މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 9 ބައިވެރިންގެ ހުށައެޅުންތަކަކާއެކު ގާލާ ރައުންޑުގެ ތިންވަނަ ޝޯވ ރޭ ދައްކައިފިއެވެ.
“ގޯލްޑަން އާޓިސްޓް” ގެނަމުގައި ރޭގެ ޝޯވއަށް ޙާއްސަ ތީމެއް ކަނޑައަޅާފައިވާއިރު، ރޭގެ ޝޯވގައިވެސް ބައިވެރިންގެ ފަރާތުން ރީތި ހިތްގައިމު ހުށައެޅުންތަކެއް ވަނީ ފެނިގެންގޮސްފައެވެ.

ރޭ ހުށަހަޅާފައިވަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ބައެއް ފަންނާނުންނާއި، މިހާރުވެސް މިދާއިރާގައި މަސައްކަތްކުރާ ބައެއް ފަންނާނުންގެ ބައެއް ލަވަތަކެވެ.

“ގޯލްޑަން” ލަވަތަކެއްގެ ގޮތުގައި ގިނަބައެއްގެ މަޤުބޫލުކަން ލިބިފައިވާ ލަވަތަކާއެކު ރޭގެ ޝޯވް ވެގެންދިޔައީ ބެލުންތެރިންގެ ތަރުޙީބު ބޮޑު ޝޯވް އަކަށެވެ.
އެހެން ޝޯވތަކެކޭ އެއްފަދައިން މި ހަފްތާގެ ޝޯވގައިވެސް ވާދަކުރާ ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯވ ދެއްކި ވަގުތުން ފެށިގެން މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.


މި ހަފްތާގެ ޝޯވއިން ވަކިވާނެ ބައިވެރިއަކު އިޢުލާންކުރުން އޮންނާނީ މިރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކަފާލާތުގެ ދަށުން ސަލްމާން ދޫކޮށްލައިފި

 ފުއްލާ އެއް މަރާލި މައްސަލައެއްގައި ސަލްމާން ޚާންގެ މައްޗަށް އިއްވާފައިވާ 5 އަހަރު ދުވަހުގެ  ޖަލު ހުކުމުގެ މައްސަލާގައި ސަލްމާން ...

ރާއްޖެޓީވީގެ ހަޔާތަށް ބައިނަލްއަޤްވާމީ އެވޯޑެއް

ރާއްޖެޓީވީން އުފެއްދި “ހަޔާތް” ކުރު ފިލްމަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެ އެވެ. މިއަހަރު ޖެނުއަރީ 28 އަދި 29 ...

ޓެމިލް ނާޑޫގައި އޭއާރް ރަހްމާނުގެ ޝޯއެއް ބާއްވަނީ

އޮސްކާ އަދި ގްރެމީ އެވޯޑް ހާސިލް ކޮށްފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސާ އޭ އާރް ރަހްމާން އޭނާގެ ...