އައްޑުއަތޮޅުގަމުގައި ހިންގަމުންއަންނަ ފްލައިން ސްކޫލް ނ.މާފަރަށް ބަދަލުކުރަނީ

  އައްޑުއަތޮޅު ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް ނ. މާފަރުގައި ހުޅުވަން ތައްޔާރުވަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓަށް، ބަދަލުކުރަން ނިންމާފައިވާ ކަމަށް ފްލައިން ސްކޫލް ހިންގާ އޭޝިއާ އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން ހާމަކޮށްފިއެވެ.

  އޭއޭއޭ ގެ ސީއީއޯ ކެޕްޓަން ސޫރަންޖަން ޑިސިލްވާ ރާއްޖެ ނޫހެއްކަމުގައިވާ “މިހާރު” އަށް މައުލޫމާތު ދެއްވަމުން  ވިދާޅުވީ މާފަރުގައި ފްލައިން ސްކޫލް ހުޅުވުމަށްޓަކައި މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މާފަރުގައި ފްލައިން ސްކޫލް ފަށާނީ ކުރިއަށް ވުރެ ރަނގަޅު ހިދުމަތްތަކާ ކަމަށެވެ.  އެގޮތުން އެތަނުގައި ދަރިވަރުން ތިބޭނެ ކޮޓަރިތަކެއް ވެސް އަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

  އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ހިންގަމުން އަންނަ ފްލައިން ސްކޫލް އަންނަ އަހަރު ޖުލައި މަހު މާފަރަށް ބަދަލުކުރަން ނިންމީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ކުލި ބޮޑުކުރުމުން ކަމަށެވެ. އެހެންކަމުން  މާފަރު އެއާޕޯޓަށް ފްލައިންސްކޫލް ބަދަލުކުރަން ނިންމީ  ކުޑަ ކުއްޔަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

  މާފަރުގައި އަންނަ އަހަރު ފްލައިން ސްކޫލް ހުޅުވުމުގެ އިތުރުން އޭވިއޭޝަން އިންޖިނިއަރިން ސްކޫލެއް ވެސް ހިންގަން ނިންމާފައިވާކަމަށާ  އެހެންނަމަވެސް  އޭވިއޭޝަން އިންޖިނިއަރިން ކިޔަވައިދޭން ފެށޭ ވަރު ވާނީ ފްލައިން ސްކޫލް ހިނގައިގަތުމުން، އެއަށް ވުރެ ފަހުންކަމަށްވެސް އޭއޭއޭ ގެ ސީއީއޯ ކެޕްޓަން ސޫރަންޖަން ޑިސިލްވާ ވިދާޅުވިއެވެ.

  އޭޝިއާ އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ)  އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ ފަރާތްތަކާއި ދެމެދު މައްސަލަތަކެއް ވަނީ އުފެދިފަ އެވެ. ގަމުން ފްލައިން ސްކޫލް ބަދަލުކުރަނީ ކުލި ބޮޑުކަމުން ކަމަށް އޭޝިއާ އެކަޑަމީ އޮފް އެރޮނޯޓިކްސް އިން ބުނި ފަހުން ގަން އެއާޕޯޓް ހިންގަމުންދާ ކުންފުނި އޭއައިއޭ އިން ބުނެފައިވަނީ ފްލައިން ސްކޫލުން އެކުންފުންޏަށް އަދި ސަރުކާރަށް ވެސް މާބޮޑު ފައިދާއެއް ނުލިބޭ ކަމަށެވެ.

  ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ގަން އިންޓަނޭޝަނަލް އެއރޕޯޓް ހިންގާ ކުންފުނި އޭއައިއޭގެ ޑިރެކްޓަރު އިބްރާހިމް ނޫރައްދީން ވިދާޅުވީ، ފްލައިން ސްކޫލް ގަމުގައި ހިންގަން ދީފައިވަނީ 2009 ވަނަ އަހަރުން ފެށިގެން 10 އަހަރު ދުވަހަށް ކަމަށެވެ. އަދި އެ މުއްދަތުގެ ކުރިން އެއްބަސްވުން ބާތިލްކުރަން ނޫޅޭ ކަމަށް އިބްރާހިމް ނޫރައްދީން ވިދާޅުވި އެވެ.

  ފްލައިން ސްކޫލުން ޕައިލެޓްކަން ކިޔަވާ ކޮންމެ ކުއްޖެއްގެ އަތުން 45000 ޑޮލަރު ނަގާކަމަށާ  މިދިޔަ އަހަރު އެކަނިވެސް ފުލްޓައިމް 150 ކުދިން އެ ސްކޫލުގައި އުޅުނު ކަމަށް އިބްރާހިމް ނޫރައްދީން ވިދާޅުވިއެވެ. އިބްރާހިމް ނޫރައްދީން ވިދާޅުވީ  މިހާތަނަށް 354 ކުދިން ގަމުގައި ކުރިއަށް ގެންދެވުނު ކޯސް ނިންމާފައިވާއިރު އެކުދީންގެ  ކިޔެވުމުގެ ފީން މިދިޔަ އަހަރު އެކަނި ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ފްލައިން ސްކޫލަށް ލިބިފައިވާނެކަމަށެވެ.

  “މިހާ ހިސާބަށް ގާތްގަނޑަކަށް 12 މިލިއަން ޑޮލަރު ލިބިއްޖެ. އައްޑޫ އެއާޕޯޓަށް 2012 އިން 2018 އަށް ލިބުނީ 38،000 ޑޮލަރު. ބައެއް ބިން ކުއްޔަށް ދީގެން 4 ލައްކަ ޑޮލަރު. އެހެންވީމަ ފްލައިން ސްކޫލުން އަތޮޅަށް ވަންނަ އެއްޗެއް ނުވަތަ ސަރުކާރަށް ވަންނަ އެއްޗެއް ވަރަށް ކުޑަ،” އޭނާ ވިދާޅުވި އެވެ.

  މަސްދަރު: މިހާރު ނޫސް

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  “ސައުފުތާހެރި އައްޑޫސިޓީ” ގެ ނަމުގައި ސާފްކުރުމުގެ ޕްރޮގްރާމެއް ހިތަދޫގައި ކުރިއަށް ގެންގޮސްފި

  Advertisement “ސައުފުތާހެރި އައްޑޫސިޓީ” ގެ ނަމުގައި ހިތަދޫ ގޮޑުދޮށް ސާފުކުރުމަށް ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތެއްގައި އޮސްޓްރޭލިއާގެ ދަރިވަރުންތަކެއް  ބައިވެރިވެ ...

  50 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށް އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި

  އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް  50 މޭލާށް ވައިގަދަވެދާނެކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއިބެހޭ އިދާރާ މެޓް ...

  މާދަމާ އިން ފެށިގެން މާލެ ސިޓީ ސަރަހައްދުގައި ތިން ގަޑިއިރަށް ކާފިއު ހިންގަނީ

  މާދަމާއިން ފެށިގެން ވަކި ވަގުތުތަކެއްގައި މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ މަގުތައް މައްޗަށް ނުކުމެ އުޅުމާއި، އުޅަނދު ފަހަރު ...

  އައްޑޫ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 10 މީހުން ދޫކޮށްލައިފި

  އައްޑޫގައި ދާދި ފަހުން ނުރައްކާތެރި މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހަކު ދޫކޮށްލައިފި އެވެ. ...

  12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި

  ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. ސުޕްރީމް ...

  އެކްސިޑެންޓްގެ މައްސަލައަކާ ގުޅިގެން މުހުއްމާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

  އެކްސިޑެންޓަކާއި ގުޅިގެން މުހައްމަދުދީދީ ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ. ފުލުހުންގެ ވެބްސައިޓްގައި  ހާމަކޮށްފައިވަނީ  ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓަށް ...