އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުން ޝަރީފް އިސްތިއުފާ ދެއްވައިފި

advertisement

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުން އަހްމަދު ޝަރީފް އިސްތިއުފާ ދެއްވައިފިއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާފައިވާކަމަށެވެ. އަދި ވޭތުވެދިޔަ އިންތިހާބުތަކުގައި އިހްލާސްތެރި ކަމާއި އަމާނާތްތެރިކަމާއި އެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން ލިބުނުކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ކުރިމަގުގައިވެސް ރައްޔިތުންގެ ހިދުމަތުގައި ފެންނާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޝަރީފް އިސްތިއުފާ ދެއްވީ ދައުލަތުގެ ކުންފުންޏެއް ހިންގުމާއި ހަވާލްވެ ވަޑައިގަތުމަށެވެ.

ޝަރީފް އަކީ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ މަޤާމުތައް ފުރުއްވި ބޭފުޅެކެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަސީރުގެ ކެނޑިޑެސީ ފޯމު ބާތިލުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމިއްލަގޮތުން ވާދަކުރުމަށް ހުށަހަޅާފައިވާ ހުސެއިން ނަސީރުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފި ...

ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށް، ބޯޑަރު ބަންދުކުރަން ނިންމައިފި

އެއްވެސް ގައުމެއްގެ އެއްވެސް މީހަކަށް ނާދެވޭ ގޮތަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން މިގޮތައް ނިންމެވިކަން ...

އުމުރުންދުވަސްވީ މީހުންގެ އެލަވަންސަށް ބަދަލުގެންނަވާނެކަން ރައީސް ހާމަކުރައްވައިފި

އިސްރަށްވެހިންނަށް މިހާރު ލިބެމުން އަންނަ އެލަވަންސްއަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ...