އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ހިތަދޫ އެފްސީ ދަތުރުކޮށްފިއެވެ.

މީދޫގައި ކުރިއަށްދާ  މިމުބާރާތުގައި ހިތަދޫޓީމާއި މީދޫޓީމް ކުޅެންޖެހޭ މެޗްތައް ކުޅެނިމިފައިވާއިރު  ހިތަދޫއާއި  މީދޫޓީމަށްވެސް  ލިބެނީ 10 ޕޮއިންޓެވެ. ހިތަދޫޓީމަށް މީދޫޓީމަށްވުރެ ކުރިލިބި ފައިނަލްގެ ފުރުސަތު ހިތަދޫ ޓީމަށް ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ހިތަދޫޓީމަށް 10 ޕޮއިންޓް ލިބި ފައިދާ ގޯލްގެ ތަފާތުން ފައިނަލްގެ ފުރުސަތު ލިބުނީ އިއްޔެ ހަވީރު ހިތަދޫ އެފްސީ ޖޫނިއާސްއާއި ބައްދަލުކޮށް ކުޅުނުމެޗް 5-0 ގެ ނަތީޖާއަކުން މޮޅުވެ ލިބުނު 3 ޕޮއިންޓާއެކުގައެވެ.

މިމުބާރާތުގެ ފައިނަލްގައި ހިތަދޫއާއި ވާދަކުރާޓީމެއް އެގޭނީ މިއަދު ހަވީރު ފޭދޫއާއި މަރަދޫޓީމް ބައްދަލުކުރާ މެޗްގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. މިމެޗު އެއްވަރުގެން ނިމިއްޖެނަމަ 11 ޕޮއިންޓް ލިބިގެން ފައިނަލަށް ހޮވޭނީ މަރަދޫޓީމެވެ. މިމެޗުން ފޭދޫޓީމް މޮޅުވެއްޖެނަމަ ފޭދޫޓީމަށާ މަރަދޫޓީމަށް އަދި މީދޫޓީމަށްވެސް ލިބޭނީ 10 ޕޮއިންޓެވެ. އެހެންނަމަވެސް ފައިދާ ގޯލްގެ ތަފާތުން ފައިނަލަށް ހޮވޭނީ ފޭދޫޓީމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޮކޮވިޗްގެ ބަލިކޮށް ވިމްބެލްޑަންގެ އައު ޗެމްޕިއަނަކަށް އަލްކަރާޒް

އިނގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ވިމްބެލްޑަން ޓެނިސްމުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަރަށް ސްޕެއިންގެ ކާލޮސް އަލްކަރާޒް ކާމިޔާބު ކޮށްފިއެވެ. ...

ސީދާ ތިންސެޓުން މީދޫޓީމް ބަލިކޮށް ފޭދޫ ފާހި ޗެމްޕިއަންކަން ހޯދައިފި

މިއަދު ހަވީރު މަރަދޫ ފޭދޫގައި ކުޅެވުނު އައިވީ މިކްސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ފޭދޫ ފާހި ސްޕޯޓްސް ކްލަބް ...

ޗެމްޕިއަންސް ލީގު: ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗްގައި މެންޗެސްޓާ ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެއްޖެއެވެ. ސްވިޒަލެންޑްގެ ...