މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި އިއްޔެ ހަވީރު ކުޅެވުނު މެޗް ކާމިޔާބުކޮށް އަތޮޅުމަދަރުސާގެޓީމް ފައިނަލަށް ދަތުރުކޮށްފިއެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގެ ދަނޑުގައި އިއްޔެ ހަވީރު ކުޅެވުނު މިމެޗް އަތޮޅުމަދަރުސާގެޓީމް ކާމިޔާބުކުރީ ފޭދޫ ސްކޫލްގެ ޓީމާބައްދަލުކޮށް 3 ލަނޑު 2 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ދާދިހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދީ ފޭދޫސްކޫލް ޓީމުންނެވެ. އެޓީމުގެ ފުރަތަމަ ލަނޑު 7 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަލީ ސަދޫފް ޝިޔާމެވެ. އަތޮޅުމަދަރުސާޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކުރީ މެޗްގެ 33 ވަނަ މިނިޓްގައި އަތޮޅުމަދަރުސާޓީމްގެ މުހައްމަދު އަޒުވާން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިމެޗްގައި ފޭދޫސްކޫލް ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 56 ވަނަ މިނިޓްގައި ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗްގެ ލީޑު ފޭދޫ ސްކޫލަށް   ހުސެން އާނިޝް ރަޝީދު ހޯދާދީފައިވަނިކޮށް މެޗްގެ އިތުރުވަގުތުގެ ފުރަތަމަ މިނިޓްގައި އަތޮޅުމަދަރުސާގެ ހުޒައިމް ފޮނުވާލި ބޯޅައެއް ފޭދޫސްކޫލްގެ ހުސެން އާނިޝް ރަޝީދުގެ ބޮލުގައި ޖެހިފައި ފޭދޫ ސްކޫލްގެ ގޯލްތެރެއަށް ވަދެގެން މެޗްގެ ނަތީޖާ 2-2 ން އެއްވަރުވިއެވެ. އަދި މިމެޗުން އަތޮޅުމަދަރުސާ ޓީމު މޮޅުވިލަނޑު އިތުރު ވަގުތުގެ 3 ވަނަ މިނިޓްގައި ކާމިޔާބުކޮށް އަތޮޅުމަދަރުސާޓީމް ފައިނަލަށް ގެންގޮސްދީފައިވަނީ ހުޒައިމް އަލީއެވެ.

މިމެޗުން އަތޮޅުމަދަރުސާޓީމު މޮޅުވުމުން އެޓީމު މިމުބާރާތުގައި ކުޅުނު 4 މެޗްގެ ތެރެއިން 3 މެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެ 10 ޕޮއިންޓް ލިބިގެން އެއްވަނަ ޓީމުގެ ގޮތުގައި އެޓީމު ވަނީ ފައިނަލަށް ހޮވިފައެވެ.

އިއްޔެގެ މެޗުން ބަލިނުވެ ނަތީޖާ ހަމަހަމަކޮށްގެން ފޭދޫ ސްކޫލަށްފައިނަލަށް ދެވެން އޮތްނަމަވެސް އިއްޔެގެ މެޗުން ފޭދޫސްކޫލް ބަލިވުމުން މުބާރާތުން އެޓީމު ކަޓައިގެން ގޮސް މިމުބާރާތުގެ ފައިނަލަށް ހޮވުނު ދެވަނަ ޓީމަކީ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ޓީމެވެ. ޝަރަފުއްދީން ސްކޫލް ފައިނަލަށް ހޮވުނީ 7 ޕޮއިންޓް ލިބިގެންނެވެ. އިއްޔެގެމެޗް ޑްރޯކޮށްގެން ފޭދޫ ސްކޫލަށްވެސް 7 ޕޮއިންޓް ލިބެންއޮތެވެ. އެއިރުން ޝަރަފުއްދީން ސްކޫލްޓީމާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ފައިދާ ގޯލްގެ ތަފާތުން ފޭދޫސްކޫލް ކުރީގައި އޮތޮމުން ފައިނަލަށް ހޮވޭނީ ފޭދޫ ސްކޫލްއެވެ. އެހެންނަމަވެސް އިތުރުވަގުތުގެ އެންމެ ފަހުމިނިޓްގައި ފޭދޫސްކޫލްޓީމު ކޮޅަށް އަތޮޅުމަދަރުސާޓީމުން ލަނޑެއް ޖެހުމާ ގުޅިގެން މެޗްގެ ނަތީޖާ 3-2 އަށް ބަދަލުވެ  މިމެޗްގެ ކުޅިބަލަން އޮތްޝަރަފުއްދީންސްކޫލްޓީމަށްވަނީ ފައިނަލްގެ ދެވަނަ ޖާގަ ލިބިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާލަންޑަށް

ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެންޗެސްޓަރސިޓީގެ ފޯވަޑް އާލިން ހާލާންޑް ހޯދައިފިއެވެ. ...

އިތުރުވަގުތުގެ ފަހު މިނިޓްގައި ޖެހިގޯލުން ފޭދޫ ސްކޫލްގެ މައްޗަށް ޝަރަފުއްދީން ސްކޫލް ކުރި ހޯދައިފި

މެޗްގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެހި ގޯލަކުން ހިތަދޫ ޝަރަފުއްދީން ސްކޫލުން ފޭދޫ ސްކޫލްގެޓީމް ބަލިކޮށްފިއެވެ. މިހާރު ...

ނެޓްބޯޅަ : ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރުކޮށްފި

މިހާރު މީދޫގައި ކުރިއަށްދާ އެމްއީސީ ބަދަހިކަޕް  ނެޓްބޯލް މުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރު ...