ގާނޫނާ ޚިލާފަށް ކަންތައްތައްކުރިން – ހުކުމެއްގައި ހުންނަންޖެހުނީ ގާނޫނާ ޚިލާފްވުމުން : ޒީއަތު

    ގާނޫނާ ޚިލާފަށް ކަންތައްތައް ކުރެއްވިކަމަށާ އަދި ޖަލުހުކުމެއްގައި ހުންނަވަންޖެހުނީ އެހެންވެގެންކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބދުﷲ ޒީއަތު ވިދާޅުވެއްޖެވެ.

    ޒީއަތު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރީންގެ ދައުވާގެ އަޑުއެހުމުގައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެމުން ރައީސް ޔާމީން ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.

    އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ  5 މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ދިވެހިރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ޒީއަތު 8 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނައަހަރުގެ ޖޫންމަހުގެތެރޭގައެވެ. އެހުކުމަށް ހައިކޯޓުންވަނީ ތާއީދުކޮށްފައެވެ. ޒީއަތުގެ މައްޗަށްއިއްވާފައިވަނީ 8 އަހަރުގެ ޖަލުހުކުމެއްނަމަވެސް މިދިޔަ ފެބްރުއަރީމަހުގެ 9 ވަނަ ދުވަހުން ފެށިގެން ޒީއަތު ހުންނަވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

    ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑްރީންގެ މައްސަލާގައި ޔާމީނާއި ދެކޮޅަށް ޒީއަތު އެކިފަހަރުމަތިން ދީފައިވާ ބަޔާންތައް ދިމާނުވާކަމަށް ޔާމީންގެ ވަކީލުވަނީ ބުރާސްފަތިދުވަހުގެ ޝަރީއަތުގެ މަޖިލިހުގައި ފާހަގަކުރައްވާފައެވެ. އަދި 2016 ވަނަ އަހަރު ޒީއަތު އޭސީސީއަށްދިން ބަޔާންއާއި ޚިލާފަށް މިއަހަރު ފުލުހުންނަށް ބަޔާންދީފައިވާތީ އެކަމާވެސް ޔާމީންގެ ވަކީލު ވަނީ ސުވާލުކުރައްވާފައެވެ. ޖަވާބްގައި ޒީއަތު ވިދާޅުވީ އޭރު އެގޮތައް ބަޔާންދިނީ ހަނދާނުގައި އެގޮތައް ހުރުމުންކަމަށެވެ.

    ވޮޑަމުއްލާގެ އިކްއިޒިޝަނ ކޮސްޓްގެ ގޮތުގައި  ލިބިފައިވާ ފައިސާ ހަވާލްކުރީ ކާކާތޯ ޔާމީނުގެ ވަކީލު ޒީއަތު އާސުވާލުކުރުމުން ޒީއަތު ފުރަތަމަ ވިދާޅުވީ އެފައިސާ ހަވާލްކުރީ އަދީބާއިކަމަށެވެ. ނަމަވެސް ދެންވިދާޅުވީ އަދީބު ރާއްޖޭގައި ނެތުމުން އެފައިސާ ހަވާލްކުރީ އެސްއޯއެފްގެ ބޭފުޅަކާކަމަށެވެ.

    ޒީއަތު ބުރާސްފަތިދުވަހުގެ ޝަރީއަތުގެ މަޖިލިހުގައި ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބޭ ފައިސާއަށް ހަދަންވީގޮތް ރައީސް ޔާމީނާއި އަދީބުވެސް އަންގަވަމުން ގެންދެވިކަމަށެވެ. އެކަމުގައި ރައީސް ޔާމީން އެންގެވުންތައް އަންގަވަމުން ގެންދަވަނީ ކިހިނެއްތޯ ސުވާލުކުރުމުން ޒީއަތު ވިދާޅުވީ ފޯނުންކަމަށެވެ. ޒީއަތު އެހެން ވިދާޅުވުމުން ރައީސް ޔާމީން ވަނީ ޒީއަތުއާއި ފޯނުން ބައްދަލުނުވާކަމަށް ވިދާޅުވެފައެވެ.

    އެމްއެމްޕީއާރުސީން މިހާބޮޑު ގޯސްތަކެއް ހަދަމުންދިޔައިރު އިސްތިއުފާ ދެއްވަންޖެހޭކަމަށް ގަބޫލް ކުރައްވަންތޯ ޔާމީން ސުވާލުކުރުމުން ޒީއަތު ވިދާޅުވީ އިސްތިއުފާ ދޭންޖެހޭކަމަށް ގަބޫލް ނުކުރާކަމަށާ ނަމަވެސް ގާނޫނާ ޚިލާފަށް ކަންކަން އަމިއްލައަށް ކުރެއްވިކަމަށް އެއްބަސްވާކަމަށެވެ.

    ޒީއަތުގެ ހެކިބަސް ނެގުމަށްފަހު ބުރާސްފަތިދުވަހުގެ އަޑުއެހުންވަނީ ނިންމާލައްވާފައެވެ. ދެން މިމައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އަންނަމަހުގެ 3 ވަނަ ދުވަހުއެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ސެމީފައިނަލްގައި މީދޫ ޓީމާ ވާދަކުރާނެ ޓީމަކަށް ފޭދޫ ވޮލީޓީމް ހޮވިއްޖެ

    މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫގައި ބާއްވާ ” އައިވީ މިކްސްޑް ވޮލީކަޕް 2020 ” ...

    ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެ

    ރައްޔިތުންގެ މަޖިލިސްގެ މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެއެވެ. ހުސެއިން މުހައްމަދު އަވަހާރަވެފައިވަނީ ރޭ ދަންވަރުގެ ...

    ކޮވިޑް 19 – އިތުރު ބޭރުމީހަކާ ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

    ރާއްޖެ އިން އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެންމެފަހުން ކޮވިޑް 19 އަށް ...

    އައްޑޫ ސިޓީގެ ޓާޝަރީ ހޮސްޕިޓަލް ވެގެންދާނީ އެންމެ ރީތި ހިތްގައިމު ހޮސްޕިޓަލަށް- މިނިސްޓަރ ނާޒިމް

    އައްޑޫ ސިޓީގައި ޤާއިމްކުރާ ޓާޝަރީ ހޮސްޕިޓަލް ވެގެންދާނީ އެ ސަރަހައްދުގައި ހުރި އެންމެ ރީތި އަދި އެންމެ ހިތްގައިމު ...

    ވަކިވެގެތުމަށް ބާރުލިބިދޭ ޢަމަލަކަށް ޖާގައެއް ނުދޭނަން – ހޯމްމިނިސްޓްރީ

    ދިވެހި ދައުލަތް ފޮތިފޮތިކޮށް އެއްވެސް ގޮތަކުން ވަކިވެގެތުމަށް ބާރު ލިބިދޭ ޢަމަލަކަށް ސަރުކާރުން ޖާގަ ނުދޭނެކަމަށް ހޯމް މިނިންސްޓްރީން ...

    “ސާފު ރާއްޖެ، އަހަރެންގެވެސް ޒިންމާ” ކެމްޕޭން ރަސްމީކޮށް ފަށައިފި

    ދިވެހިންގެ ކިބައިގައި ކުރިއްސުރެ ހުރި ސާފުތާހިރުކަމުގެ ސިފަ އަލުން އަށަގަނުވައި، މި ރާއްޖެ ސާފުތާހިރު ހިތްގައިމު ތަނެއްގެ ގޮތުގައި ...