ފޭދޫ އެއިމްސް ކްލިނިކުން އަންނަ ހަފްތާގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ: އަލީ އިހުސާން

އައްޑޫސިޓީ ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއާއިން އަންނަ ހަފްތާ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެޕީ މާކެޓުގެ ސީއީއޯ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އަލީ އިހުސާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިގެ ޓެސްޓު އެއިމްސް ޑައިގްނޯސްޓިކް ކެއާގައި ފެށުމަށް ސަރުކާރުން ހޯދަން ޖެހޭ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ﷲގެ އިރާދަފުޅާއި އެކު އަންނަ ހަފްތާ ތެރޭގައި ޓެސްޓު ކުރަން ފެށޭނެކަމަށް އަލީ އިހުސާނުގެ ޓުވިޓާގައި ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާރު ޓެސްޓު ހެދެނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިތުރުން ފުލުހުންގެ ލެބް، އަދި އޭޑީކޭގައެވެ.

އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެޚިދުމަތް އެ ހޮސްޕިޓަލުން ލިބެން ފަށާގެ ރަސްމީ ވަކި ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.

ފޭދޫގައި ހިގަމުން އަންނަ އެއިމްސް ކްލިނިކަކީ އައްޑޫގައި ފުޅާ ދާއިރާއެއްގައި ސިއްހީ ހިދްމަތް ފޯރުކޮށްދެމުން އަންނަ ކްލިނިކެކެވެ. މިގޮތުން އެކުލިނިކުން އަންނަނީ އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލާއި ގުޅިގެން ޓެލެމެޑިސިންގެ ހިދްމަތްވެސް ފޯރުކޮށްދެމުންނެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަގީގަތަކީ ރާއްޖޭގެ ތަރައްޤީއަށް އެމްޑީޕީ މެމްބަރަކު މަޖިލިސް ތެރެއިން ދިން ވޯޓެއް ނެތްކަން – ރައީސް

މިއަދު ފެންނަން އޮތް ހަގީގަތަކީ ރާއްޖޭގެ ތަރައްޤީ އަށް ހުށަހެޅުނު އެއްވެސް ބިލަކަށް އެމްޑީޕީ މެމްބަރަކު ދެއްވި ވޯޓެއް ...

އިންޑިއާގެ މަރުކަޒީ ބޭންކާއި ރާއްޖެއާ ދެމެދު 200 މިލިއަން ޑޮލަރުގެ ސްވޮޕް އެގްރިމެންޓެއް

އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބެންކު އޮފް އިންޑިއާ އާއި ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއާ ދެމެދު 200 ...

އައްޑޫ އީދު ފެސްޓިވަލް 2022 : މީދޫގައި ހަވާއެރުވުން މިރޭ ބާއްވައިފި

އައްޑޫ އީދު ފެސްޓިވަލް 2022 ގައި ހިމެނިގެން  މީދޫގައި ބޭއްވުމަށް ހަމަޖެއްސި  ހަވާ އެރުވުމުގެ ކުޅިވަރު މިރޭ 8:45 ...