ފިހާރަތަކުގައި ތިބޭ ސޭޓުންވެސް އަންގި ލެއްވުން- ރައްކާތެރިވުމުގެ ގޮތުން އެޅޭ ފިޔަވަޅެއް- ޑރ،އަފްޒަލް

ވިޔަފާރިތައް ހިންގާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޖުތިމާއީ ގައިދުރުކަމަށް ބަލައިގެން މަސައްކަތް ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވާފައެވެ.

އެޗްޕީއޭއިން މިގޮތައް އިއުތިމާސްކޮށްފައިވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަފްޒަލް  ވިދާޅުވީ ފިހާރަތަކުގެ ކައުންޓަރުގައި ތިބޭމީހުންނާއި އެއްޗެހި ގަންނަން  ފިހާރައަށްދާ މީހުންގެ މެދުގައި މުއާމަލާތްކުރާއިރު އަދި ފައިސާތަކުގައި އަތްލާއިރުވެސް އަންގި ލައްވައިގެން އުޅުމަކީ ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށެވެ.

ޑރ. އަފްޒަލް  އިތުރަށް ވިދާޅުވީ އަޅުގަނޑުމެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުނުކޮށް އުޅެން ވެއްޖެނަމަ ކުރިއަށް އޮތް ތަނުގައި ނުރައްކާ އިތުރުވެގެން ހިނގައިދާނެ ކަމަށެވެ.

ކޮވިޑްގެ އިތުރުން މޫސުމީ ބަލިތައް ކަމަށްވާ ޑެންގީ އަދި ބޭރަސް ހިންގުމުގެ ބަލިތައް އަބަދުވެސް ރާއްޖޭގައި އުޅޭ ކަމަށާއި އެހެންކަމުން އެ ކަންކަމަށް ސަމާލުވުމަށް ވެސް ޑރ. އަފްޒަލް ވަނީ އިލްތިމާސްކޮށްފައެވެ.

“މި ދުވަސްވަރު ތިބޭފުޅުން ގޭގައި ތިއްބަވާއިރު ގެ ސާފްކޮށް ބެލެހެއްޓުމުގެ އިތުރަށް  މަދިިރި އާލާވާތަންތަން ބަލައިގެން އެތަންތަން  ނައްތާލުމުގެ ގޮތުން މަސައްކަތްކުރުން މުހިއްމު  . އަދި މީގެ އިތުރަށް  ކާބޯތަކެތި ތައްޔާރުކުމުރުގައިވެސް ވަކިން ހާއްސަ ސަމާލުކަމެއް ދޭން އެބަ ޖެހޭ ، މިދުވަސްވަރު  ވައިރަލް އަދި ބޭރަށް ހިންގުމުގެ ބަލިތަކަކީވެސް ފަސޭހައިން ފެތުރޭނެ ބަލިތައް،” އަފްޒަލް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުންގެ ދުވަސް މީދޫގައި ފާހަގަކޮށްފި

ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މީދޫ ކޯގަންނު ގްރޫޕާއި ސިއްހީމަރުކަޒާ ގުޅިގެން ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސފިއެވެ. ...

ރާއްޖެއިން އިތުރު 156 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 156 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދުވެއްޖެއެވެ. ހެލްތު ...

ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމައަށް ސައިކަލެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓަށް ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމައަށް ލިޓަސް އިން ...