ގައުމު ސްޓްރީޓް ކަޕް : މަންތަރަ އާއި ހަބޭސްގެ ކުރިމަތިލުމުން ހަބޭސް ކުރި ހޯދައިފި

    ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ޑީގައި ހިމެނޭ ޓީމްތަކުގެ ތެރެއިން އެންމެ ވާދަވެރި ދެޓީމްގެ ގޮތުގައި ބެލޭވޭ އެފްސީ މަންތަރަ އާއި  ހަބޭސްގެ ކުރިމަތިލުމުން ހަބޭސް ކުރި ހޯދައިފިއެވެ.

    އައްޑޫސިޓީ މީދޫގައި  މިހާރު ކުރިއަށްދާ މިމުބާރާތުގައި މިރޭ ކުޅެވުނު މި މެޗް ހަބޭސް ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.

    މިމެޗްގެ ފުރަތަމަ ހާފް 0-0 ން އެއްވަރުވެގެން ނިމުނު ކަމުގައިވިޔަސް ދެވަނަ ހާފްގެ 9 ވަނަ މިނިޓްގައި ހަބޭސްއިން މިމެޗްގައި ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދިއެވެ. ހަބޭސްއިން ކާމިޔާބުކުރި މިލަނޑު އެޓީމަކަށް ކާމިޔާބުކޮށްދިނީ އަހުމަދު ޒަޔަން ރިޔާޒެވެ.  ހަބޭސްއިން ކާމިޔާބުކުރި މިލަނޑު އެޓީމުގެ ޒަޔަން ކާމިޔާބުކޮށްފައިވަނީ މަންތަރައިގެ ކީޕަރަށް ފައުލްކޮށްގެންކަމަށްބުނެ މަންތަރަ ކުޅުންތެރީން ވަރަށް ބޮޑަށް މިލަނޑު ޖެހުމާއެކު ރެފްރީންނާއި މައްސަލަ ޖެއްސިއެވެ. އެހެންނަމަވެސް ރެފްރީން ނިންމީ އެއީ ރަގަޅު ލަނޑެއްކަމަށެވެ.

    ހަބޭސް އިން ލަނޑެއް ޖަހާ މެޗްގެ ލީޑު ހޯދުމުން މަންތަރަ ކުޅުންތެރީންވެސް ލަނޑެއް ކާމިޔާބުކުރުމަށް އިތުރަށް މަސައްކަތްކޮށް ގިނަ ހަމަލާތަކެއް ހަބޭސްގެ ގޯލަށް ފޮނުވުމަށް މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް މަންތަރައިގެ ކުޅުންތެރީން ފޮނުވާލި ގިނަ ބޯޅަތައް ހަބޭސްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.  އަދި މީގެ އިތުރަށް ހަބޭސްގެ ކުޅުންތެރީންވެސް އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑު ފުޅާ ކުރުމަށް މަސައްކަތްކޮށްފައިވެއެވެ. މިގޮތުން ހަބޭސްގެ ކުޅުންތެރީން މަންތަރައިގެ ގޯލާ އަމާޒުކޮށް ފޮނުވާލި ގިނަ ހަމަލާތަކެއް މަންތަރައިގެ ގޯލް ބަލަހައްޓަމުންދިޔަ ބޮޑީ ވަނީ ކުޅަދާނަކަމާއެކު ދިފާއުކޮށްފައެވެ.

    މިމެޗުން ހަބޭސް މޮޅުވުމުން ދެމެޗު ކުޅެގެން އެޓީމަށް ލިބިފައިވަނީ 4 ޕޮއިންޓެވެ.

    މިމެޗުން ދެރަވި މަންތަރައަށް ދެމެޗު ކުޅެގެން ލިބިފައިވަނީ 1 ޕޮއިންޓެވެ.

    ގިނައަދަދެއްގެ ބަޔަކު ކުޅިބަލަން ދަނޑަށް ހާޒިރުވި މިމެޗަކީ މިމުބާރާތުގައި މިހާތަނަށް ކުޅެވުނު އެންމެ ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެއްމެޗެވެ. މިމެޗްގައި ރެފްރީންގެ ބައެއް ނިންމުންތަކާ ހިތްހަމަ ނުޖެހިގެން ޝަކުވާ ކުރި ހަބޭސްގެ ދެކުޅުންތެރިއަކަށް ރެފްރީ ވަނީ ބްލޫކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިގޮތައް ދަނޑުން ފޮނުވާލެވޭ ކުޅުންތެރީންގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ކުޅުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭއިރު ކާޑު ދައްކައި ދަނޑުން ފޮނުވާލެވޭ ކުޅުންތެރީންނަށް 2 މިނިޓްފަހުން އަލުން ކުޅުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެއެވެ.

    މިމެޗްގެ މޮޅު ކުޅުންތެރިއަކަށް  ހަބޭސްގެ ލިރު ހޮވިފައިވާއިރު ޓްރޮފީއާއި ސެޓްފިކެޓް އަދި މަންނަގެ ފަރާތުން ހުށަހަޅާފައިވާ އިނާމު ލިރުއާއި ހަވާލްކޮށްދެއްވީ އަޒުމީނާއެވެ.

    ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ރަނައަޕްޓީމަކަށް ފަސްހާސްރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  4 ގުރޫޕަކަށް ބަހާލައިގެންނެވެ.

    މިމުބާރާތާ ބެހޭގޮތުން ގައުމު އެފްސީގެ އައްޕޯ ބުނީ މިމުބާރާތުގެ މަގުސަދަކީ ފުޓްބޯޅައަށް އޮންނަ ލޯބި ޒުވާނުންގެ ތެރޭގައި އިތުރުކޮށް އެފުރުސަތު ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ފުޓްބޯޅައަށް ޒުވާނުން އިތުރަށް އަހުލުވެރިކުރުންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

    “މިމުބާރާތުގެ ސަބަބުން މުބާރާތުގައި ބައިވެރިވާ ޓީމްތަކަކަށް  ކުޅެމުންދާ ކުދިންގެ ފިޓްނަސް ރަގަޅުވެ އިތުރު މުބާރާތެއްގައި  ކުޅުމަށް ފުރުސަތު އެކުދީންނަށް ލިބިގެންދާނެ . އެހެންކަމުން މުބާރާތުގެ މަޤުސަދު ހާސިލުވާނެ.” އައްޕޯ ބުންޏެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވައިފި

    ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ ...

    ކަނޑު އުޅަދަކުން އައްޑޫގެ އަވަށަކަށް މީހުން ބޭލުމުގެ ކުރީން އެކަން އެންގުމަށް އިއުތިމާސްކޮށްފި

    އެމްޕީއެލް ފެރީ ނިޒާމުގެ ތެރެއިން ނޫންގޮތަކަށް މީހުން ގޮވައިގެން ރާއްޖޭގެ އެއްވެސް ތަނަކުން ފުރައިގެން އައްޑޫގެ އެއްވެސް އަވަށަކަށް ...

    އުރީދޫއިން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތަޢާރަފްކޮށްފި

    ގިނަ އަދަދެއްގެ ފިލްމާއި ވީޑިއޯ ބަލާލެވޭ އެމޭޒަން ޕްރައިމް ވީޑިއޯ، އުރީދޫގެ ކަސްޓަމަރުންނަށް ތަޢާރަފްކޮށްފިއެވެ. އެމޭޒަން ޕްރައިމް ވީޑިއޯއަކީ ...

    ވީބީގައި މަސައްކަތް ކުރާ 8 މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

    ވީބީ ބްރަދާސްގައި މަސައްކަތް ކުރާ 8 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. ތަފްސީލު އަންނަނީ

    ގައުމު ސްޓްރީޓް ސޮކަރ ޓޯނަމެންޓް 2020 ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

    ގައުމު ސްޓްރީޓް ސޮކަރ ޓޯނަމެންޓް 2020 ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައި އެކަން އިއުލާންކޮށްފިއެވެ. ގައުމުން ...

    ފޮޓޯއިން ޚަބަރު : ފެންހިންދާ ކާނުތަކެއް ހެދުން

    މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ އަޅިވިލާމަގުން ބްރޯސް ރެސްޓޯރެންޓް ކައިރިން ފަށައިގެން މެދު ބަނދަރާއި ދޭތެރޭ ...