަރުތައް ކުރާނެކަމަށާއި އެކަމުގެ އަސަރު އެތައް ބަޔަކަށް ކުރާނެކަމަށެވެ.

ވިލާތުގެ އިއްތިޙާދުގެ އެހީތެރިކަމާއެކު އދންވަނީ ޙާލަތު ދެނެގަތުމަށް ތަޖުރިބާކާރުންގެ ޚާއްޞަ ވަފުދެއް ސްރީ ލަންކާއަށް ފޮނުވައިފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޤައުމުގައި ހަމަޖެހުން ޤާއިމް ކުރަން މީސްމީޑިޔާގެ ބައެއް އެޕްތައް ލަންކާގައި ބްލޮކް ކޮށްފި

ސްރީލަންކާގެ ކޭންޑިގައި މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު އުފެދުނު ދީނީ ހަމަނުޖެހުންތަކަށް ފަހު މުޅި ޤައުމުގައި ކުއްލި ޙާލަތު އިއްޔެ ...

ފަލަސްތީން ރައްޔިތުންނަށް ނަސްރުދެއްވުމަށް އެދި ގުނޫތު ކިޔަން ނިންމަވައިފި

ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރުދެއްވުން އެދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ. އިސްލާމިކް ...

ހަމަނުޖެހުންތައް ބޮޑުވެފައިވަނިކޮށް ގޮތަބަޔާ ޤައުމު ދޫކުރައްވައި ރާއްޖެއަށް

ސްރީލަންކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދަނިކޮށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ޤައުމު ދޫކުރައްވައި، ރާއްޖެއަށް ވަޑައިގަންނަވާފައިވާކަމަށް އިތުބާރުހުރި ...