ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ” ޔޫރޯ 2020 ” މިރޭ އިޓަލީގައި ފަށަނީ

advertisement

ޔޫރަޕުގެ ޤައުމުތަކުގެ މެދުގައި ބާއްވާ ޔުއޭފާ ޔޫރޯ ފުޓްބޯޅަ މުބާރާތް 2020 މިރޭ ފެށޭނެއެވެ.

އިޓަލީގެ ރޯމްގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަމަމެޗްގައި ބައްދަލުކުރާނީ ތުރުކީ އާއި އިޓަލީއެވެ.

މުބާރާތް ފެށުުމުގެ ރަސްމީޔާތު މިރޭ ރާއްޖެ ގަޑިން 11:00 ގައި ފަށާއިރު ތުރުކީއާއި އިޓަލީ ބައްދަލުކުރާ މިމުބާރާތުގެ ފުރަތަމަމެޗް  ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން  މިރޭ 12:00 ގައެވެ.

މިރޭ މިފެށޭ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ މިދިޔައަހަރު ބޭއްވުމަށް ޝެޑިއުލްކުރި މުބާރާތެކެވެ. ނަމަވެސް މުޅި ދުނިޔޭގައި ހަލުވިކަމާއެކު މިދިޔައަހަރު ފެތުރެން ފެށި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިމުބާރާތް ވަނީ މިއަހަރަށް ފަސްކޮށްފައެވެ.  އެހެންކަމުން މިރޭ ފަށާ  ޔޫރޯ ފުޓްބޯޅަ މުބާރާތަކީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތެއެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި 24 ގައުމު ވާދަކުރާއިރު މިފަހަރުގެ މުބާރާތް  ކުރިޔަށްދާނީ 11 ސިޓީއެއްގައެވެ. އަދި މުބާރާތުގައި ވާދަކުރާ 24 ގައުމު ވަނީ 6 ގްރޫޕަކަށް ބަހާލާފައެވެ.

މިފަހަރުގެ ޔޫރޯގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތިން ގަޑިއެއްގައެވެ. އެ ގަޑިތަކަކީ، ރާއްޖޭގެ ގަޑިން އިރުއޮއްސި 6:00 އަދި ރޭގަނޑު 9:00 ގެ އިތުރުން ރޭގަޑު 12:00 އެވެ.

މިރޭ ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ މެޗްތައް ރާއްޖެ ޓީވީން ދެއްވުމަށް ހަމަޖެހިފައިވާއިރު މިމުބާރާތުގެ މެޗްތައް މީޑިއާނެޓާއި ދިރާގުގެ ނެޓްވޯކްގައި ހިމެނޭ ޓެންގެ ޗެނަލްތަކުންވެސް ފެނިވަޑައިގަންނަވާނެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގިނަ މީހުން އަހަރެންގެ އިންސްޓެގްރާމް ބެލުމަކީ ވަރަށް އުފާވާ ކަމެއް- ޕްރިޔަންކާ

ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ، މި ފެށުނު އާ އަހަރު ފާހަގަ ކޮށްފައިވަނީ ...

ނުރައްކަލަކުން ސަލާމަތްވާން ނޫނީ ބަރުގޮނު ނޭޅޭނެ: ޓްރާންސްޕޯޓް މިނިސްޓްރީ

އެއްގަމު އުޅަނދު ދުއްވާއިރު ނުރައްކަލަކުން ސަލާމަތްވާން ނޫނީ ބަރުގޮނު ނޭޅޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާ އެއްގަމު އުޅަނދު ...

ލިވަޕޫލް ބަލިކޮށް ބާސެލޯނާއިން ތާރީޚް ބަދަލުކޮށްލައިފި

ބާސެލޯނާގެ ދަނޑުގައި ބާސެލޯނާއަތުން މީގެ ކުރީން ބަލިވެފައިނުވާ ލިވަޕޫލް ޗެންޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާއަތުން ...