އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މެދު ބަނަދަރު ސަރަހައްދު ސާފުކޮށްފި

  އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދެވުނު ސާފު ކުރުމުގެ ޕްރޮގުރާމެއް  ބާއްވައިފިއެވެ.

  ސާފު ކުރުމުގެ މި ޕްރޮގުރާމްގެ ދަށުން، މެދު ބަދަރަށް ދާމާގުގެ ދެފަރާތާއި މެދު ބަނދަރުގެ ސަރަހައްދުވަނީ ސާފްކޮށްފައެވެ.

  މީދޫ އަވަށު އޮފީހާއި ހުޅުދޫ އަވަށު އޮފީހުން އިސްނައިގެން ހިންގި ސާފު ކުރުމުގެ ޕްރޮގްރާމްގައި މީދޫއާއި ހުޅުދޫގައި  ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާއަކާއި އަދި ބައެއް އަމިއްލަ ޖަމިއްޔާ، ޖަމާއަތްތަކުން ވަރަށް ފުރިހަމަ އަށް ބައިވެރިވެފައިވެ އެވެ.

  ވެމްކޯގެ ވެހިކަލްތައް ސާފު ކުރުމުގެ މި ޕްރޮގުރާމްގައި ބޭނުން ކޮށްފައިވާ އިރު ބަނދަރު ސަރަހައްދުން ނެގުނު ކުނިތައް އުކާލާފައިވަނީ  ވެމްކޯގެ ވެހިކަލްތަކުގައެވެ.

  މިއަދު ސާފްކުރެވުނު ސަރަހައްދުގައި އާންމު ގޮތެއްގައި ހުރީ ޕުލާސްޓިކް ކުންޏާއި ދަޅު އަދި ބިއްލޫރި ފުޅި ފަދަ ތަކެއްޗެވެ.

  ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ އިރު މީދޫއާއި ހުޅުދޫގެ މުވައްސަސާތަކުގެ ފަރާތުން ލިބުނު އެއްބަރުލުން ފާހަގަކޮށް އެފަރާތްތަކަށް މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މާނާވަނީ ވަރަށްބޮޑަށް ޝުކުރު ދަންނަވާފައެވެ.

  އެއްބައިވަންތަ ދުވަހުގެ ގޮތުގައި ޑިސެމަބަރ 26 ވަނަ ދުވަސް ފާހަގަކުރަމުންދަނީ 2004  ވަނަ އަހަރު ޑިސެމްބަރު މަހު 26 ވަނަ ދުވަހު މުޅި ރާއްޖޭ ރޮއްވާލި ސުނާމީ ކާރިސާއާއި ގުޅުވައިގެންނެވެ.

  ހަގީގަތުގައި ވެސް އެދުވަހު ދިވެހީންގެ އަސްލު ސޫރަ އަސްލު ސިފަ ފެނިގެންދިޔައެވެ. އެއްވެސް ތަފާތުކަމެއް ނެތި ވަރަށް އެއްބައިވަންތަކަމުގެ ރޫހެއްގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެމީހެއްގެ ޖާނާ މާލުން ގުރުބާންވަމުން ދިޔަ މަންޒަރު އެދުވަހު ވަނީފެނިގެންގޮސްފައެވެ.

  ތިރީގައި އެވަނީ މިއަދު ކުރިއަށް ގެންދެވުނު ސާފްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ނެގިފައިވާ ފޮޓޯތަކެއް

  26-12-2020 – ސާފްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި ނަލަފެހި ޖަމްއިއްޔާގެ ޓީމް
  26-12-2020 – ސާފްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި ނަލަފެހި ޖަމްއިއްޔާގެ ޓީމް
  26-12-2020 – ސާފްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި ނަލަފެހި ޖަމްއިއްޔާގެ ޓީމް
  26-12-2020 – ސާފްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި ނަލަފެހި ޖަމްއިއްޔާގެ ޓީމް
  26-12-2020 – ސާފްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި ބީއެމްއެލް ހުޅުމީދޫ ބްރާންޗްގެ ބައެއް މުވައްޒަފުން
  26-12-2020 – ސާފްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި ބީއެމްއެލްގެ މުވައްޒަފުންނާއި ބައެއް އެހެނިހެން ފަރާތްތައް

  ޚަބަރާއި ގުޅޭ ފޮޓޯތައް: ސޯޝަލް މީޑިއާ

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ހުޅުދޫ-މީދޫ ކޮވިޑް 19 – އިއްޔެ ޕޮޒިޓްވީ ދެމީހުން

  އިއްޔެ ( 21 މެއި 2021 ވަނަދުވަހު ) ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 2 މީހަކުންކަމަށް ހުޅުމީދޫ ...

  އަފިރިން ބަލިކޮށް ބީ ގްރޫޕުން ގަބުރު ކްއާޓަރ ފައިނަލުން ޖާގަ ހޯދައިފި

  މަރަދޫފޭދޫ އަފިރިން  ބަލިކޮށް ގްރޫޕް ބީން  ކްއާޓާފައިނަލުން މަރަދޫ ގަބުރު ޖާގަ ހޯދައިފިއެވެ. ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ ...

  މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

  މިއަދު ( 18 ޑިސެމަބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

  އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ދީފި

  އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ. އަތޮޅުތަކުގެ ...

  މީދޫގެ ގިރާ ސަރަހައްދު

  މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ކަޅިބިތްފަރާތު ގޮޑު ދޮށް ގިރަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ، ...

  ފެނުގެ އަގާއި ކަރަންޓުގެ އަގު ރެކޯޑް މިންވަރަކަށް ހެޔޮކޮށްދޭނަން- ރައީސް ޔާމީން

  ވެރިކަމުގެ ދެންއަންނަ ދައުރެއްގައި ޤައުމީ ފެންކުންފުނީގެ މެޖޯރިޓީ ޙިއްސާ ސަރުކާރުންގަނެ، ފެނުގެ އަގު ހެޔޮކޮށް، ރާއްޖޭގެ ކަރަންޓުގެ އަގު ...