ފެނަކައިގެ މާބަނޑު މުވައްޒަފުންނަށް ގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިފި

  ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ މާބަނޑު އަންހެނުން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

  ފެނަކަ އިން މިއަދު ކުރި ޓްވީޓެއްގައި ހާމަކޮށްފައިވާގޮތުން މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކަލުން ދިވެހި ރައްޔިތުން އަދި ހާއްސަކޮށް ފެނަކައިގެ މުވައްޒަފުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ބޭނުމުގައި އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގައިވެސް އެކުންފުނީގެ މަސައްކަތް ކީރިތި ޤުރާއާނުގެ ބަރާކަތުން ފެށުމަށާއި އަދި ބަލިމަޑުކަމުން ދިންނެވުން އެދި ކުރާ ދުޢާ އަކުން މަސައްކަތް ފެށުމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު ނިންމަވާފައިވާކަމަށް ފެނަކައިގެ ޓުވިޓްގައި ހާމަކޮށްފައިވެއެވެ.

  ސަރުކާރުން ވެސް މިހާރު ގެންދަވަނީ ކޮވިޑް-19 ރާއްޖޭގައި އިތުރަށް ފެތުރެން ފަށައިފިނަމަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

  ރާއްޖެ އިން ވެސް މިހާރު ވަނީ ކޮވިޑް-19 ފެނިފައެވެ. ރާއްޖެ އިން މިހާތަނަށް  އަށް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި 16 މީހަކު ވިލިވަރުގައި ކަރަންޓީން ކޮށްފައި އެބަތިއްބެވެ. މީގެ އިތުރުން 09 މީހަކު ފަރުކޮޅުގައި އެކަހެރި ކޮށްފައި އެބަތިއްބެވެ. އަދި ބައެއް މީހުން ރިސޯޓްތަކާއި، މީހުން ދިރިއުޅޭ ރަށްރަށުގައި އެމީހުން ދިރިއުޅެމުން އަންނަ ތަންތަނުގައި އެކަހެރިކޮށް ތިބުމަށް އަންގާފައި ވެއެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މަގާމުން ވަކިކޮށްފި ؟

  ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ ގެ މަގާމްގައި ހުންނެވި މޫސާ ސިއްދީގު އެމަގާމުން ވަކިކޮށްފިއެވެ. މޫސާ ސިއްދީގު މަގާމުން ...

  މިރޭ ބްރެޒިލްގައި ފަށާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ބެލޭނެ

  މިރޭ ދަންވަރު 2:00 ގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ...

  ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

  ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުންދިނުން ...

  50 މީހަކު ގޭގައި ކަރަންޓީން ކުރުމަށް މާލެން އައްޑުއަށް ފޮނުވަނީ

  ގޭގައި ކަރަންޓީން ކުރުމަށް މާލެން އައްޑުއަށް 50 މީހަކު ފޮނުވުމަށް ތައްޔާރު ވަމުންދާ ކަމަށް ނޭޝަނަލް އެމަޖެންސީ ސެންޓަރ ...

  ކޯވިޑް-19: މިއަދު ރާއްޖެއިން އިތުރު 1،007 މީހުން ޕޮޒިޓިވްވެއްޖެ

  ރާއްޖެއިން އިތުރު 1،007 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއަދުވެސް ޕޮޒިޓިވް ކޭސްތައް އެއްހާހުން މައްޗަށް އަރާފައިވަނީ ކުރީ ދުވަސްތަކުގައި ...

  ރޮލެކްސް ގަޑިއާއި ކޮހިނޫރު އަގޮޓީގެ ޒަމާން ނިމިގެން ގޮސްފި – ރައީސް ނަޝީދު

  ރޮލެކްސް ގަޑިއާއި ކޮހިނޫރު އަގޮޓީގެ ޒަމާން ނިމިގެން ގޮސްފައިވާކަމަށް ކުރީގެ ރައީސް އަދި 19 ވަނަ ރަށްޔިތުންގެ މަޖިލިހުގެ ...