ގައުމު ސްޓްރީޓް ކަޕްގެ ގުރުއަތުލުން ބާއްވައިފި – ފުރަތަމަމެޗްގައި ޗެލެންޖާސްއާއި ކްލަބް ރިވެރިން

ގައުމު އެފްސީ އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމު ސްޓްރީޓް ކަޕް 2020 ގެ ގުރުއަތުލުން ބާއްވައިފިއެވެ.

15 އޯގަސްޓް 2020 ވަނަ ދުވަހުގެރޭ  ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ މިރޭ މީދޫ ފުޓްސަލް ދަނޑުގައެވެ.

މުޅި އައްޑުއަތޮޅަށް  ހުޅުވާލައިގެން ބާއްވާ މިމުބާރާތުގެ ބައިވެރިވުމުގެ  މުއްދަތު ހަމަވި އިރު 20 ޓީމަކުން މުބާރާތުގައި ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި  ރަށުން ބޭރުގެ 15 ޓީމް ހިމެނެއެވެ.

ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ރަނައަޕްޓީމަކަށް ފަސްހާސްރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  4 ގުރޫޕަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރަން ހަމަޖެހިފައިވަނީ މީދޫ އެފްސީ ޗެލެންޖާސްއާއި ހިތަދޫ ކްލަބް ރިވެރިންއެވެ.

2019 ވަނަ އަހަރުވެސް ގައުމުއެފްސީން ” ގައުމުސްޓްރީޓްކަޕް 2019 ” ގެ  ނަމުގައި މުބާރާތެއް ބާއްވާފައިވެއެވެ.

މިމުބާރާތާ ބެހޭގޮތުން ގައުމު އެފްސީގެ އައްޕޯ ބުނީ މިމުބާރާތުގެ މަގުސަދަކީ ފުޓްބޯޅައަށް އޮންނަ ލޯބި ޒުވާނުންގެ ތެރޭގައި އިތުރުކޮށް އެފުރުސަތު ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ފުޓްބޯޅައަށް ޒުވާނުން އިތުރަށް އަހުލުވެރިކުރުންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

“މިމުބާރާތުގެ ސަބަބުން މުބާރާތުގައި ބައިވެރިވާ ޓީމްތަކަކަށް  ކުޅެމުންދާ ކުދިންގެ ފިޓްނަސް ރަގަޅުވެ އިތުރު މުބާރާތެއްގައި  ކުޅުމަށް ފުރުސަތު އެކުދީންނަށް ލިބިގެންދާނެ . އެހެންކަމުން މުބާރާތުގެ މަޤުސަދު ހާސިލުވާނެ.” އައްޕޯ ބުންޏެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. “ސީއެންއެމް” ރިޕޯޓްކޮށްފައިވާގޮތުގައި މިފަހަރު ނަރުދޫއިން ޕޮޒިޓިވްވެފައިވަނީ ...

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- 5 ވަނަމެޗްވެސް އައްޑޫސިޓީ ޕޮލިސް ކާމިޔާބުކޮށްފި

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ 5 ވަނަ މެޗްވެސް އައްޑޫސިޓީ ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު މީދޫ ...

މީދޫ ސޯސަންގޭ ކައިރިން މަގު ކޮނެފައިވަނިކޮށް ސޯސަންގޭގެ ދެކުނު ފަރާތު ފާރު އެއްކޮށް ވެއްޓިއްޖެ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ އެފްކޮންސް އިން ކުރިއައް ގެންދާ މީދޫ  މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ...