އައްޑޫގައި ތިބި ބަންގްލަދޭޝް މީހުން ގައުމަށް ދާން ބޭނުންނަމަ ރަޖިސްޓްރީވުމަށް އަންގައިފި

އައްޑޫސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވާ މީހުން ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، އެނބުރި ޤައުމަށް ދާން ބޭނުންވާ ފަރާތްތަކުން އައްޑޫގެ އަވަށްތަކުގައި ގާއިމު ކޮށްފައިވާ ސޯޝަލް ސަޕޯޓް ޑެސްކް (އެސް.އެސް.ޑީ) ތަކުގައި 2020 މޭ 25 ވަނަ ދުވަހުގެ 20:00 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް އެދޭ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ އައްޑުއަށް ބަންގްލަދޭޝް ރައްޔިތުން ގެނެސްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ވެސް އެއަވަށެއްގެ އެސް.އެސް.ޑީ ތަކުގައި ބަންގްލަދޭޝް ރައްޔިތުން ރަޖިސްޓަރީ ކުރެވިދާނެ ކަމަށެވެ. މީގެ އިތުރަށް ކައުންސިލުން ބުނީ، އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ލިޔެކިޔުން ފުރިހަމަ ނުވާ މީހުންނަށް ވެސް ރަޖިސްޓަރީވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެސް.އެސް.ޑީ ތަކުގައި ރަޖިސްޓަރީކުރުމަށް ގުޅާނެ ނަންބަރުތައް:-

  1. ހިތަދޫ އިން 7789042
  2. މަރަދޫ އިން 7789043
  3. މަރަދޫފޭދޫ އިން 7789045
  4. ފޭދޫ އިން 7789044
  5. މީދޫ އިން 7789041
  6. ހުޅުދޫ އިން 7789046

އައްޑޫސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އަނބުރާ ދާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލާފައި ވާއިރު، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ތާށިވި ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވެސް ވަނީ އެމީހުންގެ ގައުމަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި ބިދޭސީންގެ މައްސަލަތައް ބޮޑުވެފައި ވާއިރު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް 105،000 އެއްހާ ބިދޭސީން އުޅޭކަމަށް ލަފާ ކުރެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ޕާސްޕޯޓް އަދި ވޯރކްޕާމިޓް ފަދަ ރަސްމީ ލިޔެކިޔުމެއް ނެތެވެ. ޕާސްޕޯޓް ނެތް މީހުންގެ ޕާސްޕޯޓް ހައްދަން ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

” ސޮއި 19 ” ގެ ނަމުގައި %20 ގެ ޑިސްކައުންޓްލިބޭ ފިހާރައެއް މިރޭ މީދޫގައި ހުޅުވެނީ

” ސޮއި 19 ” ގެ ނަމުގައި އަންނައުނު ވިއްކާ ފިހާރައެއް މިރޭ 8:00 ގައި މީދޫގައި ހުޅުވާގޮތައް ...

ކޮޮވިޑް-19: ފުވައްމުލަކުން މީހަކު ޕޮޒިޓިވް ވެއްޖެ

ޏ. ފުވައްމުލަކުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެނގިފައިވާ ގޮތުގައި ފުވައްމުލަކުން ޕޮޒިޓިވް ވެފައިވަނީ ފުވައްމުލަކުގައި ހޯމު ކަރަންޓީނުގައި ...

މީދޫ ޔޫތު ޗެލެންޖް 2020 ގެ ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތް މާދަމާ ހަވީރު ފަށަނީ

މީދޫ ގެ ޒުވާނުން އިސްނަގައިގެން މީދޫ ޔޫތްޗެލެންޖް 2020  ގެ  ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތެއް މާދަމާ ( ...