ފެބުރުއަރީ އެކެއް ގައި ހިންގި ކަންކަމަށް މަޢާފުކޮށްދެވޭކަށް ނެތް – ރައީސް ޔާމީން

މިއަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ހިންގި ޤާނޫނާ ޚިލާފު ކަންކަމުގައި ބައިވެރިވި މީހުންނަށް ލޯ މަރާފައި މަޢާފުކޮށްދެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމަށް މެމްބަރުންތަކެއް ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން އަމުރެއް ނެރެގެން ސަރުކާރު ވައްޓާލަން ކުރި ކަންތައްތަކަށް ލޯމަރާފައި، ފަރުދީ ގޮތުން މާއާފުކޮށް ނުދެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ އެފަދަ ކަންކަމަކީ ދައުލަތުގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. އަދި އެއީ ސިޔާސީ މީހުން ގާނުނާ ޚިލާފަށް ކުރާ ކަންކަން ކަމަށާއި އެފަދަ ބަޔަކު ގާނޫނުގެ ތެރެއިން ކަންކުރާނެ ކަމަށް ވިސްނުމަކީ ނުބައި ވިސްނުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ޕޮލިސް ކަމިޝަނަރު އޭގެ ތެރެއަށް ވަދެއްޖެ. އެއީ ދާޚިލީ ކަންކަމުގައި ކޯޓުތަކުން އަމުރުކުރީމައި ހުކުމް ތަންފީޒު ކުރަން ނުކުންނަން ތިބި ބަޔަކީ. ދާޚިލީ ކަންކަން ހަމަޖައްސަން ތިބި ބަޔަކީ އެއީ. އެހެންވީމަ ކޮމިޝަނަރު މީގައި ބައިވެރިވެއްޖެ. ދެން އަޅުގަނޑުމެން އެންމެ އިތުބާރު ކުރާ ސުޕްރީމް ކޯޓުގެ ދެ ފަނޑީޔާރުން އޭގެ ތެރޭގައި ހިމެނިއްޖެ،” ރައީސް ޔާމީން ވިދާޅުވިއެވެ.

ސިޔާސީ އެހެން ލީޑަރުންގެ ފަރާތުން މިހާތަނަށް ފެނިގެންދިޔައީ ގައުމީ މަސްލަހަތާ ފުށުއަރާ ކަންކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެކަމަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެންދިޔަ އެންމެ ފަހު ކަމަކީ އެކެއް ފެބްރުއަރީގެ އަމުރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ސުޕްރީމް ކޯޓުގެ އަމުރުގައި ޝައްކެއްވެސް ނެތް ގޮތުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހުރުމުން ހަމަ ސުޕްރީމް ކޯޓުގެ ފުރަތަމަ އަމުރުގައި ސޮއިކުރެއްވި ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން އެ އަމުރު ބާތިލް ކުރައްވާފައި އެއޮތީ،” ރައީސް ޔާމީން ވިދާޅުވިއެވެ.

މުޅި ގައުމާ މެދު ވިސްނާނެ ބަޔަކީ ރައްޔިތުންކަން ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ މިއަދު ޔާމީން ހުރެދާނެ ކަމަށާއި މާދަމާ އެހެން މީހަކު ހުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ގައުމު ސަލާމަތް ކުރާނެ ބަޔަކީ ދިވެހި ރައްޔިތުން ކަމަށް ރައީސް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ތިންމިލިއަންޔޫރޯގެ ހިލޭ އެހީއެއް ދެއްވައިފި

ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ތިންމިލިއަން ޔޫރޯގެ ހިލޭ އެހީ އެއް ވެދެއްވަން ނިންމަވައިފިއެވެ. މީގެ ތެރެއިން އެއްމިލިއަން ޔޫރޯއަކީ ...

އައްޑޫ ކްލަބަކުން ކޮވިޑް 19 ގެ ހާލަތުގައި ބޭނުން ކުރެވޭ ބައެއް ތަކެތި ހަނިމާދޫ ކައުންސިލަށް ހަދިޔާކޮށްފި

ކޯވިޑް-19 ހާލަތުގައި ބޭނުން ކުރެވޭނެ ބައެއް ތަކެތި  އައްޑު އަތޮޅުގެ ހިތަދޫއަށް ނިސްބަތްވާ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އެފްސީ ...

ނިޔާވި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ބިދޭސީ އަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ތަަސްލީމާ އުސްމާން ...