ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހުނާއި ކުޑަކުދީންނާ ބައްދަލުކުރަންވާނީ ރަގަޅަށް ފެންވަރާ އަތްދޮވެގެން – ޑރ. އަފަޒަލް

  ގެއިން ބޭރުގައި އުޅެފައި ގެއަށް އަންނަ މީހުން ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީންނާއި ބައްދަލުކުރަންވާނީ ރަގަޅަށް ފެންވަރާ އަތްދޮވެގެން ކަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

  ޑރ އަފްޒަލް މިހެން ވިދާޅުވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިގެން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

  ” ގޭން ބޭރުގައި އުޅެފައި ގެއަށް އަންނަ މީހުން ޚާއްސަގޮތެއްގައި ގޭގައި ތިބޭ އުމުރުން ދުވަސްވީ މީހުންނާއި އަދިވެސް އެހެން ބަލިތަކުގައި އުޅޭ މީހުންނާއި މާބަނޑު އަންހެނުންނާއި އަދި އުމުރުން ފަސް އަހަރުންދަށުގެ ކުޑަކުދީން ނާއި ބައްދަލުކުރާކަމަށްވާނަމަ އަޅުގަޑުގަޑުގެ އިރުޝާދަކީ އޭގެ ކުރީން ފެންވަރާލައިގެންނޭ އެކަން ކުރަންވާނީ ، ހަމައެކަނި އަތްދޮވެލައިގެންވެސް ނޫނޭ ،”   ޑޮކްޓަރ އަފްޒަލް ވިދާޅުވިއެވެ.

  މި ނޫސްވެރީންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޑރ . އަފަޒަލްވިދާޅުވީ މިދުވަސްވަރު ވިޔަފާރިކުރަން ފިހާރައަކަށް ދާނަމަ ހުންނަންޖެހޭނީ މާސްކްއަޅައި އަންގިވެސް ލައްވައިގެންކަމަށެވެ. އަދި މިދުވަސްވަރު އެއްޗެހީގެ އެސްޕަޔާ ޑޭޓް ބެލުން ވަރަށްމުހިއްމުކަމަށާ ފިހާރައިން ގަނެގެން ގެންނަ ތަކެތި ނުވަތަ އޯޑަރު ކޮށްގެން ގެންނަ ތަކެތީގެ ތެރެއިން ސާފްކުރެވޭ ފަދަތަކެތި ސެނެޓައިޒާފަދަ އެއްޗަކުން ސާފްކުރުމަކީވެސް ވަރަށް މުހިއްމުކަމެއްކަމަށް ޑރ . އަފްޒަލް ވިދާޅުވިއެވެ. އަދި އެނޫން ތަކެތިވެސް ރަގަޅަށް ދޮވުމަށް ޑރ. އަފްޒަލް ވަނީ އެދިވަޑައިގެންފައެވެ.

  މީގެ އިތުރަށް ޑރ . އަފްޒަލް ވިދާޅުވީ މިދުވަސްކޮޅު އެންމެ މުހިއްމުކަމެއްކަމުގައި ކުރަންޖެހޭކަމަކީ  ގައިދުރުކުރުން ކަމަށާ އަދި ގިނަގިނައިން ސާބޫނި ލައިގެން އަތްދޮވުން އެއީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށްވެސް ޑރ. އަފަޒަލް ވިދާޅުވިއެވެ.

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ރާއްޖެއިން އިތުރު 38 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

  ރާއްޖެއިން އިތުރު 38 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހަކާއި ...

  މިއަދު އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވީ 4 މީހުން

  އައްޑޫ ސިޓިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ...

  އާސެނަލުން ޗެލްސީ ބަލިކޮށްފި

  އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ...

  ތަފާތުވާނެ- ތަފާތު ދައްކާނެ- ތަފާތު ފެންނާނެ

  ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި މީދޫ ދާއިރާ ވާދަކުރައްވާ ކެންޑިޑޭޓު، ރޮޒައިނާ އާދަމްގެ ކެމްޕެއިންޓީމުގެ ފަރާތުން ...

  ލިވަޕޫލް ކަޓުވާލައި އެތުލެޓިކޯ ކުއާޓާއަށް

  ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލް ކަޓައިފި އެވެ. ލިވަޕޫލް ...

  އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން: ރައީސް ސޯލިހު

  އިތުރު ފުރަބަންދަކަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙު ...