އީޓީއެފްއޭ އެކަޑަމީ އާއި ފޭދޫ ސަޑޭ ސްޕޯޓްސް އެކެޑެމީގެ ދަރިވަރުންގެ މެދުގައި އެކުވެރިކަމުގެ މެޗްތަކެއް ކުޅެފި

މީދޫގައި ހިންގާ ” އީޓީއެފްއޭ ” ފުޓްބޯޅަ އެކަޑަމީގައި ހިމެނޭ ދަރިވަރުންނާއި   ފޭދޫގައި ހިންގާ ސަޑޭ ސްޕޯޓްސް އެކެޑެމީގައި ހިމެނޭ  ދަރިވަރުންގެ މެދުގައި އެކުވެރިކަމުގެ މެޗްތަކެއް ހޮނިހިރު ދުވަހުގެ ހަވީރު ކުޅެފިއެވެ.

މިގޮތުން މީދޫ ފުޓްބޯޅަ ދަނޑުގައި  ހޮނިހިރު ދުވަހު ކުޅެވިފައިވަނީ  އަންޑަރ ޓެންގެ ދެމެޗާއި އަންޑަރ ތާޓީންގެ އެއްމެޗެވެ.

ފޭދޫސްކޫލްގެ އަންޑަރ 10 ގެ އޭޓީމާއި ބީޓީމް

ބޯވިއްސާރައިގެ ތެރޭގައި ކުޅެންފެށި އަންޑަރ 13 ގެ މެޗް 9 ލަނޑު 0 ލަނޑުން މީދޫގައި ހިންގާ “އީޓީއެފްއޭ” ގެ ޓީމް ކާމިޔާބުކޮށްފައިވާއިރު އަންޑަރ ޓެންގައި ހިމެނޭ ދަރިވަރުންގެ ތެރެއިން  “އީޓީއެފްއޭ” ގެ އޭޓީމާއި ސަޑޭ އެކެޑެމީގެ އޭ ޓީމް ބައްދަލުކުރިމެޗް ނިމުނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ. އަންޑަރ ޓެންގައި ހިމެނޭ ދަރިވަރުންގެ ތެރެއިން “އީޓީއެފްއޭ” ގެ ބީޓީމާއި ސަޑޭ އެކެޑެމީގެ ބީ ޓީމް ބަދައްދަލުކުރިމެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ “އީޓީއެފްއޭ” ގެ ޓީމެވެ.

އީޓީއެފްގެ އަންޑަރ 10 ގެ އޭޓީމާއި ބީޓީމް

މިތިންމެޗްގެ ތެރެއިން 1 މެޗް އެއްވަރުވެ 2 މެޗުން ސަޑޭ އެކެޑެމީގެ ޓީމް ބަލިވެފައިވީނަމަވެސް ހުނަރުވެރި މޮޅު ކުޅުމެއް ސަޑޭ އެކެޑެމީގައި ހިމެނޭ  ކުޅުންތެރީންގެ ފަރާތުންވެސް ފެނިގެން ދިޔައެވެ. ޚާއްސަކޮށް އަންޑަރ ޓެންގެ އޭޓީމްގައި ހިމެނޭ ސަޑޭ އެކެޑެމީގެ ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

މީދޫގައި ހިންގާ “އީޓީއެފްއޭ އިން  އަންނަނީ އެ އެކަޑަމީގެ ހިމެނޭ ދަރިވަރުންނަށް ތަޖުރިބާ ހޯދައި ދިނުމަށް  ގިނަ ފުރުސަތު ތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.  އެގޮތުން މިދިޔަ މަހުގެ ތެރޭގައި މާލޭގައި ހިންގާ ހީނާ އެކެޑެމީގެ 14 އަހަރުން ދަށުގެ ޓީމް މީދުއަށް ގެނެސްގެން އެޓީމާއެކު އީޓީއެފްއޭގެ 16 އަހަރުން ދަށުގެ ޓީމާއި ދެމެދު  އެކުވެރިކަމުގެ މެޗެއް ކުޅެފައިވެއެވެ.

މީދޫގައި ހިންގާ ” އީޓީއެފްއޭ ” ފުޓްބޯޅަ އެކަޑަމީގެ  ދަޢުވަތަކަށް ހޮނިހިރު ދުވަހުގެ  14.15 ހާއިރު ސަޑޭ ސްޕޯޓްސް އެކެޑެމީގެ ދަރިވަރުންނާއި  ބެލެނިވެރިން މީދޫއަށް  އައުމުން  “އީޓީއެފްއޭ” ގައި ހިމެނޭ ދަރިވަރުންގެ ބެލެނިވެރީންނާއި މުދައްރިސުން ވަނީ ސަޑޭ އެކެޑެމީގެ  ދަރިވަރުންނަށާއި ބެލެނިވެރީން އަދި ޓީޗަރުންނަށް މަރުހަބާއެއް ކިޔާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕޯޗުގަލް އަދި ޕޮލެންޑް ވެސް ވޯލްޑް ކަޕަށް

އަންގާރަދުވަހުގެ ރޭ ކުޅުނު މެޗުތަށް ކާމިޔާބުކޮށް ޕޯޗުގަލް އަދި ޕޮލެންޑް ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ. ޕޯޗުގަލް 8 ...

އޮލިމްޕިކްސްގެ ފިރިހިނެނުންގެ ފުޓްބޯޅަ: ސްޕެއިން ބަލިކޮށް ބްރެޒިލް ގޯލްޑް މެޑަލް ހޯދައިފި

ޓޯކިއޯ އޮލިމްޕިކްސް ގޭމްސް 2020 ގެ ފިރިހެނުންގެ ފުޓްބޯޅައިގެ ގޯލްޑް މެޑަލް ބްރެޒިލް ހޯދައިފިއެވެ. ބްރެޒިލް ގޯލްޑްމެޑަލް ހޯދާފައިވަނީ ...

ނެޓްބޯޅަ : ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރުކޮށްފި

މިހާރު މީދޫގައި ކުރިއަށްދާ އެމްއީސީ ބަދަހިކަޕް  ނެޓްބޯލް މުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރު ...