މަސް ދޯންޏަކުން ޑައިވިންއަށް ފޭބި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދ.ގައްދޫގައި މަހަށްދިޔަ ދޯންޏަކުން ޑައިވިނަށް ދިޔަ 21 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ގދ.ގައްދޫ “ރޯޅި” ދޯނީގައި މަހަށްދިޔަ މި ޒުވާނާ ނިޔާވެފައިވަނީ އެންދަމަން ދާ އެޅުމަށްޓަކައި ޑައިވިނަށްގޮސް ގިނައިރުތަކެއްވެ މައްޗަށް ނޭރުމުން އޭނާއާއިއެކު ޑައިވިނަށްދިޔަ މީހުން އޭނާ ކޮބައިތޯ ބެލުމަށް ކުރި މަސައްކަތުން ފެނިފައިވަނީ އޭނާގެ މާސްކް ނެއްޓި، ހަރަކާތްހުއްޓިފައިވަނިކޮށްކަމުގައި މި ދޯނީގައި މަހަށްދިޔަ މީހަކު ވަނީ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދީފައެވެ.

އަދި އޭނާ މޫދުން ނެގިއިރުވެސް ނެވާ ހުއްޓިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށާ އަދި ގައްދޫ ސިއްޙީ މަރުކަޒަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ގައްދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތުދެއެވެ. މިކަން ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތަށިބަރި ބަދަލު ކުރުމަކީ އެއްގެއިން އަނެއް ގެއަށް ބަލި ޓްރާންސްފާ ކުރުން: ޑރ. އަފްޒަލް

އެއް ގެއިން އަނެއް ގެއަށް ތަށި ބަރި ގެންދަމުން ދާކަން ފާހަގަ ކުރެވޭ ކަމަށާއި އެއީ މި ދުވަސްކޮޅު ...

ލޮކްޑައުން ނެތް ރަށްރަށުގެ މިސްކިތްތަކުގައި މާދަމާއިން ފެށިގެން ނަމާދު ކުރެވޭގޮތައް ހަމަޖައްސަވައިފި

މާދަމާގެ ހުކުރު ނަމާދުން ފެށިގެން ލޮކްޑައުން ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފިއެވެ. މިހާރު ކުރިޔަށްދާ ...

ގައުމު ސްޓްރީޓް ކަޕް 2020: އިއްޔެ ކުޅެވުނު މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ އިއްޔެ ކުޅުނު މެޗްތަކުގެ ނަތީޖާ: އެފްއާރުޓީ އަދި ...