އެކެއް ފެބްރުއަރީގެ ބަޣާވާތުގެ ބައިވެރިން ރާވާފައިއޮތީ ރައީސް ހަވަރަށް ދޭން – ޑިފެންސް މިނިސްޓަރ

    އެކެއް ފެބްރުއަރީގެ ބަޣާވާތުގައި ބައިވެރިވި މީހުން ރާވާފައިއޮތީ ރައީސް ޢަބްދުﷲ ޔާމީން ހަވަރަށް ދޭންކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

    ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ 01 ފެބްރުއަރީގެ ޙާދިޞާއާއި އަލިރަސްގެފާނު ޝަހީދުކޮށްލި ޙާދިޞާއާ މާބޮޑު ތަފާތެއްނެތް ކަމަށެވެ. އަދި އެކެއް ފެބްރުއަރީގެ ބަޣާވާތް ރާވާފައިއޮތީ ހަތެއް ފެބްރުއަރީ މިސާލަކަށް ބަލައިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބަޣާވާތުގައި ބައިވެރި މީހުން ރާވާފައި އޮތީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން ހައްޔަރުކޮށް ރައީސް ހަވަރަށް ދޭން ކަމަށެވެ.

    “އެކެއް ފެބްރުއަރީގައިވެސް ރާވާފައިއޮތީ ދިވެހި ސިފައިންނާއި ފުލުހުންގެ މެދުގައި ހަމަނުޖެހުން އުފައްދައިގެން ޤާނޫނީ ހުކުމްތައް ކޮށްފައިތިބި ކުށްވެރިން ދޫކޮށްލައިގެން މާލެތެރެ ހަލަބޮލިކޮށް ގޭންގުތަކުގެ ހަރަކާތްތަކާއެކު މުޅި މާލެތެރެ ގަޑުބަޑުކޮށްލުމަށްފަހު ފުލުހުންނާއި ސިފައިންނާ ދެމެދު ހަމަނުޖެހުން ހިންގާ، ހަމަނުޖެހުމުގެ ތެރެއިން ރައީސް އާއި ވަޒީރުން ހައްޔަރުކުރުމަށްފަހު ރައީސް ހަވަރަށް ދިނުމަށް” އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

    01 ފެބްރުއަރީގައި ކުރިމަތިވީ ޤައުމަށް ކުރިމަތިކުރުވަންޖެހޭ ޙާލަތެއް ނޫންކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެދުވަހުގެ ބަޣާވާތުގައި ބައިވެރިވި މީހުންތިބީ އެއްބަޔަކު އަނެއްބަޔަކަށް ޚިޔާނާތްތެރިވެގެން ކަމަށެވެ. އަދި ބަޣާވާތުގެ ބައިވެރިންނަށް ހީވެފައޮތީ ބަޣާވާތުގެ ސަބަބުން ބޭރުގެ ފަރާތްތައް ރާއްޖެއަރާ، ރާއްޖެ ކޮންޓްރޯލް ކުރާނެކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލެންދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތުޢަމަލީގެ ސަބަބުން ޤައުމު ސަލާމާތްކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ، އިންޑިޔާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީ މަސައްކަތް ކުރެއްވިގޮތަށް ކަމަށެވެ.

    “ބަޣާވާތުގެ ބައެއް ބޭފުޅުންނަށް ހީވެފައިއޮތީ ބަޣާވާތުގެ ސަބަބުން ބޭރުގެ ޤައުމަކުން ރާއްޖެ އަރާ ޤައުމު ކޮންޓްރޯލް ކުރާނެކަމަށް. އަނެއްބަޔަކަށް ހީވެފައިއޮތީ އދ. ގެ ފަރާތުން އެހީ ލިބޭނެކަމަށް. އެހެންނަމަވެސް ޤައުމަށް ދިމާވި ކޮންމެ ޙާލަތެއްގައި ޙިކުމަތްތެރިކަމާއި ސާބިތުކަމާއެކު ޤައުމު ހަޔަމަކަށް އެޅުއްވުމަށްޓަކާ ރައީސް މަސައްކަތް ކުރެއްވި” ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

    މީގެ އިތުރުން ޑިފެންސް މިނިސްޓަރ ވިދާޅުވީ އެދުވަހުގެ ބަޣާވާތް ކާމިޔާބުވިނަމަ ރާއްޖޭގައި ބޭރުގެ އަސްކަރީ ބޭހެއް ހުރުމަކީ ވަރަށް ގާތްކަމެއް ކަމަށާއި އެ ބަޣާވާތް ނާކާމިޔާބު ކޮށްލަން ރައީސް ޔާމީން ކުރެއްވީ ފަޚުރުވެރިވާން ޖެހޭފަަދަ ޖިހާދެއްކަމަށެވެ. އަދި ބަޣާވަތުގެ ބައިވެރިންނަށް ހައްގު އަދަބު ލިބެންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

    މަސްދަރު: ޕީއެސްއެމް

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    މީހަކުދެކެ ރުޅިއަޔަސް ޤައުމު ހަލާކުކޮށްގެން ނުވާނެ – މެމްބަރު ޝަރީފު

    މީހަކުދެކެ ކިތަންމެ ރުޅިއަޔަސް ޤައުމު ހަލާކުކޮށްގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ...

    ފުވައްމުލައް ސިޓީގައި ކޮވިޑް-19 އޮތްތޯ ބަލަން 100 ސާމްޕަލް ނަގަނީ

    ފުވައްމުލައް ސިޓީގައި ކޮވިޑް-19 އޮތްތޯ ބެލުމަށްޓަކައި ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ފުވައްމުލަކު ހޮސްޕިޓަލްގެ ކޮވިޑް “ރެޕިޑް ...

    ފޮޓޯއިން ޚަބަރު : ކޮވިޑް-19 – “ކޮވިޑް ވިލެޖް”

    މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ކޮވިޑް-19އާއެކު ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމަށްޓަކާ ސަރުކާރުން މާލޭ ސަރަޙައްދުގައި ...

    މިވަގުތަކީ އެއްވެސް ބޭފުޅަކު ރޮޒެއިނާ ނުވަތަ އެމްޑީޕީއާއި ދުރަށްދާންވީ ވަގުތެއްނޫން

    މިވަގުތަކީ އެއްވެސް ބޭފުޅަކު މިދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ރޮޒެއިނާ އާދަމްއާއި ނުވަތަ  އެމްޑީޕީއާއި ދުރަށްދާންވީ ވަގުތެއްނޫނެވެ . މިވަގުތަކީ ...

    ކޮމިޝަނަރު ޖެނަރަލް ކަސްޓަމްސް ކަމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

    ކޮމިޝަނަރު ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމުން މުހައްމަދު ޖުނައިދު އިސްތިއުފާ ދެއްވައިފި އެވެ. ޕީޕީއެމްގެ ވެރިކަމުގައި ކުރީގެ ރައީސް ...

    ގައުމު ސްޓްރީޓް ކަޕްގެ ގުރުއަތުލުން ބާއްވައިފި – ފުރަތަމަމެޗްގައި ޗެލެންޖާސްއާއި ކްލަބް ރިވެރިން

    ގައުމު އެފްސީ އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމު ސްޓްރީޓް ކަޕް 2020 ގެ ގުރުއަތުލުން ބާއްވައިފިއެވެ. 15 ...