ޤައުމު އަޅުވެތިކުރަން ގޮވާލާ އެކަމަށް ހިތްވަރުދިނުމަކީ ބޮޑު ފާފައެއް- ޖަމްޢިއްޔަތުއް ސަލަފް

ދިވެހި ޤައުމު އަޅުވެތިކުރުމަށް ބޭރުގެ ފަރާތްތަކަށް ދަޢުވަތު ދީ، ހިތްވަރުދިނުމަކީ ޚިޔާނާތްތެރި އަނިޔާވެރި އަމަލެއް ކަމަށްބުނެ، ޖަމްޢިއްޔަތުއް ސަލަފުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޖަމްޢިއްޔަތުލް ސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަޚުގައި އުފެދޭ ނުތަނަވަސްކަމާއި ޚިޔާލު ތަފާތުވުމުގެ ތެރެއިން ދިވެހިންގެ ޤައުމު އަޅުވެތިކުރުމަށް ބޭރުގެ ފަރާތްތަކަށް ބައެއް ސިޔާސީ ވެރިން ސީދާކޮށް އަދި ނުސީދާކޮށް ދަޢުވަތުދެމުންދާކަމަށެވެ. އަދި އިސްލާމީ ޤައުމެއްގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫ އަރާ ފަދަ އަމަލެއް ހިންގުމާއި އެފަދަ އަމަލެއް ހިންގުމަށް ގޮވާލާ ޢަދާވާތްތެރިންނަށް އެކަމަށް މަގުފަހިކޮށްދިނުމަކީ ޝަރުޢީ ގޮތުން ބޮޑު ފާފައެއް ކަމަށްވެސް ސަލަފުގެ ބަޔާނުގައިވެއެވެ.

ސަލަފްގެ ބަޔާނުގައި މިފަދަ ނޭއްގާނީ ކަންކަން ކުރާ ފަރާތްތަކަށް ތާޢީދުކޮށް ހިތްވަރުދިނުމަކީ ޚިޔާނާތްތެރި އަދި އަނިޔާވެރި އަމަލެއް ކަމަށާއި މިފަދަ ކަންކަމުން ބަރީއަވެ ތިބުމަށް ޖަމްޢިޔަތުއް ސަލަފުގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

ޤައުމު އަޅުވެތިކުރުމަށް ބޭރުގެ ފަރާތްތަކަށް ދަޢުވަތު ދިނުމަކީ ބޮޑު ފާފައެއްކަމަށް ޖަމްޢިއްޔަތުއް ސަލަފުން ބުނެފައިވާއިރު، އެމްޑީޕީގެ އިސްބޭފުޅުން ދަނީ މިފަދަ ކަންކަމަށް ގޮވާލަމުންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސީއެންއެންގައި ރާއްޖޭގެ އިޝްތިހާރު ދެއްކުމަށް އެއްބަސްވެއްޖެ

އެމްއެމްޕީއާރްސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުމުގެ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ސީއެންއެންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މާޗު މަހުގެ ފުރަތަމަ ...

ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރާ ބަޔަކު ހޮވުމުން އެމްޑީޕީ އިތުރަށް ބަލިކަށިވާނެ – ވަސީމު

އެމްޑީޕީގެ ގައުމީ މަޖިލިހުގެ މަގާމްތަކަށް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ އެއްވެސް ބަޔަކު ހޮވުމަކީ އެމްޑީޕީ އިތުރަށް ބަލިކަށި ...

ބީއެމްއެލްއަށް ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ރޭ ...