ޔޫރޯ 2020 – ރޭ ކުޅެވުނު ތިން މެޗް ކާމިޔާބުކުރީ އިންގެލެންޑް ، އޮސްޓްރިއާ އަދި ނެދަލެންޑްސް

    advertisement

    2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީފައިނަލްގައި އިންގްލެންޑް ބަލިކޮށް ފައިނަލުން ޖާގަ ހޯދި ކްރޮއޭޝިއާ މައްޗަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގުލެންޑް ކުޅުނު ފުރަތަމަމެޗުން ކުރި ހޯދައިފިއެވެ.  

    ޔުއެފާ ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި އިއްޔެ ކުޅުނު މިމެޗު އިންގްލޭންޑުން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.

     މިމެޗްގައި އިންގްލެންޑުން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު ދެވަނަ ހާފްގެ 12 ވަނަ މިނިޓްގައި ރަހީމް ސްޓާލިން  ކާމިޔާބުކޮށްދީފައިވަނީ ފިލިޕްސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

    ސްޓާލިން ޖެހި މިލަނޑަކީ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި އޭނާ އިންގްލޭންޑަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

    އިންގްލޭންޑް މިމުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި ހުކުރު ދުވަހު ސްކޮޓްލޭންޑާއި ދެކޮޅަށް ނުކުންނައިރު ކްރޮއޭޝިއާ ނުކުންނާނީ ޗެކް ރިޕަބްލިކާއި ދެކޮޅަށެވެ.

    ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅެވުނު ދެވަނަ މެޗް ކާމިޔާބުކޮށްފައިވަނީ އޮސްޓްރިއާއެވެ.

    އަލަށް ޔޫރޯގައި ވާދަކުރި ނޯތު މެސަޑޯނިއާއި ވާދަކޮށް  އޮސްޓްރިއާ މިމެޗް ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ.

    މި މެޗުގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި އޮސްޓްރިއާއަށް ޖަހައިދިނީ ސްޓެފަން ލައިނަރއެވެ. އޭގެ 10 މިނެޓު ފަހުން ނޯތު މެސަޑޯނިއާގެ ކެޕްޓަން ޕާންޑޭވް ވަނީ ލަނޑެއް ޖަހައިދީ އެ ޓީމަށް އެއްވަރުކޮށްދީފައެވެ. އުމުރުން 37 އަހަރުގެ ޕާންޑޭވް ޖަހައިދިން މި ލަނޑަކީ ޔޫރޯގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

    ދެ ޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމުނުއިރު އޮސްޓްރިއާއަށް 78 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ގްރިގޯރިޓްޗްއެވެ. އޮސްޓްރިއާގެ ތިންވަނަ ލަނޑު 89 ވަނަ މިނެޓުގައި ޖަހައިދިނީ މާކޯ އާނޯޓޮވިޗްއެވެ.

    މިއީ ޔޫރޯގެ ތާރީހުގައި އޮސްޓްރިއާއިން ހޯދި ފުރަތަމަ މޮޅެވެ. އަދި މި މެޗުގައި އޮސްޓްރިއާއިން ޖެހި ދެވަނަ ލަނޑަކީ ޔޫރޯގެ ތާރީހުގައި ޖެހި 700 ވަނަ ލަނޑެވެ.

    ޔޫރޯ ފުޓްބޯޅަ މުބާރާތުގައި  ރޭ ކުޅެވުނު ތިންވަނަ މެޗް ކާމިޔާބުކޮށްފައިވަނީ  ނެދަލޭންޑްސްއެވެ.

    ނެދަލެންޑްސް މިމެޗް ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ.  

    މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް އެޓޭކިން ކުޅުމެއް ފެނިގެންދިޔައިރު ގިނަ ހަމަލާ ފޮނުވާފައިވަނީ ނެދަލޭންޑްސްއިންނެވެ. މިގޮތުން އެ ޓީމުގެ ފޯވާޑް މެމްފިސް ޑިޕޭ އަދި ކެޕްޓަން ވައިނާލްޑަމް ފޮނުވާލި ހަމަލާތައް ޔޫކްރެއިންގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ކައުންޓާގައި ޔޫކްރެއިނުން ވެސް  ނެދަލެންޑްގެ ގޯލަށް ނުރައްކާކުރިއިރު ފުރަތަމަ ހާފް ނިމިގެންދިޔައީ  ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

    ދެވަނަ ހާފުގެ ކުޅުން ނެދަލޭންޑްސްއިން އިތުރަށް ވަރުގަދަކޮށް ފަށައި އެޓީމުން ވަނީ 52 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ  ކެޕްޓަން ވައިނާލްޑަމްއެވެ.  އަދިމިމެޗްގައި ނެދަލެންޑުން ކާމިޔާބުކުރި ދެވަނަ ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބުކޮށް  ވޫޓް ވެގްހޫސްޓްވަނީ މެޗްގެ ނަތީޖާ 2-0 އަށް ބަދަލުކޮށްދީފައެވެ.

    2-0 ގެ ލީޑެއް ނެދަލެންޑްސް އިން ހޯދާފައިވަނިކޮށް  މެޗުގެ 75 ވަނަ މިނެޓުގައި ޔަމަލެންކޯ ޔޫކްރެއިންއަށް ލަނޑެއް ޖަހައިދިންއިރު އޭގެ ހަތަރު މިނެޓު ފަހުން ޔަރެމްޗުކް ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

    މި މެޗުން ނެދަލޭންޑްސް މޮޅުވި ލަނޑަކީ މެޗްގެ 85 ވަނަ މިނިޓްގައި  ޑެންޒެލް ޑަމްފްރީސް ބޮލުން ޖަހާ ފޮނުވާލި ބޯޅައެއް ޔުކްރޭންގެ ކީޕަރު އަތުގައި ޖެހިފައި ގޯލްތެރެއަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ.

    ގްރޫޕްގެ ކުރިޔަށް އޮތް މެޗުގައި ނެދަލޭންޑްސް ނުކުންނާނީ އޮސްޓްރިއާ އާ ދެކޮޅަށެވެ. އަދި ޔޫކްރެއިން ނުކުންނާނީ ނޯތު މެސަޑޯނިއާ އާ ދެކޮޅަށެވެ

    advertisement
    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ- ރައީސް ސޯލިހު

    ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހްކުރާނެކަމުގެ ސިގްނަލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެއްވައިފިއެވެ. މިފަދަ ސިގްނަލެއް ރައީސް ސާލިހް ...

    ކޮވިޑް-19: މީދޫއާއި ހުޅުދޫގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގަނީ

    މީދޫ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއިގުޅިގެން ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގަން ފަށައިފިއެވެ. މީދޫ އިން ...

    ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު ހިޝާންގެ ޕާސްޕޯޓު ހިފަހައްޓައިފި އެމްބެސެޑަރުގެ ލަގަބު އަތުލައިފި

    ޖެންޑާ މިނިސްޓްރީން އަހްމަދު ހިޝާންއަށް ދީފައިވާ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރުގެ ލަގަބު އޭނާގެ އަތުން ނެގުމަށްފަހު ހިޝާންގެ ޕާސްޕޯޓް ...

    މިއަދު މީދޫގައި ހުކުރު ކުރާ މިސްކިތްތަކާއި އެމިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރައްވާ ބޭފުޅުން

    މިއަދު ( 10 އެޕްރީލް 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

    ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އަލިފާން ރޯވުން

    ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އިއްޔެ ރޯވި އަލިފާންގަނޑު ނިއްވާލެވުނު އިރު ކުނިކޮށީގެ ...

    އުއްތަމަ ފަނޑިޔާރު 4 މަހަށް ޖަލަށް ލާން ހުކުމްކޮށްފި

    ދައުލަތުގެ ރަސްމީ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ޖެމްސް ހުއްޓުވާލަން އެންގެވިކަން ސާބިތުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު ...