ޔޫރޯ 2020 : ރޭ ކުޅެވުނު 3 މެޗް ކާމިޔާބުކުރީ ރަޝިޔާ ، ވޭލްސް އަދި އިޓަލީ

    advertisement

    ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ފިންލެންޑް އަތުން މޮޅުވެ، ރަޝިއާއިން މުބާރާތުގެ 2 ވަނަ ބުރުން ޖާގަ ހޯދުމުގެ އުއްމީދު އާކޮށްފިއެވެ.

     ރަޝިއާގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ރަޝިޔާއިން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިގުރޫޕްގައި ރަޝިޔާއިން ކުޅުނު ފުރަތަމަ މެޗްގައި ބެލްޖިއަމް އާއި ވާދަކޮށްވަނީ ބަލިވެފައެވެ.

    މިމެޗްގެ ވަރަށް ކުރީކޮޅުގައި ފިންލެންޑުންވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ފިންލެންޑުގެ ޔޮއެލް ޕޮޔަންޕާލޯ ބޮލުން ޖެހި މިލަނޑު ރެފްރީވަނީ ވީއޭއާރް ބެލުމަށްފަހު އޮފް ސައިޑް ލަނޑެއްކަމަށް ނިންމާފައެވެ.

    މިމެޗުގައި ރަޝިޔާއިން ކާމިޔާބުކުރި ލަނޑު ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އަލެކްސޭ މިރަންޗުކްއެވެ.

    މިމެޗުން ރަޝިޔާ މޮޅުވުމާއި ގުޅިގެން ގުރޫޕް ބީގައި ބެލްޖިއަމް، ރަޝިޔާ، ފިންލެންޑް މިއިން ކޮންމެ ޓީމަކަށްވެސްވަނީ ތިން ޕޮއިންޓް ލިބިފައެވެ. ނަމަވެސް ބެލްޖިއަމްއަށް ގުރޫޕްގެ އެއްވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ރަޝިޔާ އާއި ފިންލެންޑުން ދެ މެޗް ކުޅެފައިވާއިރު، ބެލްޖިއަމް މިހާތަނަށް ކުޅެފައިވަނީ އެއް މެޗެވެ. މި ގުރޫޕްގެ އެންމެ ފުލުގައި އޮތީ ޑެންމާކްއެވެ. ޑެންމާކްވަނީ ފިންލެންޑްއާއި ވާދަކޮށް 1 ލަނޑު 0 ލަނޑުން ބަލިވެފައެވެ.

    ތުރުކީ/ ވޭލްސް ބައްދަލުކުރިމެޗް

    ރޭ ކުޅެވުނު މިމެޗްގައި ތުރުކީ ބަލިކޮށް ވޭލްސްއިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދުވަނީ އާކޮށްފިއެވެ.
    ވޭލްސްއިން ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފައި ވަނީ ރޭ ތުރުކީއާ ވާދަކޮށް 2 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

    ވޭލްސްއިން މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ވަނީ ސްވިޒަލެންޑް ވާދަކޮށް 1 ލަނޑު 1 ލަނޑުން އެއް ވަރުވެފައެވެ.

    މިމެޗްގައި ވޭލްސް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގެ 42 ވަނަ މިނިޓްގައެބެ.  މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަމްސޭއެވެ. މިއީ އެޓީމްގެ ކެޕްޓަން ގެރެތް ބޭލް ތަނަވަސްކުރި ފުރުސަތަކުން ކާމިޔާބުކުރި ގޯލެކެވެ

    މެޗްގެ 60ވަނަ މިނެޓުގައި ވޭލްސްއަށް ލީޑް ފުޅާކުރުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމްގެ ކެޕްޓަން ބޭލްއަށެވެ. ބޭލްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކަރިން ބޭރަށެވެ.

    މިމެޗްގައި ވޭލްސްގެ ދެވަނަ ގޯލް އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗް ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. މިގޯލް ކާމިޔާބުކޮށްދީނީ ވޭލްސްގެ ކޮނާ ރޮބަޓްސްއެވެ.

    މިމެޗުން މޮޅުވުމުން ދެމެޗުން ވޭލްސްއަށް ލިބިފައިވަނީ  4 ޕޮއިންޓެވެ.  މިމެޗުން ބަލިވުމުން ތުރުކުރީ ކުޅުނު މެޗުން ބަލިވުމުން  އެޓީމަށް  އެއްވެސް ޕޮއިންޓެއް ލިބިފައިނުވެއެވެ.

    އިޓަލީ / ސްވިޒަލޭންޑް ބައްދަލުކުރިމެޗް

    ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅެވުނު 3 ވަނަ މެޗް  ފަސޭހަކަމާއެކު ސްވިޒަލޭންޑް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން އިޓަލީވަނީ ޖަގާ ހޯދާފައެވެ.

    އިޓަލީގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-3 ގެ ނަތީޖާ އަކުންނެވެ

    މި ނަތީޖާއާއެކު އިޓަލީ ދެވަނަބުރަށް ދަތުރުކުރީ ގްރޫޕުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޖުމްލަ ހަ ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ ދެވަނައިގައި ވޭލްސް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ޕޮއިންޓަކާއެކު ސްވިޒަލޭންޑް އޮތްއިރު ފުލުގައި ތުރުކީ އޮތީ ޕޮއިންޓެއް ނުލިބިއެވެ.

    ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ 3 މެޗުގެ ތެރެއިން 2 މެޗު އިޓަލީ ކާމިޔާބުކޮށްފައިވާއިރު، ފުރަތަމަ މެޗުގައި ތުރުކީ ބަލިކުރީ ވެސް 0-3 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިޓަލީ ނުކުންނާނީ ވޭލްސް އާއި ދެކޮޅަށެވެ.

    ރޭގެ މެޗްގައި އިޓަލީން ކާމިޔާބުކުރި ފުރަތަމަ ލަނޑު 26 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެނުއަލް ލަކެޓެލީއެވެ. މިލަނޑާއެކު މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.

    ދެވަނަ ހާފް ފަށައިގެން 52 ވަނަ މިނެޓުގައި މެނެއަލް ލަކެޓެލީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ އިޓަލީއަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި އިޓަލީން ޖެހި ތިންވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އިމޮބިލޭއެވެ. އޭނާ މިލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައިންނެވެ. އިމޮބިލޭ ވަނީ މި މެޗުގެ ކުރިން އިޓަލީ އާއި ތުރުކީ ބައްދަލުކުރި މެޗުގައިވެސް ލަނޑު ޖަހާފައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    60 ފަރާތަކަށް ބީއެމްއެލްގެ ފަރާތުން މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކޮށްފި

    ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް މިއަހަރު ތެރޭގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ...

    ގައުމު ސްޓްރީޓް ކަޕް 2020: ދެވަނަ ދުވަހުގެރޭގެ މެޗްތައް

    މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ ދެވަނަ ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ނަތީޖާ: އެފްއާރުޓީއާއި ...

    ލޯކަލް ޓުއަރިޒަމް ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފޯރުކޮށްދީގެން- ޗަންޕާ އަފީފް

    ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ފުރިހަމައަށް ޤާއިމްކުރެވިގެންކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ ...

    މީދޫ – ހިތަދޫ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު ކުޅެނީ

    މީދޫ 20 އަހަރުން ދަށުގެ  ޓީމަކާއި  ހިތަދޫ  20 އަހަރުން ދަށުގެ ޓީމަކާއި  ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ...

    އައްޑޫ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި

    އައްޑުއަތޮޅު ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވުމުން ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މި ...

    ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ކެރަލާއަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފި

    ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދިވެހިން އިންޑިޔާގެ ކެރެލާއަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ. ފޮރިން ...