ޔޫރޯ 2020 : ސްލޮވޭކިޔާއިން އެޓީމުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފި

advertisement

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ކުޅުނު ފުރަތަމަމެޗް އެޓީމުން ކާމިޔާބުކޮށްފިއެވެ.

މި މެޗު ސްލޮވާކިއާ އިން ކާމިޔާބުކުރީ ޕޮލެންޑާ ވާދަކޮށް ދެލަނޑު 1 ލަނޑުންނެވެ.  މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ސްލޮވާކިއާ ކުޅުނު ފުރަތަމަ މެޗުން  އެޓީމަށް މޮޅެއް ހޯދުނު ފުރަތަމަ ފަހަރެއެވެ.

މިދެ ޓީމު މިމެޗަށް ނުކުތް އިރު މެޗުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައި އޮތީ ޕޮލެންޑެވެ. ސަބަބަކީ  ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިދިޔަ އަހަރު ހޯދި ރޮބަޓް ލެވެންޑޮސްކީ އެ ޓީމުގައި ހުރުމުންނެވެ

ރޭ ކުޅެވުނު މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ސްލޮވޭކިޔާއެވެ. މެޗްގެ 18 ވަނަ މިނިޓްގައި ސްލޮވޭކިޔާއިން ކާމިޔާބުކުރި މިލަނޑު ކާމިޔާބުކޮށްދި ރޮބަޓް މަކްއެވެ. މަކްގެ މިލަނޑަކީ ޕޮލެންޑްގެ ދެ ކުޅުންތެރިން ކައިިރިން ބީޓު ކުރުމަށްފަހު އޭރިޔާ ތެރެއަށް ވެދެ  ފޮނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ގޮސް ގޯލްކީޕަރުގައި  ޖެހި ގޯލްތެރެއަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ. މި ލަނޑަކީ ބައިކޮޅަށް ވަން ލަނޑެއްކަމަށް ޔޫއޭފާއިންވަނީ ނިންމާފައެވެ.  އެހެންކަމުން މި ލަނޑު ވެގެންގޮސްފައިވަނީ ޔޫރޯގެ ތާރީހުގައި ކީޕަރެއް އަތުން ބައިކޮޅަށް ލަނޑެއް ވަން ފުރަތަމަ ލަނޑަށެވެ.

މިމެޗްގެ ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ސްލޮވޭކިޔާ ކުރީގައި އޮވެގެންނެވެ.

އެހެންނަމަވެސް މެޗުގެ ދެވަނަ ހާފްގެ ކުޅުން ފަށައިގެން މިނެޓެއް ނުވަނީސް ޕޮލެންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ކާލް ލިނޭޓޭއެވެ. ޕޮލެންޑުން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައިވަނިކޮށް މެޗްގެ 62 ވަނަ މިނިޓްގައި އެޓީމްގެ ކްރިކޯވިއަކް އަށް ރެފްރީވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.  

ކްރިކޯވިއަކް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިތާ 7 މިނިޓްފަހުން މެޗްގެ 63 ވަނަ މިނެޓުގައި ސްލޮވާކިއާގެ ދެވަނަ ލަނޑު ޖަހާ މެޗްގެ ނަތީޖާ 2-1 އަށް އެޓީމުންވަނީ ބަދަލުކޮށްފައެވެ. މިލަނަޑު އެޓީމަށް ކާމިޔާބުކޮށްދިނީ  އިންޓަ މިލާންގެ ޑިފެންޑަރު މިލާން ސްކްރިނިއާ އެވެ.

އެއްކުޅުންތެރިއަކު މަދުން ކުޅެން ޖެހުނަމަވެސް ޕޮލެންޑުން ވަނީ ނަތީޖާ ހަމަހަމަކުރުމަށް ސްލޮވާކިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެހެންނަމަވެސް މެޗް ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން ސްލޮވޭކިޔާ މެޗް ކާމިޔާބުކޮށްގެންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލަައް ސިޓީން ކޮވިޑް-19 ގެ 2 ވަނަ ޕޮޒިޓިވް ކޭސް އެއް ފެނިއްޖެ

ފުވައްމުލަކުން ކޮވިޑް-19 ގެ 2 ވަނަ ޕޮޒިޓިވް ކޭސް އެއް މިއަދު ރިޕޯޓް ކޮށްފިއެވެ. ފުވައްމުލަކު ހޮސްޕިޓަލުން ދާދި ދެންމެއަކު ...

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ : 60 ދިވެހިން އަދި 68 ބިދޭސީން

ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވުވެފައިވަނީ ޖުމްލަ 128 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން މި ...

އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފި

މާލޭ އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފިއެވެ. ކާރުގައި ރޯކޮށްލާފައިވާއިރު މިރޭ މާލޭގެ އެކި ސަރަޚައްދުތަކުގައި އިދިކޮޅު ...