ގައުމު ސްޓްރީޓް ކަޕް ފެށުމުގެ ގޮތުން ކުޅެވުނު ފުޓްސަލް މެޗް ހުޅުދޫ ފަރިޓީމް ކާމިޔާބުކޮށްފި

ގައުމުއެފްސީން އިންތިޒާމްކޮށްގެން މީދޫގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ ” ގައުމު ސްޓްރީޓްކަޕް ” ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ހިމެނިގެން ކުޅެވުނު އަންހެނުންގެ ފުޓްސަލްމެޗް ހުޅުދޫ ފަރިޓީމް ކާމިޔާބުކޮށްފިއެވެ.

މީދޫ ފުޓްސަލް ދަނޑުގައި މިރޭ ކުޅެވުނު މިމެޗް ފަރިޓީމް ކާމިޔާބުކޮށްފައިވަނީ މީދޫޓީމާ ވާދަކޮށް 3 ލަނޑު 0 ލަނޑުންނެވެ.

މިމެޗްގައި ފަރިޓީމުން ކާމިޔާބުކުރި 3 ލަނޑުގެ ތެރެއިން ފުރަތަމަލަނޑު ފުރަތަމަ ހާފްގެ 2  ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޒައިނާއެވެ.

މިމެޗްގައި ފަރިޓީމުން ކާމިޔާބުކުރި 2 ވަނަ ލަނޑު ދެވަނަ ހާފްގެ 8 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މަމްޝޫދާއެވެ. އަދި އެޓީމްގެ 3 ވަނަ ލަނޑު 9 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފުރަތަ ލަނޑުވެސް ކާމިޔާބުކޮށްދިން ޒައިނާއެވެ.

މީދޫ ކައުންސިލަރު ހިޔާޒު ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް މިމެޗްގައި ފަރިޓީމަށް 2 ލަނޑު ކާމިޔާބުކޮށްދިން ޒައިނާއެވެ.

މިމެޗުން މޮޅުވިޓީމަށް ގައުމު އެފްސީން ޓްރޮފީއެއްދީފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފައިނުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކޮށްފި

ފައިނުން ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރު ފައިނު ކައުންސިލުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ...

ވަންޑޭ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ ވުމެން އެފްސީ ހޯދައި

ފުލުހުންގެ 85 ވަނަ އަހަރީދުވަހާއި ގުޅުވައިގެން ފުލުހުން އިންތިޒާމްކޮށްގެން ފޭދޫގައި ބޭއްވި ވަންޑޭ ކަޕް  ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ...

އެކުވެރިކަމުގެ ފުޓްބޯޅަމެޗް: މޮޅުވީ އަތޮޅުމަދަރުސާ ޓީމް

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ސ. އަތޮޅުމަދަރުސާގެ 16 ...