ގައުމު ސްޓްރީޓް ކަޕް : މީދޫ ލޮތަރި އެފްސީ ފައިނަލަށް

    ގައުމު ސްޓްރީޓް ކަޕް  – ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި މީދޫ ލޮތަރި އެފްސީއާއި ބައްދަލުކޮށް މިމުބާރާތުގައި ވާދަކުރިޓީމްތަކުގެ ތެރެއިން ގިނަ ބައެއްގެ ފޭވަރިޓް އެއްޓީމުގެ ގޮތުގައި ބެލެވުނު  ފޭދޫ ސަންއޮފް ލޮންސް ޕެނަލްޓީ ޖަހައިގެން ބަލިވެ މުބާރާތުން ކަޓައިފިއެވެ.

    މިރޭގެ މެޗު ފެށުމުގެ ކުރިންވެސް ކުއާޓަރގެ ބޮޑުމެޗުގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރި މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ ރަނގަޅަށް ކުޅެފައިވަނީ ސަންއޮފްލޮންސް  ކަމުގައިވިޔަސް މެޗުގައި ލަނޑު ޖަހާނެ ހުސްފުރުސަތެއް އެޓީމުގެ ކުޅުންތެރީންނަށް ލިބިފައެއްނުވެއެވެ.

    މިމެޗްގެ ދެވަނަ ހާފްގެ ފަހުވަގުތުގެ ކުޅުމާ ހަމައަށްދިޔައިރު 4 ފައުލް ކުރެވިފައިވާތީއާއި އިތުރު ފައުލެއް ކުރެވިއްޖެނަމަ ލޮތަރި އެފްސީއަށް ޕެނަލްޓީ ލިބުމާއި ލަނޑެއް ނުޖެހި މެޗް އެއްވަރުވެގެންދާތީ ޕްރެޝަރުގައި ކުޅެމުންދިޔަ ސަންއޮފްލޮންސްގެ ކުޅުންތެރީން މެޗްގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރީން ލަނޑެއް ކާމިޔާބުކުރެވޭތޯ ކުރިއަށް ޖެހި ވަރަށްބޮޑަށް މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް ބެންޗުގައި އިރުޝާދު ދޭނެ ތަޖުރިބާކާރު އޮފިޝަލަކު ނެތި އަދި ތަޖުރިބާ މަދު ޒުވާން ކުޅުންތެރީން ހިމެނޭ ލޮތަރި އެފްސީގެ ކުޅުންތެރީންވަނީ މެޗްގެ ފުރިހަމަ ވަގުތުގައި ސަންއޮފްލޮސްއަށް ލަނޑެއް ކާމިޔާބުކުރުވިޔަނުދީ އެޓީމް ހިފަހައްޓާފައެވެ.

    މިމެޗް އެއްވަރުވެގެން ނިމުމާއެކު މޮޅުވާޓީމެއް ކަނޑައެޅުމަށް  ޖެހި ޕެނަލްޓީގައި ލޮތަރިން ވަނީ އެޓީމުން ޖެހި 3 ޕެނަލްޓީގެ ތެރެއިން 2 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ސަން އޮފް ލޮންސް އިން ޖެހި 3 ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ 1 ޕެނަލްޓީއެވެ.

    ޕެނަލްޓީ ޖެހިޖެހުމުގައި ފުރަތަމަ ޕެނަލްޓީ ޖެހީ ލޮތަރި އެފްސީންނެވެ. ލޮތަރިން ޖެހި ފުރަތަމަ ޕެނަލްޓީ ޒާލިފް ( ޓެރީ ) ކާމިޔާބުކޮށްދީފައިވާއިރު ސަން އޮފް ލޮންސްއިން ޖެހި ފުރަތަމަ ޕެނަލްޓީ އަލީ ނާފިއު ( ކަޅޭ ) ވަނީ ކާމިޔާބުކޮށްދީ 1-1 ން މެޗްގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

    ލޮތަރި އެފްސީގެ ދެވަނަ ޕެނަލްޓީގައި މުންސިފް ޖެހިބޯޅަ ގޯލް ދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު ސަން އޮފް ލޮންސްގެ 2 ވަނަ ޕެނަލްޓީގައި އަރުމީޝް ޖެހި ޕެނަލްޓީ ގޯލާ އަމާޒުނުވެ ވަނީ ބޭރަށް ގޮސްފައެވެ.

    ލޮތަރި އެފްސީން ޖެހި 3 ވަނަ ޕެނަލްޓީގައި ރަޔަން ފޮނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ގޯލްތެރެއަށް ވަދެގެން 2-1 ގެ ލީޑެއް ލޮތަރިޓީމަށް ލިބުނެވެ.

    ސަން އޮފް ލޮންސްގެ 3 ވަނަ ޕެނަލްޓީ ޝިއާއު ފޮނުވާލިއިރު އެޓީމުގެ ބައެއް ކުޅުންތެރީން ތިބީ ޝިއާއު ޕެނަލްޓީގައި ބޯޅަ ފޮނުވާލިއިރު އެމަންޒަރު ނުބަލަން ވެގެން އަނެއް ފަރާތަށް އެބުރިގެންނެވެ. އެކަމަކުވެސް ޝިއާއު ޕެނަލްޓީގައި ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ބޭރަށް ދިއުމުން މިމެޗުން 2 ލަނޑު 1 ލަނޑުން ލޮތަރި އެފްސީ މޮޅުވެ އެޓީމްވަނީ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

    މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަންއޮފްލޮންސްގެ ގިނަ ހަމަލާތަކެއް ދިފާއުކުރުމުގައި ލޮތަރި ޓީމްގެ ފަހަތަށް ކުޅެ މިމެޗްގައި މޮޅުކުޅުމެއް ދެއްކި ލޮތަރިޓީމްގެ ޒާލިފް ( ޓެރީ ) އެވެ.

     

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ހުޅުދޫގައި ޕޮލިސް ވެހިކަލާ ސައިކަލެއް ޖެހި އެކްސިޑެންޓް އެއް ހިގައި

    ހުޅުދޫ ޑިމިޝްކަރަ ސަރަހައްދުން ޕޮލިސް ވެހިކަލާއި ކައިކަލެއް ޖެހި އެކްސިޑެޓް ހިގައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުން މިއެކްސިޑެންޓް ހިގާފައިވަނީ ހުޅުދޫ ...

    ވޯލްޑިވްސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝް ހޮވިއްޖެއެ

    ވޯލްޑިވްސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝް ހޮވިއްޖެއެވެ. މައްސަލަ ބޮޑުވެފައިވާ ވީއޭއެމްގެ ...

    ކޯވިޑް-19 : އަނެއްކާވެސް އިތުރު 14 މީހަކު ޕޮޒިޓިވް

    ރާއްޖެއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 27 ...

    ރެއާލް ވަލަޑޮލިޑް މައްޗަށް ހަނި މޮޅެއް ހޯދައި ރެއާލްމެޑްރިޑް އެއްވަނައަށް

    ސްޕެނިޝް ލީގުގެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ރެއާލްމެޑްރިޑަށް ލިބިއްޖެވެ. ރެއާލްމެޑްރިޑަށް ޕޮއިންޓް ޓޭބަލްގެ އެއްވަނަ ލިބިފައިވަނީ ރޭ ރެއާލްވަލަޑޮލިޑް ...

    ކޯވިޑް-19 : ރާއްޖެއިން ބަލިޖެހުނު ދެމީހަކު ރަނގަޅުވެއްޖެ

    ރާއްޖޭގައި ކޯވިޑް 19 ޖެހުނު މީހުންގެ ތެރެއިން 2 މީހަކު މުޅިން ރަނގަޅުވެފައިވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ...

    އިއްޔެ 103 ދިވެހިނާއިއެކު ޖުމްލަ 133 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

    އިއްޔެވެސް  103 ދިވެހިނާއިއެކު ޖުމްލަ 133 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެ  ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުން ...