ފަހަތުން އަރާ ހިތަދޫ ސްކޫލްގެ މައްޗަށް އިރުޝާދިއްޔާ ކާމިޔާބު ހޯދައިފި

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިރުދިއްޔާ ސްކޫލްގެ 16 އަހަރުން ދަށުގެ ޓީމު ކުޅުނު ފުތަރަމަމެޗު އެޓީމު ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗް އިރުޝާދިއްޔާ ކާމިޔާބުކޮށްފައިވަނީ ހިތަދޫ ސްކޫލްގެ ޓީމާ ވާދަކޮށް  3 ލަނޑު 2 ލަނޑުންނެވެ.

އިއްޔެ މެޗްގެ 5 ވަނަ މިނިޓްގައި ހިތަދޫ ސްކޫލްގެ ޝަރީފް ލަނޑެއް ޖަހާ ހިތަދޫ ސްކޫލްގެ ޓީމަށް މެޗްގެ ލީޑު ހޯދަދީފައިވަނިކޮށް އޭގެ 2 މިނިޓްފަހުން އިރުޝާދިއްޔާ ސްކޫލްގެ އަބާން ވަނީ ލަނޑެއް ޖަހާމެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެޓީމުގެ ފަތާތުން ދާދިހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ 28 ވަނަ މިިޓްގައި ހިތަދޫ ސްކޫލްގެ ޝަނޫންވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ދެވަނަ ފަހަރަށް ހިތަދޫ ސްކޫލްގެ ޓީމަށް މެޗްގެ ލީޑު ހޯދަ ދީފައެވެ.  އެހެން ނަމަވެސް  އޭގެ ދެމިނިޓްފަހުން މެޗްގެ 30 ވަނަ މިނިޓްގައި އިރުޝާދިއްޔާ ސްކޫލްގެ އަބާންވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތިޖާ ހަމަހަމަކޮށްދީފައެވެ.

މިމެޗްގެ ފުރަތަމަ ހާފް  2 ލަނޑު 2 ލަނޑު ދެޓީމް އެއްވަރުވެގެން ނިމިފައިވަނިކޮށް މިމެޗުން އިރުޝާދިއްޔާ ސްކޫލް މޮޅުވިލަނޑު މެޗްގެ 69 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިސްމާއީލް ސިޔާނެވެ.

މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމެއް ކޮންމެޓީމަކާ އެއްފަހަރު ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ފައިނަލްގައި ކުޅޭގޮތަށެވެ.

މިމުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ވާދަކުރަނީ އިރުޝާދިއްޔާ ސްކޫލް ، ހިތަދޫ ސްކޫލް ، ޝަރަފުއްދީން ސްކޫލް ، ފޭދޫ ސްކޫލް އަދި އަތޮޅުމަދރުސާއެވެ.

16 އަހރުން ދަށުގެ އުމުރު ފުރާގައި މިހާތަނަށް ދެމެޗް ކުޅެވުނުއިރު 3 ޕޮއިންޓް ލިބިގެން ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި މިވަގުތު އޮތީ އިރުޝާދިއްޔާ ސްކޫލެވެ. ޝަރަފުއްދީން ސްކޫލާއި އަތޮޅުމަދރުސާގެ ޓީމަށް އެއްމެޗް ކުޅެން ލިބިފައިވަނީ 1 ޕޮއިންޓެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެންމެ މޮޅުފިރިހެން 6 ކުޅުންތެރީންގެ ތެރޭގައި މީދޫގެ 3 ކުޅުންތެރިއަކު ހިމެނިއްޖެ

އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫ އަވަށުގައި ކުރިއަށް ގެންދިޔަ  ” ...

ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފި އަތޮޅުމަދަރުސާގެ ޓީމް ބަލިވެއްޖެ

ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތެއްގެ ބޭނުން ނުހިފި ދިއުމުގެ ސަބަބުން ސ. އަތޮޅުމަދަރުސާގެ 16  އަހަރުން ދަށުގެޓީމް ...