ގެއްލުނު ކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަނީ

އައްޑޫ ސިޓީގެ ހިތަދޫން މިދިޔަ ހޮނިހިރު ދުވަހު މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ގެެއްލުނު ކުދިން ހޯދުމަށް މިހާރު އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ގިނަ އަދަދެއްގެ ސިފައިންގެ އިތުރުން ސީޖީ ޑައިވަރުންނާއި އަދި އާންމު ޑައިވަރުންވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އާޒިމް ވިދާޅުވީ ގެއްލުނު ދެކުދިން ހޯދުމަށް މިހާތަނަށް 370 މީޓަރުގެ ސަރަހައްދަކުން 40 މީޓަރު އަޑިއަށް ފީނާހަދައިފައިވާ ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ ގެއްލުނު ކުދިން ހޯދުން ހުއްޓާނުލާނެ ކަމަށާއި އެކަމުގައި އެމްއެންޑީއެފްގައި ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމާށެވެ.

ގެއްލިގެން ހޯދަމުންދާ ކުއްޖެއްގެ ސޯޓެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ އިރު، ދެ ކުދިންގެ ތެރެއިން ކުއްޖެއްގެ ޓީޝާޓެއް ކަމަށް ބެލެވޭ އެއްޗެއް އިއްޔެ ވަނީ ފެނިފަ އެވެ.

ނަމަވެސް ޓީޝާޓަކީ އެ އިން ކުއްޖެއްގެ އެއްޗެއް ނޫން ކަމަށް، އެ ދެ ކުދިންނާ އެކު މޫދަށް އެރި އުޅެނިކޮށް ސަލާމަތްވި 17 އަހަރުގެ އަލީ ރާއިފު ވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނީ ރޭ ...

އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މުސާރަ ބޮޑުކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަ އަންނަ އަހަރުން ފެށިގެން ބޮޑުކުރުމަށް ނިންމާ، މުސާރައިގެ އާ އޮނިގަނޑު ފިނޭންސް ...

ސިއްޙީ ނިޒާމްގެ ތާރީޙްގެ ތެރެއަށް ވަދެގެންދާނެ އެއްކަމަކީ އައިޖީއެމްއެޗްގައި ޑޮކްޓަރުންގެ އިންޓާންޝިޕް ފެށިގެން ދިއުން – ނާޒިމް

ދިވެހިރާއްޖޭގެ ތާރީޚްގައި ސިއްޙީ ނިޒާމަށް އިންގިލާބީ ބަދަލެއް މިސަރުކާރުން ގެނެސްދީފައިވާއިރު، ސިއްޙީ ނިޒާމްގެ ތާރީޚްގެ ތެރެއަށް ވަދެގެންދާނެ އެންމެ ...