އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ދީފި

    ކާފިއުގެ ވަގުތު ހަވީރު 6:00 އިން ފަތިހު 4:00 އަށް ކުޑަކޮށްފި

    އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

    އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހުސްވި މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް ފިޔަވައި، މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން އޮތީ އަންގައިފަ އެވެ.

    އެ އެންގުމުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

    ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭން ނިންމާފައިވާ ލުއިތައް އިއުލާން ކުރައްވަމުން އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ބަލަހައްޓާނީ ކައުންސިލްތަކުން ކަމަށް މަބުރޫކުރު ވިދާޅުވިއެވެ.

    މަބްރޫކު ވިދާޅުވީ، މި ލުއި ދިން ނަމަވެސް ގެސްޓްހައުސް ހުންނަ ރަށަކުން ގެސްޓްހައުސް ނުހުންނަ ރަށަކަށް ނުދެވޭނެ ކަމަށާއި އަދި މޮނީޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން އެހެން ރަށަކަށްވެސް ނުދެވޭނެ ކަމަށެވެ.

    މީގެ އިތުރަށް ފަތިހު 5:00 އިން ހަވީރު 6:00 އަށް ޖިމްތައް ހުޅުވާލުމުގެ ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ. އެ ހުއްދަ ދޭނީ އެޕޮއިންޓްމަންޓް އުސޫލުން، ގުރޫޕް ސެޝަންތައް ނުހިންގާ ގޮތަށެވެ. އޭގެ އިތުރުން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު ވަގުތު ހަވީރު 6:00 އިން ފަތިހު 4:00 އަކަށް ވަނީ ކުޑަކޮށްފަ އެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އައްޑޫ، ކުޅުދުއްފުށި އަދި އޭދަފުށީގައި ޕީސީއާރު ޓެސްޓު ހެދުމަށް ތައްޔާރުވަނީ

    އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އަދި ބ. އޭދަފުށީގައި ޕީސީއާރު ޓެސްޓު ހެދުމަށް ތައްޔާރުވާން ފަށައިފިއެވެ. މިކަން ...

    ހިތަދޫއާއި ފޭދޫ ގަދަ ހިފުމަކަށް

    މިހާރު މީދޫގައި ހިގަމުންދާ 20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ...

    އައްޑުއަތޮޅު ގައި އޮތީ ހަމައެކަނި ހިތަދޫ އެއްތޯއެވެ

    އަޅުގަނޑުގެ މި ލިޔުން ލިއުމުގެ ބޭނުމަކީ އައްޑުއަތޮޅުގެ އެއްވެސް ރަށެއްގެ މީހަކާއި ނުވަތަ ބަޔަކަށް ބަދު ބަހެއް ބުނުމެއް ...

    ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލަން ހުޅުމީދޫ ގައި ސައިކަލް ބުރެއް ބާއްވައިފި

    އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީން ...

    މީދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ފޯމު ހުށަހަޅައިފި

    ލޯކަލް ކައުންސިލް  އިންތިޚާބުގައި މީދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް ޝޫޒާ އާއި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ...

    ދ. ކުޑަހުވަދޫން ކޮވިޑަށް ޕޮޒިޓިވް ކުއްޖަކަށް ލ.ގަމު ކޮވިޑް ފެސިލިޓީއަށް ގެންގޮސް އައިސީޔޫ ގައި ފަރުވާ ދެނީ

    ދ. ކުޑަހުވަދޫއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކުޑަކުއްޖެއް އިތުރު ފަރުވާ ދިނުމަށް ލ.ގަމު ކޮވިޑް ފެސިލިޓީއަށް ގެންގޮސް އެތަނުގެ ...