ފަހަތުން އަރާ 3 ލަނޑު ޖަހައިގެން މަރަދޫ ސްކޫލްގެ މައްޗަށް ޝަމްސުއްދީން ސްކޫލް ކުރި ހޯދައިފި

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރު ފުރާގައި މިއަދު މެންދު ކުޅެވުނު މެޗްގައި މަރަދޫ ސްކޫލުން  ލީޑު ހޯދާފައިވަނިކޮށް ފަހަތުން އަރާ މަރަދޫ ސްކޫލް  ބަލިކޮށް ޝަމްސުއްދީން ސްކޫލުން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ

މިއަދު މެންދުރު ހިތަދޫ ސްޓޭޑިއްމްގައި ކުޅެވުނު މި މެޗު ޝަމްސުއްދީން ސްކޫލުން ކާމިޔާބުކުރީ 3-2 އިންނެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް ދެވަނަ ހާފްގެ ކުޅުންފަށައިގެން 36 ވަނަ މިނިޓްގައި މަރަދޫ ސްކޫލްގެ މުހައްމަދު ތަމާން ލަނޑެއްޖަހާ މެޗްގެ ލީޑު މަރަދޫ ސްކޫލަށް ހޯދާ ދީފައިވަނިކޮށް އޭގެ ދެމިނިޓް ފަހުން މަރަދޫ ސްކޫލްގެ 2 ވަނަ ލަނޑު 38 ވަނަ މިނިޓްގައި ކާމިޔާބުކޮށް 2 ލަނޑު 0 ލަނޑުގެ ލީޑެއް މަރަދޫ ސްކޫލަށް ހޯދައިދިނީ މުހައްމަދު ސަހާއު އަލީއެވެ.

2 ލަނޑު 0 ލަނޑުގެ ލީޑެއް މަރަދޫސްކޫލްގެ ޓީމުން ހޯދާފައިވަނިކޮށް ހިތްވަރު އެލުވާލުނާ ކުޅެމުން ދިޔަ ޝަމްސުއްދީން ސްކޫލްގެ ޓީމުންމިމެޗްގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 51 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަހުމަދު މާއިޝްއެވެ.

މިމެޗްގައި ޝަމްސުއްދީން ސްކޫލަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 59 މިނިޓްގައި ކާމިޔާބުކޮށްދިނީ ނިޝާރު ނަސީރެވެ. އަދި އޭގެ 1 މިނިޓްފަހުން 60 ވަނަ މިނިޓްގައި ނިޝާރު ނަސީރުވަނީ ޝަމްސުއްދީން ސްކޫލްގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް ޝަމްސުއްދީން ސްކޫލަށް މެޗްގެ ލީޑު ހޯދާ ދީފައެވެ.

މީގެ ކުރީން މިމުބާރާތުގައި ޝަމްސުއްދީން ސްކޫލްޓީމުން ކުޅުނު 3 މެޗުންވެސް އެޓީމު ބަލިވެފައިވިޔަސް މިއަދުގެ މެޗްގައި ޝަމްސުއްދީން ސްކޫލް ޓީމުގެ ކުޅުންތެރީންވަނީ ވަރަށް ރަގަޅު ކުޅުމެއް ދައްކާފައެވެ.

ޝަމްސުއްދީން ސްކޫލް ޓީމުގެ ކޯޗް އަހުމަދު ރަޝީދު ބުނީ މިމުބާރާތުގައި ޝަމްސުއްދީން ސްކޫލުން ބައިވެރިވެފައިވާ 14 އަހަރުން ދަށުގެ ޓީމަކީ މިމުބާރާތުގައި އެހެން ސްކޫލްތަކުން ބައިވެރިވެފައިވާ 14 އަހަރުން ދަށުގެ ޓީމްތަކުގެ ކުޅުންތެރީންނަށްވުރެ އުމުރުގެގޮތުން ހަގު ކުޅުންތެރީން ހިމެނޭ ޓީމަކަށްވެފައި އެކުޅުންތެރީން ދައްކަމުންދާ ކުޅުމާއި މެދު ވަރަށްބޮޑަށް ހިތްހަމަޖެހޭކަމަށެވެ.

” ޝަމްސުއްދީން ސްކޫލްގައި މިއަހަރު ގްރޭޑް 8 އުފައްދަން ލިބުނު ފުރުސަތުގައި ގްރޭޑް 8 ނުއުފެއްދުމުން މިދިޔަ އަހަރު ޝަމްސުއްދީން ސްކޫލްޓީމަށް ކުޅުނު ގިނަ ކުޅުންތެރީން އަތޮޅުމަދަރުސާއަށް ވަނީ ބަދަލުވެފައި  . އެހެން ސްކޫލްތަކުގައި  މިއަހަރު ގްރޭޑް 8 އުފެއްދުމުން މިދިޔަ އަހަރު ގްރޭޑް 7 ގައި ހިމެނު  ކުޅުނުތެރީން  މިމުބާރާތުގައި ބައިވެރި އެހެން ހުރިހާ ސްކޫލެއްގެ ޓީމުގައި އެބަހިމެނޭ . –އަހަރެމެންޓީމާ އެހެންޓީމުތަކާ އުމުރުގެ ތަފާތު  ހުރުމުން އެހާތަފާތުބޮޑުކޮށް މީގެ ކުރީން ކުޅުނުމެޗްތަކުން އަހަރެމެން ބަލިވެފައިވަނީ  . އަހަރެމެން ޓީމުގައި ގިނައިން ތިބި ކުޅުންތެރީންގެ އެވްރެޖް އުމުރަކީ 12 އަހަރު ”

ޝަމްސުއްދީން ސްކޫލްޓީމްގެ ކޯޗް އަހުމަދު ރަޝީދު ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ބުނެފައިވެއެވެ.

ޝަމްސުއްދީން ސްކޫލްޓީމަކީ ވޭތުވެދިޔަ ދެއަހަރު އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެވެ.

މިދިޔަ އަހަރު ޝަމްސުއްދީން ސްކޫލްގެ 13 އަހަރުން ދަށުގެ ޓީމް ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި ޝަރަފުއްދީން ސްކޫލާއި ވާދަކޮށް 1-0 ލަނޑުން މޮޅުވެގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމެރިކާ ބަލިކޮށް ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ނެދަލެންޑްސްއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އެމެރިކާ ބަލިކޮށް ނެދަލެންޑްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ...

ޓޫބްރަދާސް ފައިނަލާ ގާތަށް

ގަންބުރި ޗެލެންޖް 2018 ގެ ނަމުގައި މިހާރު މީދޫގައި ބާއްވަމުންދާ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ...

27 އަހަރުވީ ހައި ޖަމްޕުގެ ގައުމީ ރެކޯޑް ޝައިމް މުގުރާލައިފި

ފުވައްމުލަކުގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓޫގައި އައްޑޫ ހައި ސްކޫލުގެ އައިޝަތު ޝައިމް އަޒީޒް 27 އަހަރުވީ ...