އިގިރޭސި ޕްރިމިއާލީގުމެޗްތައް ކުރުކޮށްކުޅެން މަޝްވަރާކޮށްފިއެވެ.

ޕްރިމިއާލީގުގެ މެޗްތައް އަންނަމަހު ފަށަން ކުލަބްތަކާއެކު މަޝްވަރާ ކުރެވެމުން އަންނައިރު ލީގު އަވަހަށް ނިންމުމުގެ ގޮތުން ގާތްގާތުގައި މެޗްތަކެއް ކުޅެން އަންނަނީ މަޝްވަރާ ކުރެވެމުންނެވެ. އަދި މެޗެއްގެ ހާފެއްގައި 45 މިނިޓަށްވުރެ ކުރުކުރަންވެސް އަންނަނީ މަޝްވަރާ ކުރެވެމުންނެވެ.

ޕްރިމިއާލީގުގެ ކުޅުންތެރީންގެ ޔުނިއަންގެ  ޗީފް އެގްޒެކެޓިވް ގޯލްޑަން ޓެލާ ވިދާޅުވީ ލީގު ފަށާއިރު ހުރިހާގޮތަކުންވެސް ކުޅުންތެރީންގެ ރައްކާތެރިކަން ޔަގީންކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ. އަދި ގާތްގާތުގައި މެޗްތަކެއް ކުޅެގެން ކުޅުންތެރީންނަށް ބޮޑެތި އަނިޔާތަލެއް ލިބުމަކީ އެކަށީގެންވާކަމެއްކަމަކަށް ވާތީވެ ކުޅުންތެރީންނަށް ރެސްޓް ދިނުމަށް ވަގުތުވެސް ބޭނުންވާކަމަށް ޓެލާ ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށްހުރިމެޗްތަކުގެ ހާފެއް 45 މިނިޓަށްވުރެ ކުރުކޮށް ކުޅެން މަޝްވަރާކުރަނީ މިސަބަބާހުރެކަމަށް ޓެލާ ވިދާޅުވިއެވެ. ހާފެއް ކުރު ކުރުމުގެ އިތުރުން މެޗެއްގައި ކުޅުންތެރީން ބަދަލުކުރާ އަދަދުވެސް އިތުރުކުރަން ހުށަހަޅާފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންނަމަހު ލީގުގެ ކުޅުން ފަށަން ތައްޔާރުވަމުން އަންނައިރު ޕްރިމިއާލީގުގެ ޑޮކްޓަރުންވަނީ މިދަނޑިވަޅުގައި ކުޅުން ފެށުމަކީ ނުރައްކާތެރިކަމެއްކަމަށް ބުނެފައެވެ. އަދި ކުޅުންތެރީންނަށް މިކަމުގެ ސަބަބުން ނަފްސާނީގޮތުން ގިނަ އަސަރުތަކެއް ކުރާނޭކަމަށްވެސް ޑޮކްޓަރުން ބުނެއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 : ރަށްރަށަށް މީހުން ފޮނުވުމުގައި އެހެން ވިސްނުމަކަށް ދަނީ

މާލެ ފުރަބަންދު ކުރުމާއި ގުޅިގެން، މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ގެންދިޔުން ހުއްޓާލަން ޖެހޭ ކަމުގެ އިޝާރާތެއް ...

ކޮވިޑް-19: އިތުރު 140 މީހަކު ޕޮޒިޓިވްވެއްޖެ

މިއަދު ރާއްޖެއިން 140 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ ...

އައްޑޫ ސިޓީކައުންސިލަރުން ހުވާކުރުން މާދަމާ އައްޑޫ ހައިސްކޫލްގައި

އައްޑޫސިޓީ ކައުންސިލަށް އަލަށް ހޮވުނު މެންބަރުން ހުވާކުރުން މާދަމާ އައްޑޫ ހައި ސްކޫލްގައި ބާއްވާގޮތައް އައްޑޫސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. ...