50 މީހަކު ގޭގައި ކަރަންޓީން ކުރުމަށް މާލެން އައްޑުއަށް ފޮނުވަނީ

ގޭގައި ކަރަންޓީން ކުރުމަށް މާލެން އައްޑުއަށް 50 މީހަކު ފޮނުވުމަށް ތައްޔާރު ވަމުންދާ ކަމަށް ނޭޝަނަލް އެމަޖެންސީ ސެންޓަރ (އެންއޯސީ) އިން ހާމަކޮށްފިއެވެ.

އެންއޯސީން މިކަން ހާމަކުރީ މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސް ކޮންފަރެންސްގައި އެންއޯސީގެ ތަރުޖަމާން މަބުރޫކެވެ. މާލެން އައްޑުއަށް 50 މީހަކު ގޭގައި ކަރަންޓީނު ކުރުމަށް  ފޮނުވުމުގެ ތައްޔާރީތައް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިޔަސް އެކަމާބެހޭ އިތުރު ތަފްސީލެއް މަބުރޫކު ނުދެއްވައެވެ.

ގޭގައި ކަރަންޓީން ކުރުމަށް މާލެން އައްޑުއަށް ފޮނުވާ  50 މީހުންގެ ތެރޭގައި މީދޫ މީހުންވެސް ހިމެނިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ

ކޮވިޑް 19 އާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ފޮނުވުމަށްފަހު ގޭގައި ކަރަންޓީން ކުރުމުގެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާ އެކަން ހާމަކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޮބަޓެއް ބޭނުންކޮށްގެން ގެއްލުނު ކުދީން ހޯދުމުގެ މަސައްކަތްކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ހޮނިހިރުދުވަހު މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ދެ ކުދިން ހޯދުމަށް ޑައިވިން ...

ހުޅުދޫގައި ޕޮލިސް ވެހިކަލާ ސައިކަލެއް ޖެހި އެކްސިޑެންޓް އެއް ހިގައި

ހުޅުދޫ ޑިމިޝްކަރަ ސަރަހައްދުން ޕޮލިސް ވެހިކަލާއި ކައިކަލެއް ޖެހި އެކްސިޑެޓް ހިގައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުން މިއެކްސިޑެންޓް ހިގާފައިވަނީ ހުޅުދޫ ...

މަލްޓިޕާޕަސް ކޮމިއުނިޓީ ޕާކުގެ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ނަލަފެހިން އިއުލާންކޮށްފި

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރގެ އެހީތެރިކަމާއެކު ނަލަފެހި ޖަމްއިއްޔާއިން މީދޫގެ ފަތާ ޓްރެކް ސަރަހައްދުގައި ...