ގައުމު ސްޓްރީޓް ކަޕް – ޗެލެންޖާސްއިން ކްލަބް ރިވެރިން ބަލިކޮށްފި

    ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު މީދޫ ޗެލެންޖާސް ކާމިޔާބުކޮށްފިއެވެ.

    ރޭ މީދޫފުޓްސަލް ދަނޑުގައި ކުޅެވުނު މިމުބާރާތުގެ ފުރަތަމަ މެޗުން ޗެލެންޖާސް ކާމިޔާބުކޮށްފައިވަނީ ހިތަދޫ ކްލަބް ރިވެރިންއާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ.

    ވާދަވެރިކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޗެލެންޖާސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ 9 ވަނަ މިނިޓްގެތެރޭގައި ކާމިޔާބުކޮށްދިނީ  އެޓީމުގެ ވިޝޭއެވެ.

    މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިމެޗްގައި ކާމިޔާބުކޮށްފައިވާ ހަމައެކަނި ލަނޑު ޗެލެންޖާސްއަށް ކާމިޔާބުކޮށްދިން ވިޝޫއެވެ.

    ރޭގެ މެޗްގައި ޗެލެންޖާސްއަތުން ބަލިވި ހިތަދޫ ކްލަބް ރިވެރިންއަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރމަހުގެ ތެރޭގައި މީދޫގައި ” ސިޔާކަޕް ” ގެ ނަމުގައި ބޭއްވުނު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަންހޯދާފައިވާ ތަޖުރިބާކާރު މޮޅުކުޅުންތެރީންތަކެއް ހިނޭ ޓީމެކެވެ. އަދި ރޭ ކުޅެވުނުމެޗްގައިވެސް ރިވެރެިންޓީމުން ސިޔާކަޕްގައި ހިމެނުނު ގިނަ ކުޅުންތެރީން ހިމެނިފައިވާކަން ފާހަގަކުރެވުނެވެ.

    ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ރަނައަޕްޓީމަކަށް ފަސްހާސްރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  4 ގުރޫޕަކަށް ބަހާލައިގެންނެވެ.

    މިމުބާރާތާ ބެހޭގޮތުން ގައުމު އެފްސީގެ އައްޕޯ ބުނީ މިމުބާރާތުގެ މަގުސަދަކީ ފުޓްބޯޅައަށް އޮންނަ ލޯބި ޒުވާނުންގެ ތެރޭގައި އިތުރުކޮށް އެފުރުސަތު ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ފުޓްބޯޅައަށް ޒުވާނުން އިތުރަށް އަހުލުވެރިކުރުންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

    “މިމުބާރާތުގެ ސަބަބުން މުބާރާތުގައި ބައިވެރިވާ ޓީމްތަކަކަށް  ކުޅެމުންދާ ކުދިންގެ ފިޓްނަސް ރަގަޅުވެ އިތުރު މުބާރާތެއްގައި  ކުޅުމަށް ފުރުސަތު އެކުދީންނަށް ލިބިގެންދާނެ . އެހެންކަމުން މުބާރާތުގެ މަޤުސަދު ހާސިލުވާނެ.” އައްޕޯ ބުންޏެވެ.

    މިޚަބަރާގުޅޭ ފޮޓޯ : ލުބުނާ މަޖީދު މުޚްތާރު

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލްގެ މެޗްތައް މިރޭ ފަށަނީ

    ގައުމު ސްޓްރީޓް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ މެޗުތަކުގެ ތެރެއިން ދެމެޗެއްގެ ކުޅުން މިރޭ ފަށަން ތާވަލްކޮށްފި ...

    ސެމީފައިނަލްގައި މީދޫ ޓީމާ ވާދަކުރާނެ ޓީމަކަށް ފޭދޫ ވޮލީޓީމް ހޮވިއްޖެ

    މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫގައި ބާއްވާ ” އައިވީ މިކްސްޑް ވޮލީކަޕް 2020 ” ...

    ސްރީދޭވީ މަރުވެއްޖެ

    ބޮލީވުޑްގެ ކާމިޔާބު ބަތަލާ ސްރީދޭވީ ވަރަށް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. ސްރީދޭވީ މަރުވެފައި ވަނީ ހިތް ހުއްޓިގެން، ހޮނިހިރު ...

    ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސް-ބަލި ކޮންޓްރޯލް ކުރުމަށް ރަށްޔިތުން ފަރުދީ ޒިންމާ ނަގަންޖެހޭ-ރޑ. މުރާދު

      ކޮވިޑް 19 އަށް ގިނަ އަދަދެއްގެ ޒުވާނުން ޕޮޒިޓިވްމުންދާ ކަމަށާ އައިޖީއެމްއެޗްގެ  ޑީއެޗް-11ގައި އެޑްމިޓް ކޮށްގެން  ފަރުވާ ދެމުންދާ ...

    ކޯވިޑް-19: ކެފޭ ރެސްޓޯރަންޓް ތަކުގައި ޝީޝާ ބުއިން މަނާކޮށްފި

    ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން ...

    ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެއްޖެ

    ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް  އަށްޕޮޒިޓިވްވެއްޖެ އެވެ. އުމުރުން 19 އަހަރުގެ ...