ދުވާފަރުން 3 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ރަށް ލޮކްޑައުން ކޮށްފި

    މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވްވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެރަށް ލޮކްޑައުން ކޮށްފިއެވެ.

    އެ ރަށުން ކޯވިޑަށް ޕޮޒިޓިވްވި 3 މީހުންނަކީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެރަށަށް ގޮސް ހޯމް ކަރަންޓީންގައި 14 ދުވަސް ފުރިހަމަ ކުރި 3 މީހުންނެވެ. އެމީހުން ގެއިން ނިކުމެފައި ވަނީ 14 ދުވަހަށްފަހު ހެދި ފުރަތަމަ ޓެސްޓް ނެގެޓިވްވުމުންނެވެ. އެރަށުން ޕޮޒިޓިވް ވެފައި ވަނީ މަންމަ އަކާއި ބައްޕައެއްގެ އިތުރުން އޭނާގެ ފިރިހެން ދަރިއެކެވެ. އަދި އެ މީހުންނާއި އެކު ދެން ކަރަންޓީނުގައި ހުރި ދެމަފިރިންގެ އަނެއް ދަރިފުޅުގެ ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ.

    އެރަށް ލޮކްޑައުން ކޮށްފައިވާކަން އަންގައި، މަޢުލޫމާތު ހާމަކުރަމުން ދުވާފަރު ކައުންސިލުން ބުނީ 19 ޖޫން 2020 ގައި ހޯމް ކަރަންޓީން އަށް ގެނެވުނު މީހުންގެ ތެރެއިން 3 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ ރޭގެ 9:24 ން ފެށިގެން ރ. ދުވާފަރު މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރާ ކަމަށެވެ.

    އެ ވަގުތުން ފެށިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވަކި ގޮތެއް އަންގަންދެން ދުވާފަރުން ލަފާފުރުން ވަނީ މަނާކުރެވިފައި ކަމަށާއި، ދުވާފަރުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެކިއެކި ބޭނުމުގައި ރަށުން ބޭރަށް ގޮސްފައިވާ މީހުން ދުވާފަރަށް އައުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، ނަމަވެސް ދުވާފަރުން ފުރުން ވަނީ މަނާކުރެވިފައި ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

    އެރަށުން ޕޮޒިޓިވްވެފައިވާ މީހުންނަކީ 19 ޖޫންގައި ހޯމް ކަރަންޓީއަށް ގެނެވި، 14 ދުވަހުގެ މުއްދަތު ހަމަކޮށް ނެގި ސާމްޕަލް އިން ކޯވިޑަށް ނެގެޓިވް ވެފައިވާކަމަށް 7 ޖުލައި 2020 ގައި، އެޗްޕީއޭ އިން އެންގުމުން އުޞޫލާއެއްގޮތަށް 9 ޖުލައިގައި ދޫކޮށްލާފައި ތިބި މީހުން ކަމަށްވެސް އެކައުންސިލުން ވަނީ ބުނެފައެވެ.

    އެރަށު ކައުންސިލުން ބުނީ އެގޮތުން ދޫކޮށްލި މީހުންގެ 2 ވަނަ ސާމްޕަލް އެއް ނަގާފައިވަނީ، 11 ޖުލައި 2020 (އިއްޔެ)
    ކަމަށާއި، ދެވަނަ ސާމްޕަލްގެ ނަތީޖާއިން 3 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައި ވާކަން އެގުމުން އެމީހުން ކަރަންޓީން
    ކުރެވިފައި ވާކަމަށެވެ.

    އެކައުންސިލުން ވަނީ ދުވާފަރު ޓާސްކްފޯސް އިން ވަކިގޮތަކަށް އަންގަންދެން ޢާއްމު ތަންތަނަށް އެއްވުމާއި، ކުޅިވަރު ކުޅުމާއި، ޖަމާޢަތް ހަދައިގެން ނަމާދު ކުރުން މަނާކޮށް، އަދި ކެފޭ ރެސްޓޯރަންޓް ތަކުން ޚިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ.

    މީގެއިތުރުން ފިހާރަތަކުން ޚިދުމަތް ދޭންވާނީ ޓާސްކްފޯހުން އަންގާ އުޞޫލުތަކުގެ މަތިން ކަމަށް އެރަށު ކައުންސިލް ވަނީ ބުނެފައެވެ.
    އަދި ކޮންމެހެން ނުކުންނަން ޖެހިއްޖެ ޙާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމާއި، ދާންޖެހިއްޖެ ޙާލަތެއްގައި މާސްކު އަޅައިގެން ނޫނީ ގެއިން ނުނުކުތުމަށް ދުވާފަރު ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

    ދުވާފަރުގެ އިތުރުން ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހުންވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އއ. ތޮއްޑޫ، ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކުވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    މީދޫ ޔޫތު ސެންޓަރު ފިޔަވައި އައްޑުއަތޮޅުގެ އެހެން ޔޫތުސެންޓަރުތަކަށް ސްޕޯޓްސް ސްޕަވައިޒަރުންނާއި ޖިމްއިންސްޓްރަކްޓަރުން ހޯދުމަށް އިއުލާންކޮށްފި

    މީދޫ ޔޫތު ސެންޓަރ ފިޔަވައި އައްޑުއަތޮޅު އެހެން ރަށްރަށުގައި ގާއިމްކޮށްފައިވާ ޔޫތު ސެންޓަރުތަކުގައި ވަޒީފާ އަދާކުރާނެ ސްޕޯޓްސް ސްޕަވައިޒަރުންނާއި ...

    އިދިކޮޅު ފަރާތްތަކުގެ މުނާފިޤުކަން ފެނިއްޖެ – މޫސަ

    ރާއްޖޭގައި އިސްލާހަށް ކަމަށް ބުނެ، މަގުމަތީގައި ހަމަނުޖެހުން އުފައްދަމުން އަންނަ، އިދިކޮޅު ފަރާތްތަކުގެ މުނާފިޤުކަން ޙާމަވެގެން ހިގައްޖެ ކަމަށް ...

    “ރާވެރިބޭ ކޮއްތުވެނި” ފުޑުކޯޓުތައް ރައީސް ހުޅުއްވާދެއްވައިފި

    މާލޭ ހުޅަނގުފަރާތުގައި ސަރުކާރުން ތަރައްޤީކުރީ ޒަމާނީ ފުޑުކޯޓުތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ...

    އަޟްހާއީދު ކުޅިވަރު: ލީޕަޓުގެ ހެޓްރިކާ ދެބެއިންގެ 2 ގޯލާއެކު ހުޅުދޫޓީމުން މީދޫޓީމް ގެ މައްޗަށް ކުރިހޯދައިފި

    ލީޕަޓު  3 ގޯލުޖަހާ  ހެދި ހެޓްރިކްގެ އިތުރަށް   ފޭދޫގެ މަޝްހޫރު ފުޓްސަލް ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ދެބެއިން ކަމުގައިވާ ...

    ދުބާއީގައި މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި

    ރާއްޖޭ ފުލުހުންނާއި ދުބާއީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ، ދުބާއީ ...

    ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ސީރިއަސް ހާލަތުގައި

    އައްޑޫ ސިޓީ ފޭދޫގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ. މިއެކްސިޑެންޓާބެހޭގޮތުން ...