އެއްމާބަނޑު ދެކުދިންނަށް ބަލިވެއިން ރަޝްފާގެ ކުއްލި މަރާއެކު ފުވައްމުލަކުގެ ގިނަ ބަޔަކަށް ސިހުމެއް

ރާއްޖޭގައި ފަހަކަށް އައިސް މަދުން ނޫނީ ދިމާ ނުވާގޮތަކަށް އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިން ޒުވާނަކު ރޭ ފަތިހު ކުއްލި ގޮތަކަށް ކ.މާފުށީގައި މަރުވުމާއެކު ފުވައްމުލަކުގެ ގިނަ ބަޔަކަށް ސިހުމެއް ގެނުވައިފިއެވެ.

އުމުރުން 20 އަހަރުގެ ފުވައްމުލަކު އޯޝަންވިލާ، ހޯދަޑު، ރަޝްފާ އަހުމަދު މަރުވެފައި ވަނީ މާބޮޑު ބައްޔެއް ނެތި ކުއްލި ގޮތަކަށް ކެއްސާތީ އުޅުމަށްފަހުގައެވެ.

ރަޝްފާ މަރުވި އިރު އޭނާ އިނީ އެއް މާބަނޑު ދެކުދިންނަށް ބަލިވެ އެވެ. ފިރިހެން ކުއްޖަކާ އަންހެން ކުއްޖެކެވެ. ބަނޑަށް އަށް މަސް ފުރިގެން ނުވަ މަހަށް އަޅައިފަ އެވެ.

ރަޝްފާ ދިރިއުޅެމުންދިޔައީ މާފުށީ މީހަކާއިދެގެން މާފުށީގައެވެ. އަލަށް ބަލިވެ އިން ރަޝްފާ ކެއްސާތީ ރޭވެސް ޑޮކްޓަރަށް ދެއްކި ކަމަށް މާފުށިން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. އެހެން ނަމަވެސް މާފުށީ ސިއްހީ މަރުކަޒުން މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މަރުވި ރަޝްފާއާ ގުޅޭ މައުލޫމާތު ކިޔައިދިން މީހަކު ބުނިގޮތުގައި ރަޝްފާ ރޭ އުޅުނީ ވަރަށް ބޮޑަށް ކެއްސާތީ އެވެ. އެހެންވެ ޑޮކްޓަރަށް ވެސް ދެއްކި ކަމަށް، އާއިލާއިން މީހަކު ކިޔައިދިނެވެ.

“ހުން އައިސް ހުއްޓަސް މި ދެ ދުވަހު ހުން މަޑުވެފައި ހުރީ. ދެން އޭނާ ވަރަށް ކެއްސާތީ އުޅުނީމަ ރޭ ޑޮކްޓަރަށް ވެސް ދެއްކި ކަމަށް އާއިލާއިން ބުނީ. އެކަމަކު ވެސް ކެއްސާ ވަރުން ނުވެސް ނިދޭ. އެހެން ހުރެފައި 12-1 ޖެހިއިރު ވަރަށް ހޮޑުވެސް ލި… ފަތިހު ބަނޑުހައިވެގެން ކާންދާން ވެގެން ހެދުން ބަދަލުކުރަނިކޮށް މަޑުމަޑުން އަރިއަޅާލީ. އެހެންވެ އޭނާ ފިރިމީހާ އޭނާ ގައިގައި ހިފެހެއްޓީ،” އެ ރަށު މީހަކު ބުންޏެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ ރަޝްފާގެ މަރާ އެކު މުޅި މާފުށި މިއަދު އޮތީ ހަމަހިމޭން ކަމެއްގެ ތެރޭގައި ކަމަށެވެ. އޭނާ ބުނީ، ރަޝްފާގެ ހަށިގަނޑު އޭނާގެ އާއިލާގެ މީހުން އަންނަންދެން ވަޅު ނުލައި ބާއްވާފައިވާ ކަމަށެވެ.

މަރުވެ ދިޔައީ ހިތް ހެޔޮ ޒުވާނެކެވެ. ވަކިވެގެންދިޔައީ ތިން ފުރާނަ އެވެ. ރަޝްފާގެ އާއިލާ އަށް ކެތްތެރިކަން ދެއްވާށި އެވެ.

ރަޝްފާގެ ކަށުނަމާދު ކުރަން ހަމަޖެހިފައި ވަނީ މިރޭ މައުރިބް ނަމާދަށްފަހު މާފުށީ ހުސައިން މަނިކް މިސްކިތުގައެވެ.

މަސްދަރު: ފުވައްމުލަކު ޓައިމްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަތޯއަށް ކުޅިވަރުގެ ދާއިރާން ހިތްވަރު ދިނުމުގެ އިނާމް ލިބިލައްވައިފި

ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވި ހިތްވަރު ދިނުމުގެ ...

ރާއްޖޭގެ ކަންކޮޅުތަކުގައި ޓެސްޓުކުރަންވެއްޖެ: ޣައްސާން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ބައްޔަށް ޓެސްޓުކުރަން ފެށުމަށް ރައްޔިތުން މަޖިލިހުގެ ކޮޅުމަނޑުލު ގުރައިދޫ ދާއިރާ މެންބަރު ޣައްސާން ...

ރިޔާސީ ކެމްޕެއިނާއި، މެނިފެސްޓޯގެ މަސައްކަތް ރޯދަމަސް ނިމުމާއެކު ފަށާނަން: ފައްޔާޒް

ރިޔާސީ ކެމްޕެއިނާއި، މެނިފެސްޓޯގެ މަސައްކަތް ރޯދަމަސް ނިމުމާއެކު ފަށާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު އިސްމާއީލު ...