އެއްފުރާޅެއްގެ ދަށަށް ކުދީން ގެންނަނީ އުގެނުމަށް ފަހިކުރަން ؟

  ދަރިވަރުންގެ ކާމިޔާބީގެ އިތުރު އެހެން ބަހާތައް:  ( 11 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ލިއުމާއި ގުޅޭ )

  އިސްވެ ބަޔާންކުރެވުނު ކާމިޔާބު ސްކޫލެއްގެ ފަސް ބަހާ ފިޔަވައި ސްކޫލުގެ ކުޑަބޮޑުމިނަކީ ވެސް ސްކޫލު ކާމިޔާބުވުމުގެ ބަހާއެއް ކަމަށް ފެނެއެވެ. ސްކޫލު ކުޑަވިވަރަކަށް ދަރިވަރުން، ޚާއްޞަކޮށް ދޮށީޢުމުރުގެ ދަރިވަރުން، ރަނގަޅު ނަތީޖާ ހާޞިލުކުރާކަމަށް ދިރާސާއިން ފެނިފައިވެއެވެ. ސްކޫލުތަކުގެ – އެތެރޭގައި – ސްކޫލުތައް ހުރުމުގެ ކޮންސެޕްޓްގެ ފަހަތުގައިވާ ވިސްނުމަކީ މިކަމެވެ. އުނގެނުމުގެ ކުދި ވެށިތަކުގައި ތިބޭ އިރު ދަރިވަރުންނަށް އެކުދީންނާ އެކުގައި ކިޔަވާ ކުދީންނާއި އަދި މުދައްރިސުންނާއި ބޮޑަށް ގުޅިފައިވާކަމުގެ އިހުސާސުކުރެވި، ކުލާސްތަކުން ގިނައިން ފާސްވެ، ކޮލެޖަށް ދާނެކަމުގެ އިހުތިމާލު ބޮޑުވެއެވެ.

  އެތަކެއް ސްކޫލު ސަރަހައްދުތަކުން ދެކޭ ގޮތުގައި ޕްރީސްކޫލު ތަޢްލީމަކީ ސްކޫލުތަކުގެ ހުރިހާ މަރުހަލާއެއްގެ ޖުމުލަ ކާމިޔާބީ އަށް ނުފުޒޫފޯރުވާ ބަހާއެއް ކަމަށް ވެއެވެ.

  ސްކޫލުތަކުގެ ކާމިޔާބީއަށް ނުފޫޒުފޯރުވާ އިތުރުބަހާތަކުގެ  ތެރޭގައި އުނގެނުމަށް ހޭދަކުރާ ވަގުތު، ޓީޗަރުންގެ ފެންވަރު އަދި ސްކޫލާއި ބެލެނިވެރިންނާ ދެމެދު އޮންނަ އިތުބާރު ހިމެނެއެވެ.

  ޓީޗަރުންނަށް ސްކޫލާއި ސަރަހައްދުން ފޯރުކޮށްދެވޭ ފަންނީ ތަރައްޤީ(ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް)ގެ ފެންވަރާއި މުނާސަބުކަމާއި މަދު ގިނަ ކަން ވެސް ސްކޫލުގެ ކާމިޔާބީ އަށް އަސަރުކޮށްފާނެއެވެ.”

  ދެން މިބަލައިލަނީ ދުނިޔޭފެންވަރުގައި ބަލައިގަނެވިފައިވާ ދިރާސާވެރިޔާ Bickel  އާއި އިތުރު އެހެން ދިރާސާވެރީންތަކެއް 2000ވަނަ އަހަރު ޝާއިޢުކުރެއްވި ދިރާސާ ރިޕޯޓްގައި ހުރި ބައެއް ނުކުތާތަކަށެވެ. އެ ރިޕޯޓްގެ  ޞަފުހާ 6ގައި ލިއުއްވާފައިވެއެވެ. “މިސްކޫލުތައް، އެބަހީ ކޭ– 12 ސްކޫލުތައް،  ބަޔާންކުރައްވާފައި ވަނީ ” ސިންގަލް ޔުނިޓް ސްކޫލްސް”: އާދައިގެ ގޮތެއްގައި ރަށްފަށުގެ ކުޑަ ސަރަހައްދެއްގައި އިބްތިދާއީ އަދި ޘާނަވީގެ ހުރިހާ ގްރޭޑެއް އެއް ފުރާޅެއްގެ ދަށުގައި ހުންނަ” މިހެންނެވެ.  އެރިޕޯޓްގައި އިތުރަށް ބުނެފައިވަނީ “ކޭ -12 އެއް-ކެމްޕަސް ސްކޫލުގެ ތަޢްލީމީ ޖުމުލަ ކާމިޔާބީ ލިބުމުގެ ފަހަތުގައިވާ އެއް ބަހާއަކީ ސްކޫލުގެ ސައިޒު ކުޑަވުން ކަމަށް ވެދާނެއެވެ. ކޭ -12 ސްކޫލުގެ ޢާންމު ސިފަތަކަކީ ސްކޫލު މުޖްތަމަޢެއްކަމުގެ އިހުސާސާއި  މުޖްތަމަޢުގެ ބައިވެރިވުމެވެ.

  އެހެންވީ އިރު ސްކޫލު ވެށްޓާއި، ސްކޫލުގެ ސައިޒާއި މުޖްތަމަޢެއްކަމުގެ އިހުސާސު ކަނޑައަޅައިދޭ ކަންކަމުގެ ތަޢްލީމީ ކާމިޔާބީ އަކީ ކޮބައިތޯއެވެ. ބައިކެލް އެޓް އަލް (2000) ވިދާޅުވާ ގޮތުން ކޭ – 12 ސްކޫލު ވުން ގާތީ ރަށްފުށުގެ ކުޑަ ސްކޫލަކަށެވެ. ފުރަތަމައަށް ވިސްނާލާނީ ސްކޫލުގެ ކުޑަކަމަށެވެ. މާރގްރެޓް ފޮސްމޯ (1995) ‘ސައުތު ބެންޑް ޓްރައިބިޔުން ރިޕޯރޓަރ’ އަށް ލިއުއްވި މަޒުމޫނެއްގައި މިސުވާލު ކުރިމަތި ކުރެއްވިއެވެ. “ބޮޑުވުމަކީ ކިހާވަރަކަށް ބޮޑުވުން ހެއްޔެވެ؟” އޭނާ ވަނީ މުޅި ޤައުމުގައި ސްކޫލު ސަރަހައްދުތައް އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ކުރަމުންދިޔަ މަސައްކަތުގެ  ތެރެއިން އިންޑިޔާނާ އާއި މިޝިގަންގެ ސްކޫލުތައް އެއްކުރުމުގެ ތަހުރީކާއި މެދު މުޅި އެ މަޒުމޫނުގައި ސުވާލު އުފައްދާފައެވެ. އޭނާ ސްކޫލުތަކުގެ ގިނަ ބަޔަކާ ކުރެއްވި އިންޓަރވިޔުތަކުން ނެރެވުނު ނަތީޖާއަކީ ސްކޫލުގެ ސައިޒަކީ އޮތް އަސާސީ ހަމައެކަނި ބަހާކަމަށް ނުވިޔަސް ސްކޫލު ކުޑަވުމުގެ ފާހަގަކޮށްލެވޭ ފައިދާތަކެއް ހުންނަ ކަމަށެވެ. މުދައްރިސުންނާއި އިދާރީ ހިންގުންތެރިންނާއި އެހީތެރިންގެ ތެރޭގައި ހިމެނޭ އެންމެންނަށް ދަރިވަރުން ރަނގަޅަށް އެނގި، ހިންގުމުގެ މައްސަލަތައް ކުޑަވެ އަދި މުޖްތަމަޢުގެ ބައިވެރިވުން ބޮޑުވެއެވެ” (ފޮސްމޯ، 1995). ބައިކެލް އާއި ޙޮއުލީ (1999)ގެ ދިރާސާ ރިޕޯޓްގައި ކުޑަ ސްކޫލުތަކާއި ބެހޭ ގޮތުން ފަހަތުގައި މިވާ ޚިޔާލުތައް ހިއްސާކުރައްވާފައިވެއެވެ. “ކުޑަ ސްކޫލުތަކުން ސްކޫލު ނުނިންމާ ވަކިވާ ދަރިވަރުންގެ ޢަދަދު ދަށްވެ ކުރިމަތިވާ އަޚްލާޤީ މައްސަލަތައް މަދެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނާއި، އަންހެންކުދީންނާއި ތަފާތު ނަސްލީ ގްރޫޕްތަކުގެ ކުދީން ފަދަ ޚާއްޞަ އާބާދީގެ ގޮތުން ކުދި ސްކޫލުތަކަށް އޮންނަ ފައިދާ ބޮޑެވެ. ކުދި ސްކޫލުތަކުގައި މުދައްރިސުން ބޮޑަށް ހިތްހަމަޖެހިގެން އުޅޭ ގޮތްވުން ގާތްކަމުން ބޮޑަށް އެއްބާރުލުން ދިނުމާއި އައު ގޮތްތައް ބޭނުންކުރުން އިތުރުވުން ގާތެވެ. ދަރިވަރުންނަށް ގިނަ ހަރަކާތްތަކުގައި ބައިވެރިވެވޭލެއް ވާތީ ބޮޑެތި ސްކޫލުތަކުން ދެވޭ އިތުރު ހަރަކާތްތައް މަދުވުމުމުގެ އަސަރު ކުޑަވެއެވެ. ކުދި ސްކޫލުތަކުގެ އަގު (ޚަރަދު) ދަސްވެނީންގެ ބޮލުގެ ނިސްބަތުން ކުޑައެވެ.”  (ކޮބާރން، 2003)ގައި ޝާއިޢުކުރެއްވި ދިރާސާ ރިޕޯޓްގެ ޞ. 27ގައި ލިއުއްވާފައިވެއެވެ. “މިފަދަ ޑޭޓާގެ މައްޗަށް ބިނާކޮށް ބައެއް ތަޢްލީމީ ނިޒާމުތަކުން ދަނީ އެތަންތާގެ ސްކޫލުތަކުގެ ސައިޒު ކުޑަކުރަމުންނެވެ. އިންޑިއާނާޕޮލިސް ޕަބްލިކް ސްކޫލުސް ވެބްސައިޓުގައި 1 ޖެނުއަރީ 2007ގައި ކުރީން 1200 އިން 2000 އާއި ހަމައަށް ދަރިވަރުން ތިބި ބޮޑެތި ހައި ސްކޫލުތައް ވަކިވަކިކޮށް 400 އަށް ވުރެ ދަރިވަރުންގެ އާބާދީ ބޮޑު ނޫން އައު ކުދި ސްކޫލުތަކަށް ބަދަލުކުރަން ކުރި މަސައްކަތްތަކަށް ބަލާލާފައި ވެއެވެ. ބިޔަ ހައި ސްކޫލުތައް ވަކިވަކި ކުރުމުން ހައި ސްކޫލުތަކުގެ ޢަދަދު 5 އިން 24 އަށް އިތުރުވިއެވެ. އަލަށް މި އުފެދުނު ސްކޫލުތަކުން ބޮޑު އިމާރާތްތަކުގައި ހުރި ކެފެޓޭރިޔާތައް ފަދަ ޢާންމު ތަންތަން ހިއްޞާކުރާ ގޮތަށް ރޭވިފައި ވެއެވެ. ލާމަރުކަޒީ ކުރަން ނެގި މިއިސްނެގުމުގެ މައިގަނޑު ލަނޑުދަނޑިއަކީ ދަރިވަރުންގެ ބޭނުންތައް ރަނގަޅަށް ފުއްދައިދިނުމަށް ރަނގަޅަށް ގާތުން އުނގެނުމުގެ ފުރުޞަތު އެކުދީންނަށް ފޯރުކޮށް ދިނުމެވެ. މިކަމަށް ހިނގާ ޚަރަދަށް އެހީވުމަށް ސެންޓަރ އޮފް އެކްސެލެންސް އިން ލީޑަރޝިޕް އޮފް ލާރނިންގ އިން 1.6 މިލިއަން ޑޮލަރގެ ގްރާންޓެއް ދެވުނު ކަމަށް ރިޕޯޓް ކުރެވިފައި ވެއެވެ.” (އިންޑިއާނާޕޮލިސް ޕަބްލިކް ސްކޫލްސް. އެން.ޑީ.)

  ރަށްފުށު ސްކޫލުތަކާއި ބެހޭގޮތުން އެސްކޫލުތައް ހުރި ތަންތަނުގެ މައްޗަށް ބަލާލައި ނޭޝަނަލް އެޑިޔުކޭޝަން އެސޯސިއޭޝަން އިން (2001)ގައި ޢާންމުރި ކަރުދާހެއްގައި ބަޔާންކޮށްފައިވެއެވެ. “އެމެރިކާގެ ސްކޫލު ޢުމުރުފުރައިގެ ގާތްގަނޑަކަށް % 40  ދަރިވަރުން އުޅެނީ ރަށްފުށު ސަރަހައްދުތަކުގައި …. އަދި ޤައުމުގެ %49  ސްކޫލު ހުރީ ރަށްފުށު ސަރަހައްދުތަކުގަޔާއި ކުދި ޓައުންތަކުގައެވެ” (ޞ. 3). މިމައްސަލައަށް އަލިއަޅުވާލަމުން އެ ކަރުދާހުގައި ދަރިވަރުންނަށާއި ތަޢްލީމުދޭ ފަރާތްތަކަށް ހުރި ފަހަތުގައި މިވާ ފައިދާތައް ލިސްޓްކޮށްފައިވެއެވެ. “ރަށްފުށުގެ ސްކޫލުތަކުގައި އާންމުކޮށް ކުލާހުގެ ސައިޒު (ކުލާހުގައި ތިބޭ ކުދީންގެ ޢަދަދު) ކުޑައެވެ. ރަށް ފުށު މުޖްތަމަޢުގެ ސްކޫލުތަކުގައި ސްކޫލު ރަށުގެ މުޖްތަމަޢު އާއި ކާރީގައި ހުންނާތީ ދަރިވަރުންނާއި އެކުދީންގެ މައިންބަފައިންނާއި ބެލެނިވެރިންގެ މެދުގައި ގިނަގިނައިން ފެންވަރު ރަނގަޅު މުޢާމަލާތު ކުރެވެއެވެ. ގިނަ ފަހަރު ސްކޫލުވަނީ އެންމެ ގިނަ މީހުން ވަޒީފާގައި ގެންގުޅޭ މުއައްސަސާއަށެވެ. ސްކޫލުތައް ވަނީ މި މުޖްތަމަޢުތަކުގެ އިޖްތިމާޢީ އަދި މުނިފޫހި ފިލުވުމުގެ މަރުކަޒުތަކަށެވެ. ގިނަ ފަހަރު ކުލާހު އާބާދީ ކުޑަވުމާއި މުޖްތަމަޢުގެ ބައިވެރިވުން ބޮޑުވުމުގެ ނަތީޖާއަކަށް ވަނީ ދަރިވަރުންނަށް ލިބޭ މަތީ ދަރަޖަތަކުގެ  ތަޢްލީމީ ކާމިޔާބީއެވެ. ޚުލާޞާކޮށް ބުނާއިރު ރަށްފުށުގެ ކުދި ސްކޫލުތަކުގައި ހުންނަ އިޖާބީ ނުވަތަ ރަނގަޅު ސިފަތަކުގެ ތެރޭގައި ފަހަތުގައި މިވާ ކަންތައް ހިމެނެއެވެ (ޞ. 29):

  1. މުޖްތަމަޢުގެ ބައިވެރިވުން
  2. ކުލާހު އާބާދީ ކުޑަވުން
  3. ހަރަކާތްތަކުގައި ބައިވެރިވުމަށް ދަރިވަރުންނަށް އޮންނަ ފުރުޞަތު ބޮޑުވުން
  4. ދަރިވަރުންނާއި، އެކުދީންގެ މައިންބަފައިންނާއި ޓީޗަރުންގެ މެދުގައި ފެންވަރު ރަނގަޅު ގުޅުން އޮތުން
  5. ރައްކާތެރިކަން ބޮޑު ވެށްޓެއް އޮތުން

  ( ނުނިމޭ )

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ސަހާފްގެ ހެޓްރިކާއެކު އިރުޝާދިއްޔާ ސްކޫލްގެ މައްޗަށް އަތޮޅުމަދަރުސާ ކުރިހޯދައިފި

  ސަހާފްގެ ހެޓްރިކާއެކު އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އަންގާރަ ދުވަހު ހަވީރު ކުޅެވުނު 16 އަހަރުން ...

  ކޮވިޑް 19: މާސްކް އަޅާ – ރައްކާވެ ތިބިއްޔާ ދަތުރު!

  ރައްކާވެ ތިބިއްޔާ ދަތުރެވެ. މިއީ ޒަމާނުއްސުރެ އަހަރެމެން އަޑުއަހާ، އެއަށް އަމަލު ކުރަމުންދާ ހަރުބަހެއްކަމީ ދެބަސްވެވެންނެތް ހަގީގަތެކެވެ. މާނައަކީ ...

  އައިޖީއެމްއެޗުން މިއަހަރު ތެރޭގައި ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ފަށަނީ

  ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތައް މި އަހަރު ފަހުކޮޅު ރާއްޖޭގައި ފެށުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ...

  ކޭސްތައް އިތުރުވެގެންދާނަމަ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ނުގެންދާނެ – އަމީން

  ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާނަމަ ސްކޫލްތަކުގެ ކިޔެވުން ނުފެށޭނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ...

  ދިރާސީ އައު އަހަރާއެކު 25 ސްކޫލެއްގެ ދަރިވަރުންނަށް އެ ސްކޫލުތަކުން ހެނދުނުގެ ނަސްތާ ލިބޭނެ

  ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓު ޕްރޮގްރާމްގެ ދަށުން ދިރާސީ އާއަހަރު ފެށޭއިރު 25 ސްކޫލްގައި މި ...

  ފުޑް ސެކިއުރިޓީ ގެ ބާބު

  އަހަރެން މާލެ ހިޖުރަ ކުރިތާ ތިރީސް އަހަރަށްވުރެ ގިނަވީއެވެ. ޅަ ދުވަސްވަރު އަމިއްލަ ވަޒަން ދޫކޮށް، ރަޙުމަތްތެރިންނާއި ސަކަރާތް ...