ގައުމު ސްޓްރީޓް ކަޕް – ވިއްސާރަވުމުގެ ސަބަބުން މިރޭގެ މެޗްތައް ކެންސަލްކޮށްފި

މިރޭ ކުޅުމަށް ތާވަލް ކުރެވިފައިވާ ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ މެޗްތައް މިރޭ ނުބާއްވާގޮތައް  ހަމަޖައްސައިފިއެވެ.

މީދޫގައި ކުރިއަށް ގެންދާ މިމުބާރާތުގެ ސެމީފައިނަލްގެ މެޗްތައް ކެންސަލްކޮށްފައި މިވަނީ ވިއްސާރަ ވުމުގެ ސަބަބުންނެވެ.

ލޮތަރި އެފްސީ: ވިއްސާރަ ވުމުގެ ސަބަބުން މިރޭގެ މެޗްތައްވަނީ ކެންސަލް ކުރެވިފައި

ސެމީފައިނަލްގެ މެޗްތައް ކެންސަލްކުރިކަން ގައުމުން  ހާމަކޮށްފައިވަނީ ގައުމުގެ ފޭސްބުކް ޕޭޖްގައެވެ. އަދި މީގެ އިތުރަށް ސެމީފައިނަލްގައި ކުޅޭ ޓީމްތަކަށްވެސް މިކަން އަންގާފައިވާކަމަށް  މައުލޫމާތު ލިބިފައިވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިންވެސް މިއަދު މެންދުރު ފަހު 14:30 އިން މިރޭ 20:30 އަށް އައްޑޫހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓްވަނީ ނެރެފައެވެ.

އައްޑޫ ހިމެނޭ  މި ސަރަހައްދަށް ނެރެފައިވާ ވައިޓް އެލާޓް  ހާމަކޮށްފައިވާގޮތުން  އެޓާލް ނެރެފައިވާ ވަގުތުތަކުގައި  ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް ހާމަކޮށްފައިވެއެވެ.

މިރޭގެ މެޗްތައް ވިއްސާރަވުމުގެ ސަބަބުން ކެންސަލްކުރިއިރު ގުޅިފައިވާ ރަށްތަކުން މިރޭގެ މެޗްތަކުގައި ކުޅޭ ބައެއްޓީމްތައްވަނީ މީދުއަށް އައިސްފައެވެ.

ޚަބަރާއި ގުޅޭ ފޮޓޯތައް: ލުބުނާ މަޖީދު މުޚްތާރު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީޑިއާނެޓްގެ ފަރާތުން ކަސްޓަމަރުންނާއި ހަމައަށް ސްޓޭ ހޯމް ޕެކޭޖް: 12 ޗެނަލްއެއް މުޅިން ހިލޭ!

ކޮރޯނާ ވައިރަސްއާއި ގުޅިގެން، އާއްމުން ގޭގައި މަޑުކުރުމަށް ހިއްވަރު ދިނުމުގެ ގޮތުން މީޑިއާނެޓުން ދޫކުރާ ޗެނަލްތަކުގެ ތެރެއިން ބައެއް ...

ކޮރޯނާވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 14750 އަށް އަރައިފި

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 14،750 އަށް އަރައިފިއެވެ. މި ބަލި ...

ކޮވިޑް 19 – އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކޮށް މުޅިރާއްޖެ ލޮކް ޑައުންއަކަށް

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް  ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ...