ގައުމު ސްޓްރީޓް ކަޕް – ލޮތަރި އާއި ރިވެރިންގެ ކުރިމަތިލުން- ފައިނަލްމެޗު މިރޭ

ގައުމު ސްޓްރީޓްގެ ނަމުގައި މީދޫގައި ބާއްވަމުން އައި  ސްޓްރީޓް ކަޕް ފުޓްބޯޅަ  މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ.

މުބާރާތުގެ ފައިނަލުގައި ވާދަކުރަނީ ހިތަދޫ ކްލަބް ރިވެރިން ނެކްސަސްއާއި މީދޫ  ލޮތަރި އެފްސީއެވެ.

މިދިޔަ މަހުގެ 15   ވަނަ ދުވަހު ފެށި މި މުބާރާތުގައި އައްޑޫސިޓީގެ   6 އަވަށަކުން ޖުމްލަ 20 ޓީމު ބައިވެރިވިއެވެ.

މި މުބާރާތުގައި ބައިވެރިވި 20 ޓީމް 4 ގްރޫޕަކަށް  ބަހާލައިގެން ކުޅުމަށްފަހު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދި 2 ޓީމު ވަނީ ކުއާޓާ ފައިނަލަ ހޮވިފައެވެ.

މި މުބާރާތުގެ ފައިނަލަށް ހިތަދޫ ރިވެރިން ދަތުރުކުރީ ސެމީފައިނަލްގައި މިމުބާރާތުގައި ވާދަކުރި ޓީމްތަކުގެ ތެރެއިން ގިނަ ބައެއްގެ ފޭވަރިޓް އެއްޓީމުގެ ގޮތުގައި ބެލެވުނު  ފޭދޫ ހަބޭސް 1 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ.

ރިވެރިންގެ ކުޅުންތެރީން- ސެމީފައިނަލްމެޗްގައި ލަނޑު ކާމިޔާބުކުރުމަށްފަހު އުފާ ފާޅުކުރަނީ

މީދޫ ލޮތަރި އެފްސީ މިމުބާރާތުގެ ފައިނަލުން ޖާހަގަ ހޯދީ މިމުބާރާތުގައި ވާދަކުރި ޓީމްތަކުގެ ތެރެއިން ވަރުގަދަ އެއްޓީމްކަމުގައިވާ ސަންއޮފް ލޮންސް ޕެނަލްޓީ ޖަހައިގެން 2 ލަނޑު 1 ލަނޑުން ބަލިކޮށްފައެވެ. ސަންއޮފްލޮންސާއި ލޮތަރި އެފްސީއަކީ މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި އެއް ގްރޫޕެއްގައި ހިމެނުނު ދެޓީމެވެ. ގްރޫޕް މެޗްތަކުގައި މިދެޓީމް ވާދަކޮށް 2 ލަނޑު 0 ލަނޑުން  މޮޅުވެފައިވަނީ ސަން އޮފްލޮންސްއެވެ.

ފޯރިގަދަވާނެ ކަމަށް ބެލެވޭ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި މީދޫ ފުޓްސަލް ދަނޑުގައެވެ.

މިފަހަރުގެ މިމުބާރާތުގެ ފައިސާގެ އިނާމްތަކަށް ބަލާއިރު ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ރަނަރަޕް ޓީމަށް 5،000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.

މިމުބާރާތާ ބެހޭގޮތުން ގައުމު އެފްސީގެ އައްޕޯ ބުނީ މިމުބާރާތުގެ މަގުސަދަކީ ފުޓްބޯޅައަށް އޮންނަ ލޯބި ޒުވާނުންގެ ތެރޭގައި އިތުރުކޮށް އެފުރުސަތު ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ފުޓްބޯޅައަށް ޒުވާނުން އިތުރަށް އަހުލުވެރިކުރުންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

“މިމުބާރާތުގެ ސަބަބުން މުބާރާތުގައި ބައިވެރިވާ ޓީމްތަކަކަށް  ކުޅެމުންދާ ކުދިންގެ ފިޓްނަސް ރަގަޅުވެ އިތުރު މުބާރާތެއްގައި  ކުޅުމަށް ފުރުސަތު އެކުދީންނަށް ލިބިގެންދާނެ . އެހެންކަމުން މުބާރާތުގެ މަޤުސަދު ހާސިލުވާނެ.” އައްޕޯ ބުންޏެވެ.

މިޚަބަރާގުޅޭ ފޮޓޯ : ލުބުނާ މަޖީދު މުޚްތާރު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމް.އެން.ޔޫ ވޮލީ ބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ނިޔާވެއްޖެ

ހުންއައިސް ހާލު ސީރިއަސްވެ އިންޑިއާގައި ބޭސްފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގައުމީ ޔުނިވާސިޓީގެ ދަރިވަރު އުމުރުން 19 އަހަރުގެ ...

ފުވައްމުލަައް ސިޓީން ކޮވިޑް-19 ގެ 2 ވަނަ ޕޮޒިޓިވް ކޭސް އެއް ފެނިއްޖެ

ފުވައްމުލަކުން ކޮވިޑް-19 ގެ 2 ވަނަ ޕޮޒިޓިވް ކޭސް އެއް މިއަދު ރިޕޯޓް ކޮށްފިއެވެ. ފުވައްމުލަކު ހޮސްޕިޓަލުން ދާދި ދެންމެއަކު ...

މަތިމަރަދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމަށް ބަޔަކާ ޙަވާލުކުރައްވައިފި

ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ލ. ގަމުގެ މަތިމަރަދޫ އައުޓްޑޯ ވޮލީބޯޅަ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ...