ހޯމަ ދުވަހު އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅަނީ

ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި އަދި އިސްވެރިންނާއި ގުޅުންހުރި ވިޔަފާރިތަކަށް ފިޔަވަޅު އެޅުމަށް ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް އީޔޫގެ ކައުންސިލްގައި  އެޖެންޑާ ކޮށްފި އެވެ.

އީޔޫގެ ކައުންސިލްގައި މިކަމަށް އެޖެންޑާކޮށްފައިވާއިރު އެޖެންޑާގައި ބުނެފައިވާގޮތުގައި ރާއްޖޭގެ އިސްވެރިންގެ މައްޗަށް އަޅާނެ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް ތަންފީޒުކުރާނެ ގޮތް ފާސްކުރުމަށް ހޯމަ ދުވަހު ބާއްވާ އެ ކައުންސިލްގެ ބައްދަލުވުމުގައި ވޯޓަށް އަހާނެ އެވެ.

އީޔޫގެ ރަސްމީ ވެބްސައިޓްގައި މި އެޖެންޑާ އާންމުކޮށްފައިވާއިރު އެޖެންޑާގައިވާގޮތުން ރާއްޖޭގެ މައްސަލަ އޮތީ އެޖެންޑާގެ ފަސްވަނަ ނަމްބަރުގައި އެވެ.

ރާއްޖޭގެ އިސްވެރިންނާއިމެދު ފިޔަވަޅު އެޅުމުގެ މައްސަލަ އީޔޫގެ އެޖެންޑާގައި ހިމަނާފައިވާއިރު އީޔޫއިން ފިޔަވަޅު އަޅާނެކަން އެނގިފައިވާކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުވެސް ވަނީ ވިދާޅުވެފައި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފި

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް އާ އަގުތައް އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ. އެތެރޭގެ އުދުހުންތަކުން ކުރިން ނަގަމުން ...

ސީއެެސްސީން އަންހެނުންނަށް ގޮނޑި ހާއްސަނުކުރާ ގޮތަށް ބިލު ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަންހެނުންނަށް ގޮނޑި ހާއްސަ ނުކުރާ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ...

ގަމަށް ފްލައި ދުބާއީގެ ދަތުރުތައް ފެށުމުން ހުވަދޫއަށް ކަނެކްޝަން ދޭނީ މޯލްޑިވިއަނުން

ފްލައި ދުބާއީ ދަތުރުތަށް އައްޑޫސިޓީގެ ގަމަށް ފެށުމާއި އެކު މޯލްޑިވިއަން އިން ހުވަދޫ ކަނެކްޝަން ދޭނެ ކަމަށް މޯލްޑިވިއަން ...