އައިވީ މިކްސްޑް ވޮލީކަޕް- ސެމީފައިނަލްގެ ދެވަނަމެޗްގައި ފޭދޫ ފާހި ސްޕޯޓްސްއާއި ބައްދަލުރާނެޓީމަކީ މަރަދޫފޭދޫ ވޮލީޓީމް

” އައިވީ މިކްސްޑް ވޮލީކަޕް  ” ގައި މަރަދޫފޭދޫ ސްޕާކްލްސް ބަލިކޮށް ސެމީފައިނަލުން ޖާހަގަ ހޯދާފައިވާ ފޭދޫ ފާހި ސްޕޯޓްސް ކްލަބާއި ސެމީފައިނަލްގައި ބައްދަލުކުރާނެޓީމަކަށް މަރަދޫފޭދޫ ޓީމް ހޮވިއްޖެވެ.

ސެމީފައިނަލްގައި ފޭދޫ ފާހި ސްޕޯޓްސް ކްލަބާއި ވާދަކުރާނެޓީމަށް މަރަދޫފޭދޫ ވޮލީޓީމް ހޮވުނީ އިއްޔެ ހަވީރު މަރަދޫފޭދޫ އޯލް ސްޓާސް އާއި ބައްދަލުކޮށް  އެޓީމް ކުޅުނު މެޗް ސީދާ ތިންސެޓުން ކާމިޔާބުކުރުމާ ގުޅިގެންނެވެ.

މަރަދޫފޭދޫ ވޮލީޓީމާއި މަރަދޫފޭދޫ އޯލް ސްޓާސް ބައްދަލުކޮށް އިއްޔެ ކުޅެވުނު މެޗްގެ ފުރަތަމަ ސެޓް މަރަދޫފޭދޫޓީމް ކާމިޔާބުކޮށްފައިވަނީ 25-14 އިންނެވެ. މިމެޗްގެ ދެވަނަ ސެޓްވެސް މަރަދޫފޭދޫ ޓީމް ގެންގޮސްފައިވަނީ 25-14 އިންނެވެ. އަދި ތިންވަނަ ސެޓް އެޓީމް ކާމިޔާބުކުރީ 27-25 އިންނެވެ.

މިމެޗްގެ ކްއިން އޮފްދަމެޗަކަށް މަރަދޫފޭދޫ ޓީމްގެ ހައްވާ އާސިމާ ހޮވިފައިވާއިރު މިމެޗްގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ މަރަދޫފޭދޫ ޓީމްގެ ހަސަން ސަލާހުއެވެ.

މަރަދޫފޭދޫ ވޮލީޓީމާއި ފޭދޫ ފާހި ސްޕޯޓްސް ކްލަބް ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަމެޗްގެ ކުޅުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު މަރަދޫފޭދޫ ވޮލީކޯޓްގައެވެ.

ރާއްޖޭގައި ގައުމީ ފެންވަރުގައި ބޭއްވިފައިވާ ގިނަ ވޮލީ މުބާރާތްތަކެއްގައި ކުޅެފައިވާ ތަޖުރިބާ ކާރު ކުރީގެ މޮޅުކުޅުންތެރީން ހިމެނޭ މިދެޓީމް ސެމީފައިނަލްގައި ބައްދަލުކުރާ މެޗަކީ ވާދަވެރި ފޯރިގަދަ މެޗަކަށް ވެގެންދިއުމަކީ އެކަށީގެންވާކަމެކެވެ.

މިމެޗްގައި ކުޅޭ ކުރީގެ ތަޖުރިބާ ކާރު މޮޅު ކުޅުންތެރީންގެ ތެރޭގައި ފާހަގަކޮށްލެވޭ ކުޅުންތެރީންނަކީ މަރަދޫފޭދޫޓީމްގެ ހަސަން ސަލާހުއާއި ފޭދޫޓީމްގެ އަހައްމޫއެވެ. އަދި ފޭދޫޓީމްގައި ހިމެނޭ މޫނާއަކީވެސް ފޭދޫގެ މަޝްހޫރު ވޮލީ ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫގައި ބާއްވާ މިމުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަމެޗްގެ ކުޅުން މާދަމާ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިމެޗްގައި ބައްދަލުކުރާނީ ފޭދޫ ވޮލީޓީމާއި އެމް.އީސީ. މީދޫ ވޮލީޓީމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ބަނދަރުގެ 70 ޕަސެންޓް މަސައްކަތް ނިމިއްޖެ

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެއެވެ. އެމްޓީސީސީން ބުނީ އެ ބަނދަރުގެ އެއްގަމުތޮށި ...

މެސީ، ބޮލީވިޔާ ކޮޅަށް ހެޓްރިކް ހަދައި ޕެލޭގެ ރެކޯޑް މުގުރާލައިފި

ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ޒޯނުގައި ބުރާސްފަތި ދުވަހުގެރޭ ފަތިހު ބޮލީވިޔާ ކޮޅަށް ހެޓްރިކް ހަދައި، ދެކުނު ...

ދެވަނަ ބުރުގައި ކުރިއަށްދާނީ ރައީސް ޔާމީންގެ މަޝްވަރާގެ މަތީން -މުއިއްޒު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރިއަށް ދާނީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ މަޝްވަރާގެ މަތީން ކަމަށް ޕީޕީއެމްގެ/ޕީއެންސީގެ ...