ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި

ޢީދު ދުވަހު، މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީ، އިސްލާމީ ރިވެތި އަޚުލާޤުގެ ނަމޫނާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ ދިވެހި އެންމެހައި ރައްޔިތުންނަށް އަރިސް ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ފޮނުއްވި ފިޠުރު ޢީދުގެ ތަހުނިޔާގެ ޚިޠާބުގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމު ވިދާޅުވެފައިވަނީ، ފިޠުރު ޢީދުފަދަ އުފާވެރި ދުވަހެއްގައި އުފާފާޅުކުރަމުންދާއިރު އިސްލާމީ ރިވެތި ހަމަތަކާއި އުޞޫލުތަކަށް ތަބަޢަވެ އެކަންކަމަށް މުސްލިމުން އަބަދުވެސް ރައްކާތެރިވާންޖެހޭނެ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި މި އުފާވެރި މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ތަހުނިޔާ ފޮނުއްވައި ހެޔޮއެދުންތައް އަރިސް ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

ފިޠުރު ޢީދުގެ އުފާ ފާޅުކުރަމުންދާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިޔާވަހިކަމެއް ނުލިބި، ބަނޑުހައިހޫނުކަން ތަޙައްމުލް ކުރަމުންގެންދާ ނިކަމެތި މުސްލިމުންގެ ހިތްދަތި ޙާލާމެދު ހަމްދަރުދީވެ، އެޙާލުން ނަޖާކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި އިބްތިހާލުވެ، ދުޢާ ދެންނެވުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލަން ހުޅުމީދޫގައި ވެހިކަލް ބުރެއް ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އައްޑުއަތޮޅު މީދޫއާއި ހުޅުދޫގައި އޮތް ...

އައްޑޫ ސިޓީން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ- މީގެ ތެރޭގައި ހުޅުމީދޫ 9 މީހަކު ހިމެނޭ

އައްޑޫ ސިޓީން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ...

ހުރިހާ ސްކޫލެއްގައި ޓެބްލެޓުތައް ބޭނުން ކުރަން ފަށާނަން، މިއީ ދުނިޔޭގައި މިކަން ކުރާ ފުރަތަމަ ގައުމު – ރައީސް ޔާމީން

މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ހުރިހާ ސްކޫލެއް ވައިފައި ކުރެވި، ހުރިހާ ސްކޫލެއްގައި ޓެބްލެޓުތައް ބޭނުން ކުރަން ...